- Advertisement -ad image

ދެވަނަ އަންބެއް ހޯދުން: ޒަމާނުއްސުރެ ކުރަމުން އަންނަ ބަހުސެއް!

ad image

ގުޅުންހުރި ލިޔުންތައް

ފާއިތުވި ތިން ދުވަސްތެރޭގައި ސޯޝަލް މީޑިޔާގައި ހޫނުކޮށް ކުރަމުންދިޔައީ ދެވަނަ އަންބެއް ހޯދުމުގެ ބަހުސެވެ. އެއްބަޔަކު މިކަމާއި އެއްކޮޅަށް ބަހުސްކުރާއިރު އަނެއް ބަޔަކު ދަނީ މިކަމާއި ދެކޮޅަށް ވަކާލާތު ކުރަމުންނެވެ.

ހަތަރު އަނބިންގެ ގެންގުޅުން އިސްލާމް ދީނުގައި ހުއްދަކުރާކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މިއީ އަހަރެމެންގެ މާތް ރަސޫލާ ﷺ ގެ ހަޔާތްޕުޅުންވެސް ފެންނަން އޮތް ކަމެކެވެ. އެހެންނަމަވެސް މިކަމާއި މެދު ބަހުސްކުރާ ވަރަށް ކަމުގެ އަސްލު ބައެއް މީހުން ވަނީ އޮޅުވާލާފަ އެވެ.

ކުޅަދާނަކަން ހުރި މީހަކަަށް ދެ އަނބިން އަދި ހަތަރު އަނބިންވެސް ގެންގުޅެވިދާނެ އެވެ. އެހެންނަމަވެސް މި ބުނާ ކުޅަދާނަކަމަކީ ފިރިހެންމީހާގެ ހަށިގަނޑު ޖާނުން ވަރަގަދަވުމެއް ނޫނެވެ. ތަފާތު ކުރުމެއްނެތި ހުރިހާ އަނބިންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށް ކަންކަން ކޮށްދެވޭނެ މީހަކަށް ފިރިހެންމީހާ ވާންޖެހެ އެވެ.

ދެ އަންބަށް މީހަކާ އިންނަންވީ އަޖުމަ ބަލާކަށް ނޫނެވެ. އެހެންކަމަށް ވާނަމަ ނޭނގި ނަމަވެސް މީހެއްގެ ދިރިއުޅުން ތިބާގެ އަތުން ހަލާކުވުމަކީ ދުރުކަަމެއް ނޫނެވެ. ހަގީގަތުގައި އަންހެނުންނަކީ ތަބީއަތުގައި ވެސް ހިތްތިރި އަދި ކަންކަމާއި އަވަހަށް ދެރަވާ ބައެކެވެ. އަދި ހާއްސަކޮށް ފިރިމީހާ ދެ އަންބަށް މީހަކާއި އިނުމަކީ ބައެއް އަންހެނުންނަށް ވަރަށް ވޭން ލިބެނިވި އެތައް ހިތާމައެއް ތަހައްމަލް ކުރަންޖެހޭ ކަމަކަށް ވެދެއެވެ.

އެހެންނަމަވެސް އަންހެން މީހާއަށް ކެތްތެރިކަމާއެކު ވިސްނައިދިނުމުގެ ބަދަލުގައި ތެޅިފޮޅިގެން ބައެެއް މީހުން ދެވަނަ ކައިވެންޏެއް އެބަ ކުރެއެވެ. ނަތީޖާއެއްގެ ގޮތުން ކުރިން ލޯބިން ކުރި ކައިވެނި ރޫޅި އެތައް ދަރިންނެއް ނިކަމެތިވެ ހަރަދު ހޯދުމަށް އަންހެންމީހާ ދެއިރު ދެދަޅައަށް ކޯޓަށް ހިގަންޖެހޭ ތަން އާދައެވެ.

ދެވަނަ އަތްބެއް ހޯދުމަކީ އިސްލާމްދީން ވާޖިބުކުރާ ކަމެއް ނޫނެވެ. އަދި މިއީ ފުރަތަމަ އަނބިމީހާ އާއި ދަރިންކޮޅަށް ލިބެންޖެހޭ އެތައް ހައްގަކުން މަހުރޫމް ކޮށް ކުރުމަށް އިސްލާމްދީން ބާރުއަޅާ ކަމެއްވެސް ނޫނެވެ. މިފަދަ ކޮންމެ ކަމެއްގައި ކަންކުރަންވީ އެންމެ ރަނގަޅުގޮތް އިސްލާމްދީނުގައި ބުނެދީފައި އެބައޮތެވެ.

ފިރިމީހާ އިތުރު ކައިވެންޏަކަށް އެދުމުން، ދެ އަނބިން ގެންގުޅެވޭނެ ގާބިލްކަން ހުރި ފިރިހެނަކަށް ހިތްހަލާލު ދީ އެކަން ކުރުމުގެ ހުއްދަ ދެވިދާނެއެވެ. ނަމަވެސް އެންމެ އަންބަކުވެސް ރަނގަޅަށް ނުގެންގުޅެވޭއިރު ނުވަތަ ބޭނުންވާ ހުރިހާ ކަމެއް ކޮށްނުދިނުމުގާ ތިބާ ނުކުޅެދިފައިވާނަމަ އިތުރު ކައިވެނިތައް ކުރުން ބުއްދިވެރިއެއް ނޫން ދޯއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ