- Advertisement -ad image

މަލާއިކަތުންގެ ރައްކާތެރިކަމުގައި ދަތުރުކުރި އަންހެންކުއްޖެއް!

ad image

ގުޅުންހުރި ލިޔުންތައް

މިއީ ލަންޑަނުގެ އަންހެން ކުއްޖަކަށް ދިމާވި ހަގީގީ ހާދިސާއެއްގެ ވާހަކައެކެވެ.
އިސްލާމްދީނުގެ އިލްމަށް އަހުލުވެރި، ދީންވެރި ޢަރަބި މުސްލިމު އަންހެންކުއްޖަކު، އޭނާގެ ރައްޓެއްސެއްގެ ގެއަށްޒިޔާތްކުރިއެވެ. އަދި ވަގުތު ހޭދަވިގޮތެއްނޭނގިހުރި ހާލު ރޭގަނޑުގެ ބޮޑުބައި ފަހަނައަޅާދިޔައެވެ. ގަޑިބަލާލެވުނުއިރު ދަނވެ ގެއަށްދާން ލަސްވެފައިވާކަންއެނގުނެވެ.
ސަބުވޭގެ ދަތުރު އަވަސްވީ ނަމަވެސް ބަހުގައި ދަތުރުކުރުމަށް އޭނާގެ އެކުވެރިން ނަސޭހަތްތެރިވިއެވެ. ސަބަބަކީ ލަންޑަނުގެ އެ ހިސާބަކީ ކުށްވެރިންނާ މާރާމާރީ ގިނަ ހިސާބަކަށް ވެފައި، ރޭނގަނޑުގެ އެގަޑީގައި އެކަނި ދަތުރުކުރުން ރައްކާތެރިކަމަށް ނުވާނެތީއެވެ. ނަމަވެސް ނުރައްކަލެއް ނެތްކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުން، ރޭލުގައި ގެއަށްދާން އެ އަންހެންކުއްޖާ ނިންމާ ރޭލުސްޓޭޝަނުގެ އަޑިގެބަޔަށް ފޭބިއެވެ. އެވަގުތު އެ ސްޓޭޝަނުގައި ހިނގާފައިވާކަމަށް އަޑުއިވިފައިވާ މަރުގެ ހާދިސާތައް ހަނދާންވަމުން ދިޔައެވެ. އަދި ރެއިލްގެ އިންތިޒާރުގައި މަޑުކުރާބައިގައި އެންމެ ފިރިހެނަކު ހުރުމުން ބިރުވެރިކަން އިހުސާސްވެ، ކީރިތިގުރުއާނުން އެނގޭބައިތައް ހަނދާންކޮށް ކިޔަމުންގެންދިޔައެވެ. އަދި އެ ފިރިހެންމީހާގެ ފަހަތުންގޮސް ރޭލަށްއަރާ، ގެއަށްދެވެންދެން ކިޔަވަމުންގެންދިޔައެވެ.
ޖެހިގެންއައި ދުވަހު އިރު އެރިއިރު ލިބުނު ޚަބަރުން އަންހެންކުއްޖާ ހައިރާންވިއެވެ. އެ ކުއްޖާ ދަތުރުކުރި ސްޓޭޝަންގައި އޭގެ ފަސްމިނިޓްފަހުން، އަންހެންކުއްޖަކު ވަނީ މަރާލާފައެވެ. އަދި ކުށްވެރިޔާ ހައްޔަރުކުރިވާހަކައެވެ.
އަންހެންކުއްޖާ ފުލުސް އޮފީހަށްގޮސް އެ ހާދިސާ ހިނގުމުގެ ފަސްމިނިޓްކުރިން އޭނާ އެތާހުރިކަމަށާ ކުށްވެރިޔާ ދެނެގަތުމަށް ފުލުހުން އެދުމުން އެއީ އޭނާއާއެކު އެ ސްޓޭޝަންގައިހުރި ފިރިހެންމީހާކަށް ބުންޏެވެ.
އެވަގުތު، އެ އަނހެންކުއްޖާ ކުށްވެރިޔާއާ ސުވާލެއް ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދުނެވެ. ވަރަށް ވިސްނައިދިނުމަށްފަހު ފުލުހުން އެކުއްޖާގެ އެ އެދުންގަބޫލު ކުރިއެވެ.
އަންހެންކުއްޖާ: އަހަރެންމަތިން ހަނދާނ އެބަހުރިތަ؟
ގާތިލު: އަހަށްނަށް ކަލޭ އެނގޭތަ؟
އަންހެންކުއްޖާ: އަހަށްނަކީ ކަލެއާއެކު އެ ސްޓޭޝަނުގައި އެ ހާދިސާގެ ކުރިންހުރި އަންހެންކުއްޖާ.
ގާތިލު: އާނ، ހަނދާންވެއްޖެ
އަންހެންކުއްޖާ: އެ އަންހެންކުއްޖާގެ ބަދަލުގައި އަހަރެން މަރާނުލީ ކީއްވެ؟
ގާތިލު: އަހަރެން ކަލޭ މާރާލާނީ ކިހިނެއް ؟ ކަލޭގެ ފަހަތުގައި ބޮޑު ދެ ފިރހެނުންތިބި. އަހަރެން ކަލޭ މަރާލިނަމަ، އެމީހުން އަހަރެންނަށް ހަދާނީ ކިހިނެއް؟
އަނހެންކުއްޖާ ބުނާނެ އެއްޗެއް ނޭނގި، ހިމޭންކަމާއެކު ސްޓޭޝަނުން ނިކުތެވެ. އަދި ދެ މަލާއިކަތުންގެ ރައްކާތެރިކަން ދެއްވިކަމަށްޓަކާ ﷲގެ ޝުކުރުއަދާކުރިއެވެ. ކޮންފަދަ ބޮޑު ނިޢުމަތެއްތޯއެވެ؟ ﷲ އާ ތިޔަބައިމީހުން ކުއްތަންވާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ