- Advertisement -ad image

ހައްޖުވެރިންނަށް އެހީތެރިވެދޭނެ މީހުން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ މީހުން ހޯދުމަށް އެ ކޯޕަރޭޝަނުން އަނެއްކާވެސް އިޢުލާންކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން އެންމެ ފުރަތަމަ އެހީތެރިން ހޯދުމަށް އިޢުލާންކުރީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. އެހެންނަމަވެސް އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބުމުން އަނެއްކާވެސް މިވަނީ އެހީތެރިން ހޯދުމަށް އިޢުލާންކޮށްފައެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނުން ނެރުނު އިއުލާނުގައި ހޯދަން އެދިފައިވަނީ ފިިރިހެން އެހީތެރިންނެވެ.

އެގޮތުން މިކަމަށް ކުރިމަތިލާ ފަރާތްތަަކަކީ އަސާސީ ތައުލީމު ލިބިގެންވާ އަދި ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަވަގުތު އުޅެވޭ ސިއްހަތު ރަނގަޅު މީހަކު ކަމުގައި ވާންޖެހޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
ޙައްޖުވެރިންގެ އެހީތެރިން އާންމުގޮތެއްގައި ކުރަންޖެހޭ ކަންކަމުގައި ތެރޭގައި ހައްޖުވެރިންނަށް ދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ކެއިން ބުއިމުގެ ކަންކަމުގައި އެހީތެރިވުމާއި ހައްޖުވެރިންނަށް ބާޒާރުކުރުމުގައި އަދި ބާޒާރުކުރާ ތަކެތި ހޮޓަލަށް ގެންދިއުމުގައި އެހީތެރިވެދިނުން ހިމެނެއެވެ.

މި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުުން މިކަމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 22 ވާ ބުދަދުވަހުގެ މެންދުރުފަހު 3:00 އެވެ.

ސައުދީ ސަރުކާރުން މި އަހަރު ވަނީ ކޯވިޑުގެ ކުރިން ހައްޖަށް މީހުން ގެންދިއުމަށް ދިން އަދަދަށް ކޯޓާ ހަމަޖައްސާފައެވެ. އެގޮތުން ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް ރަސްމީ ކޯޓާގެ ގޮތުގައި ވަނީ 1،000 ކޯޓާ ދީފައެވެ. ނަމަވެސް ރާއްޖެއިން ވަނީ އެ އަދަދު 2500 އަށް ބޮޑުކޮށްދޭން ސައުދީގެ ސަރުކާރުގައި އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ