- Advertisement -ad image

ނަމާދު ނުކުރާ މީހާ ޤިޔާމަތްދުވަހު ވާނީ ފިރުޢައުނާއެކުގައި: ޝެއިހު ސަމީރު

ad image

ގުޅުންހުރި ލިޔުންތައް


ނަމާދު ނުކުރާ މީހާ ޤިޔާމަތްދުވަހު ވާނީ ފިރުޢައުނާއެކުގައިކަމަށާއި މަޙްޝަރުކުރެވޭ ހިނދު އެފަދަ ނުބައި އިންސާނަކާއިއެކު ވާން ބޭނުން ނުވާނަމަ ވަގުތަށް ނަމާދު ޤާއިމްކުރުމަށް ޝެއިހު ސަމީރު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ޝެއިހް ސަމީރު މިހެން ވިދާޅުވީ ” ނަމާދު- މުސްލިމާގެ ދީނާއި ދުނިޔެ” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. 9 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު އަދި އައްޝައިޚް އަޙްމަދު ސަމީރެވެ.
މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ނަމާދަކީ ހުރިހާ އުންމަތަކަށްވެސް ފަރުޟުކުރެވިފައިވާ ކަމެއްކަމަށެވެ.
އެއީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށްޓަކައި މުސްލިމުން އެންމެ އިސްކަންދޭން ޖެހޭ ކަންތައްތަކަމަށާއި ނަމާދާ ނުލައި ކުރާ އެހެން އަޅުކަންތައް ގަބޫލުވެގެން ނުވާކަމަށެވެ.
ނަމާދަކީ ކޮންމެ ޙާލެއްގައިވެސް ކުރަން އަމުރުކުރައްވާފައިވާ އަޅުކަމަށް ވާއިރު ވަގުތަށް ނަމާދުކުރުމަކީ އެއީ މާތް ﷲގެ ހަޟްރަތުގައި އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަންކަމަށް ވިދާޅުވިއެވެ.

ނަމާދަށް ރައްކާތެރިވާ މީހާއަށް އެއީ ނޫރެއް، ޙުއްޖަތެއްކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ސަމީރު ވަނީ ސުލޫކީ ގޮތުން ނަމާދުގެ ދައުރު މުޖުތަމަޢުގައި އޮންނަގޮތަށާއި، ނަފްސާނީ ދުޅަހެޔޮކަމާ ނަމާދާ އޮންނާ ގުޅުމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

މި ފޯރަމްގައި ސިއްޙީ ދުޅަހެޔޮކަމާއި ނަމާދާ ހުރި ގުޅުމާ ގުޅޭ ގޮތުން ތަޖުރިބާކާރު ޑޮކްޓަރެއްގެ ބަސްކޮޅެއްވެސް ހިމަނާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ