- Advertisement -ad image

އަޅުކަމަށް ތިބާ ތި ފަށަނީވެސް އެތައް ބަޔަކަށް ދުއްތުރާ ޖައްސާފައެވެ

ad image

ގުޅުންހުރި ލިޔުންތައް

.
ގުނަމުން މިދަނީ އަހަރުގެ އެންމެ މާތް މައްސަރެވެ. ކޮންމެ މުސްލިމަކުވެސް އެންމެ އިންތިޒާރު ކުރާ މައްސަރެވެ. ނަމަވެސް މިމައްސަރުގައިވެސް އަދި އަބަދުވެސް މުޖުތަމައު ތެރޭގައި އުޅޭއިރު އެހެން މީހުންނަށް އުދަނގޫ ނުވާ ގޮތަަށް އުޅެން މަސައްކަތް ކުރަންޖެހެއެވެ.
މިއީ ނަސްރުއްالله އިދުރީސް އޭނާގެ ފޭސްބުކްގައި ހިއްސާކޮށްފައިވާ ލިޔުންކޮޅެކެވެ.
“ މިއީ މިއަދުގެ މެންދުރު ނަމާދު ވަގުތެވެ. ނަމާދަށް އެރުއްވި ބައެއް ބޭފުޅުންގެ ސަވާރީތައް ޕާކު ކޮށްފަ އެވަނީ މިސްކިތަށް ވަދެ ނުކުމެވާ މީހުންނަށް ދަތިވާ ގޮތަކަށެވެ. މަތިވެރި އަޅުކަމަކަށް ތިބާ ތި ފަށަނީ އެތައް ބަޔަކަށް ދުއްތުރާ ޖައްސާފައެވެ. މިއަށްވުރެ ތަހުޒީބު ބަޔަކަށް ވަމާ ހިނގާށެވެ. ތިމާ ނޫން އެހެން މީހުންވެސް މިސްކިތަށް އަރަން ޖެހޭނެއެވެ. ނުކުޅެދޭ މީހުންނާއި ބަލިމީހުން އަދި މުސްކުަޅިންވެސް މިސްކިތަށް އަރައެވެ. މި އެންމެންނަށްވެސް ތި ޖައްސަނީ ބޮޑު ތަކުލީފެކެވެ”.
މިއަދު މިހެން ކަންތައް ކުރެވުނަސް މާދަމާ ނުވަތަ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން މީހަކަށް އުދަނގުލެއް ނުޖައްސާ އުޅެން މަސައްކަތް ކުރަމާ ހިނގާށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ނަސްރުުﷲ އަށް ވަރަށް ސަލާން. ރަނގަޅު ވާހަކައެއް. އެކަމަކު އެއްކަމެއް ހަނދާން ކޮށްލަންޖެހޭ… މާލޭގަ ހުންނަ މިސްކިތްތައް ކައިރީ ޕާކްކޮށްލާނެ ޖާގައެއްވެސް ނުހުރެޔޭ، ތިރީހަކަކަށް މިސްކިތް ހުންނައިރު ބާރުބޮޑުވާ މިސްކިތެއް ކައިރިއަށް ރޯދަމަހު ޕޮލިހަކު ފޮނުވުންވެސް އެއީ ވަރަށް އުނދަނގޫ ކަމަކަށް ވެގެން ނުވާނެދޯ!!! މީބުނީ އެގޮތަށް ޕާކްކުރުން ކޮންޓްރޯލް ކުރެވޭތޯ!!!

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ