- Advertisement -ad image

ޑރ. އަނާރާގެ ގަލަމުން ފިކުރުބޮޑުވުމަށް ހައްލެއް!

ad image

ގުޅުންހުރި ލިޔުންތައް

އެކި ކަހަލަ ނަފްސާނީ އުނދަގޫތަކާއި އަދި ކަންކަމުގެ ހައްލު ހޯދުމަށް ލަފާ އާއި މަޝްވަރާކުރުމަށް އުސްތާޛާ އަނާރާ ނައީމަށް
އަބަދުވެސް ދިޔައީ ކޯލުތައް ލިބެމުންނެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ދަތި އުނދަގޫތަކާއެކު މިފަދަ ފޯންކޯލްތަކުގެ އަދަދު އިތުރުވި އެވެ.

ފުރަންބަންދާ އެކު ނަފްސާނީ އަނދަވަޅަކަށް ވެއްޓެމުންދިޔަ މީހުންނަށް ދާއިމީކޮށް ހައްލެއް ހޯދުމުގެ މަސައްކަތް ޑރ. އަނާރާ ފެއްޓެވީ އެހާ ހިސާބުންނެވެ. ފިކުރުބޮޑުވުމާއި އެކަމުގެ ހައްލުގެ ނަމުގައި ޖެނުއަރީ 30 ވަނަ ދުވަހު ޑރ. އަނާރާ ޕަބްލިޝް ކުރެއްވި މި ފޮތުގެ އެހީގައި ނަފްސާނީ ގިނަ މައްސަލަތަކަކަށް ހައްލު ލިބޭނެކަމަށް ދެކިލައްވަ އެވެ.

“ކޮވިޑް-19 ދުވަސްވަރު ވަރަށް ގިނަ ކޯލްތައް ލިބުނު. ނަފްސާނީ މިފަދަ ހުރިހާ މައްސަލައެއްވެސް އެންމެ ބޮޑަށް ގުޅިފައި މި އޮންނަނީ ފިކުރުބޮޑުވުމާއި.”

ފިކުރުބޮޑުވުމަށް ހައްލު ހޯދައިދެއްވުމަށް ޑރ. އަނާރާ ލިޔުއްވި މި ފޮތުގައި މީހުން ޝައުގުވެރިކުރުވާފަދަ ގިބަ ބައިތަކެއް ހިމަނާފައި ވެއެވެ. އޭގެތެރޭގައި މައުލޫމާތު، ކުރެހުން އަދި މީގެއިތުރުން ފޮތުގެ ޓައިޓަލް އާއި ގުޅޭ ކުރު ވާހަކައެއްވެސް ހިމެނެ އެވެ.

ޑރ. އަނާރާ ވިދާޅުވިގޮތުގައި މި ފޮތް އެއްކޮށް ލިޔެ ނިންމާލުމަށް ޖުމްލަ 2 އަހަރު ހޭދަވި އެވެ. މި މުއްދަތުގެ ތެރޭގައި ޑރ. އަނާރާ ވަނީ ފޮތަށް ބޭނުންވާ މައުލޫމާތު އެއްކުރެއްވުމަށްޓަކައި ސައިކޮލޮޖިސްޓުން، އިސްރަށްވެހިންގެ ހިޔާލާއި އަދި ރާއްޖެއިން ބޭރުގެ އެކި ދިރާސާތައް ވެސް އެއްކުރައްވާފަ އެވެ. ހަމައެހެންމެ އާންމު ރައްޔިތުންގެ ވާހަކަ އާއި ތަޖުރިބަަވެސް ވަނީ މި ފޮތުގައި ހިމަނާފަ އެވެ.

ކަންބޮޑުވުމާއި ފިކުރު ބޮަޑުވުމުގެ މައްސަލައަކީ ރާއްޖޭގައި އާއްމު ކަމެކެވެ. ބައެއްފަހަރު މިފަދަ ކަންތައް އަޅާނުލެވި ދޫކޮށްލެވުމުގެ ސަބަބުން ފަހުން މިފަދަ ކަންކަން ބޮޑެތި މައްސަލަތަކަށް ބަދަލުވެފައި ވެސް އެބަހުއްޓެވެ.

ޑރ. އަނާރާ ވިދާޅުވިގޮތުގައި ރާއްޖޭގައި މިފަދަ މައްސަލަތައް ތަހައްމަލްކުރާ ގިނަ ބަޔަކު ރާއްޖޭގައި އެބައުޅެއެވެ. އެހެންނަމަވެސް ރާއްޖެއަކީ ކުޑަކުޑަ ތަނަކަށް ވުމުން ގިނަ ބަޔަކަށް މިފަދަ ކަންކަން ހިއްސާކުރުމަށް ފަސްޖެހޭކަމަށް ވަނީ ވިދާޅުވެފަ އެވެ.

“އުއްމީދުކުރަނީ މި ފޮތުގެ އެހީގައި މިފަދަ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ ކަމަށް”.

މި ފޮތާއި ގުޅޭގޮތުން މިހާތަނަށް ލިބިފައިވަނީ ވަރަށް ޕޮޒިޓިވް ފީޑްބެކްތަކެކެވެ. ހަމައެހެންމެ މިފޮތް ލިޔުމަށް ހޭދަވި މުއްދަތުގައި އާއިލާ އާއި އެކި ގޮތްގޮތުން ލަފާ އާއި މަޝްވަރާ ދެއްވި ހުރިހާ ބޭފުޅުންނަށް ޑރ. އަނާރާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

“ސޮސައިޓީ ބަލައިގަންނަ ގޮތަަށް މިފޮތް މިގެނެވުނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއެކު. އެންމެންގެ ފޮތެއް މީ” ޑރ. އަނާރާ

“ފިކުރުބޮޑުވުމާއި އެކަމުގެ ހައްލު” މި ފޮތަަށް 7284910 މި ނަމްބަރަށް ގުޅައިގެން ނުވަތަ މެސެޖުގެ ޒަރިއްޔާއިންވެސް އޯޑަރ ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ