- Advertisement -ad image

ޝައުބާން މަސް ދެބައިވުމުން ރޯދަ ހިފަންވާނީ ތިން ހާލަތެއްގައި!

ad image

ގުޅުންހުރި ލިޔުންތައް


ބައެއް ހާލަތްތަކުގައި ނަބިއްޔާ ވަނީ ޝައުބާންމަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ.
“ ޝައުބާން މަސް ދެބައިވުމުން ރޯދަ ނުހިފާށެވެ.” [ ابو داود (2337) و صصحه اءلباني ]
ޝައުބާންމަސް ދެބައިވުމުން ރޯދަހިފާނީ ތިން ހާލަތެއްގައެވެ.
ފުރަތަމަ ހާލަތަކީ: އާދަކޮށް ރޯދަ ހިފަމުން އަންނަ މީހާއެވެ. މިސާލަކަށް ހޯމަ ދުވަހާއި ބުރާސްފަތިދުވަހު އާދަކޮށް ރޯދަ ހިފާ މީހަކަށް ޝައުބާންމަސް ދެބައިވުމުންވެސް ރޯދަހިފިދާނެއެވެ.
އެއީ ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ صلى الله عليه وسلم ނަހީ ކުރެއްވިއިރުވެސް އާދަވެގެން ރޯދަހިފާ މީހުން އިސްތިސްނާ ކުރައްވާފައިވާތީއެވެ.

[ ބައްލަވާ: البحار ي (1914) ]
ދެވަނަ ހާލަތަކީ: ޝައުބާން މަސް ދެބައިވުމުގެ ކުރިން ރޯދަ ހިފަންފެށިމީހާއެވެ.

އެފަދަ މީހަކަށްވެސް ޝައުބާން މަސް ދެބައިވުމުން ރޯދަ ހިފުން ހުއްދަވެގެންވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޝައުބާން މަހުގެ ގިނަ ދުވަސްތަކުގައި ރޯދައަށް ހުންނަވާކަން ސައްހަ ހަދީސްފުޅުތަކުން ސާބިތުވެއެވެ.
ތިންވަނަ ހާލަތަކީ: ރަމަޟާންމަހުގެ ގަޟާ ރޯދަތައް ހިފާ މީހާއެވެ. ޝައުބާން މަސް ދެބައިވުމުންވެސް ގަޟާ ރޯދަތައް ހިފޭނެއެވެ. އެހެނީ އެމީހަކު ރަމަޟާން މަސް ފެށުމުގެ ކުތިން އެރޯދަތައް ހިފަންޖެހޭއިރު ދެން އިތުރު ފުރުސަތެއް އޭނާއަށް ނުލިބޭނެތީއެވެ.
އެހެނީ ޝައުބާން މަހުގެ ކުރީކޮޅުގައި ސުންނަތްރޯދަ ހިފަން ނުފަށާ މީހަކު އެމަސް ދެބައުވުމަށްފަހު ސުންނަތް ރޯދަ ނުހިފާނީއެވެ.
މައުލޫމާތު ނެގީ: ދީނުގެމަގު

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ