- Advertisement -ad image

އެތެރެ ކުރި ޑުރަގު އަތުލާފައި ބިދޭސީ މީހާ ފޮނުވާލުން ނުރައްކަލުގެ ރަނގަބީލެއް!

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ދޫކޮށްލާ ގަވައިދު ހަދާ، އެގަވައިދު ގެޒެޓްކޮށް އަމަލު ކުރަން ފެށިއިރު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކޮބާތޯއެވެ.
މި މަހުގެ 6 ވަނަ ދުވަހު ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެއައި ބުރެޒިލްގެ އަންހެނަކު 2.5 ކިލޯގެ ”ކޮކެއިން“ އެތެރެ ކުރިނަމަވެސް ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ރާއްޖެ އެތެރެވިޔަ ނުދީ މޯލްޑިވްސް އިމިގުރޭޝަނުން ވަނީ އޭނާ އަނބުރާ ފޮނުވާލައިފައެވެ.
މިކަން މިހެން ހިނގައިގެންދިޔައިރު ދައުލަތުގެ ބަންޑާރަ ނައިބަށް ރެއަކާވެސް ނުލީތޯއެވެ.

މި ކަމާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސުޕަރ މެޖޯރިޓީ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކުޝަނުން ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
އެގޮތުން ސުޕަރ މެޖޯރިޓީ ޕާޓީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ކުއްލި މައްސަލާގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް އެއްވެސް އަދަބެއް ނުދީ، ވަގުތުން އަނބުރާ ފޮނުވައިލެވޭ ގޮތަށް ގަވާއިދުގައި އޮތް މާއްދާ އުވައިލަން ގޮވާލާފައެވެ.

މައްސަލަ ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގަތް 41 މެންބަރުންގެ ތެރެއިން 24 މެންބަރުންގެ ވޯޓާއެކުއެވެ. މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 16 މެންބަރަކު ވޯޓުދެއްވިއެވެ.

މަސްތުވާތަކެތި އަތުލުމަށް ފަހު ބިދޭސީ އަންހެން މީހާ ފޮނުވާލީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ”ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު“ އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ހަސަން ލަތީފުގެ ކުއްލި މައްސަލާގައި ބުނީ އެ ގަވާއިދުގައި އޮތީ މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާއެކު ބިރެއްނެތި، އެ ވިޔަފާރި ކުރެވޭނޭ ގޮތަށް އަދި އެ ވިޔަފާރިއަށް ހިއްވަރު ލިބޭނޭ ގޮތަށް ކަމަށެވެ.
އަދި ގަވާއިދު މިހާރު އޮތް ގޮތުން ރާއްޖެއަށް ފަސޭހަކަމާއެކު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށާއި، ޓްރެފިކަރުންނަށް އަދަބެއް ލިބިދާނޭ ކަމުގެ އެއްވެސް ބިރެއް ނެތި އެ ވިޔަފާރިކުރުމަށް މަގުފަހިވެފައިވާ ކަމަށެވެ.
މިމައްސަލައަށް ބަހުސް ކުރައްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، މިފަދަ ގަވައިދެއް އެކުލަވާލުމުގެ ކުރިން އެ މައްސަލަ ދައުލަތުގެ ބަންޑާރަ ނައިބަށް ފޮނުވަން ޖެހޭ ކަމަށެވެ. އަދި ގަވައިދު އެކުލަވާލުމުގެ ކުރިން ބަންޑާރަ ނައިބުގެ ލަފާފުޅެއްވެސް ހޯއްދަވަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ގަވައިދު އެކުލަވާލުމުގައި އޭޖީގެ ދައުރު އޮތީ ކިހާ ހިސާބެއްގައި ތޯ ސުވާލު އުފެދޭކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތި އަތުލާފައި ބިދޭސީ މީހާ ފޮނުވާލުމުން ގިނަ ބަޔަކު ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން މިކަމުގައި އަދި އެއްވެސް އެއްޗެއް ބުނަފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ