- Advertisement -ad image

ތަރާވީހު ނަމާދު ކުރަމުން ދަނިކޮށް ކުއްލިއަކަށް ފުންމައިގެން އެރީ ބުޅަލެއް!

ad image

ގުޅުންހުރި ލިޔުންތައް


އަލްޖީރިއާގައި ތަރާވީހު ނަމާދު ކުރަން ހުރި އިމާމެއްގެ އަތްމައްޗަށް ބުޅަލެއް ފުންމައިގެން އަރާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ގޮތުން ތަރާވީހު ނަމާދުގެ ރަކުއަތެއްގައި އިމާމުމީހާ ހުންނަނީ ކިޔަވާށެވެ. އަދި ފުރަތަމަ ބުޅާ އިމާމުމީހާގެ ވަށައިގެން އެނބުރެނީއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އިމާމުމީހާގެ އަތްމައްޗަށް ބުޅާ ފުންމައިގެން އެރުމުން އިމާމުމީހާ ބުޅަލުގައި ހިފހައްޓާ ފިރުމާލައެވެ. އަދި އޭގެ ފަހުން ބުޅާ ކޮނޑުގައި އޮތުމަށްފަހު ފައިބައިގެން ދަނީއެވެ.
މި ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ ބަޔަކު ބުނީ ފެނިގެން ދިޔައީ އިހުސާންތެރިކަން ކަމަށެވެ.

މިހާރު ވައިރަލްވަމުން އަންނަ މި ވީޑިއޯ ޝެއިޚް ވަލީދު މެހްސާސްގެ އޮފިޝަލް ޕޭޖުން ވެސް ވަނީ ފޭސްބުކްގައި ޝެއާ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ