- Advertisement -ad image

މިއަހަރު އެންމެ ގިނަ އިރު ރޯދައަށް ތިބެން ޖެހޭނީ އައިސްލޭންޑްގެ ރޭކަވިކް ސިޓީގެ ރައްޔިތުން!

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް މިއޮތީ 1444 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހެވެ. ދުނިޔޭގެ އެކި ހިސާބުތަކުގެ މުސްލިމުން ރޯދަ އަށް ތިބެން ޖެހެނީ އެކި ވަގުތުތަކުގައެވެ. އެގޮތުން މިއަހަރު އެންމެ ގިނަ އިރު ރޯދައަށް ތިބެން ޖެހެނީ އައިސްލޭންޑްގެ ވެރިކަންކުރާ ރޭކަވިކް ސިޓީގެ މުސްލިމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއަހަރު ރޭކަވިކްގެ ރައްޔިތުން 16 ގަޑިއިރާ 50 މިނެޓް ރޯދައަށް ތިބެންޖެހޭނެއެވެ. އަދި ދެވަނައަށް އެންމެ ގިނަ އިރު ރޯދައަށް ތިބެންޖެހޭ ޓިއުނީޝިއާގެ މުސްލިލުން 14 ގަޑިއިރާއި 55 މިނެޓް ރޯދައަށް ތިބެންޖެހޭނެއެވެ.
އަލްޖީރިއާ، މޮރޮކޯ އަދި ލީބިޔާގެ މުސްލިމުންވެސް 14 ގަޑިއިރާ 30 މިނެޓަށްވުރެ ގިނައިރު ރޯދަ އަށް ތިބެން ޖެހެއެވެ.
ސައުދިއަރަބިޔާގައި މިއަހަރު ރޯދައަށް ތިބެންޖެހޭ އެވްރެޖް ވަގުތަކީ 13.5 ނުވަތަ 14 ގަޑިއިރެވެ.
މިއަހަރު އެންމެ ކުރު ރޯދައެއް ހިފާނީ ޗިލީގެ ރައްޔިތުންނެވެ. އެއީ 11 ގަޑިއިރާއި 30 މިނެޓެވެ.
އަދި ނިއުޒިލެންޑް، އާރޖެންޓީނާ އަދި ސައުތު އެފުރިކާގެ ރައްޔިތުން ރޯދައަށް ތިބެންޖެހޭނީ 11 ގަޑި އިރާ 12 ގަޑި އިރާ ދެމެދުގެ ވަގުތެއްގައެވެ.
ފަލަކީ ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ވާނީ 23 މާރޗްވާ ބުރާސްފަތި ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ