- Advertisement -ad image

ދުފަން އެންމެ ކަމުދަނީ ކޮންކަހަލަ ފޯކެއް؟

ad image

ގުޅުންހުރި ލިޔުންތައް

ޒަމާނުއްސުރެ ދިވެހިންގެ މެދުގައި ފޯކަކީ ދުފުމަށް މަޝްހޫރު އެއްޗެކެވެ. ކައިގެން އަނގަމީރުކޮށްލުމަށް އަދި ފޫހިފިލުވުމަަށްވެސް ބައެއް މީހުން ދުފާ އުޅެއެވެ.

ފޯއްގެ ތެރެއިންވެސް އާއްމުގޮތެއްގައި ދިވެހިން ދުފުމަށް ބޭނުންކުރަނީ ހަރު ފޯކެވެ. ރޯ ފޯއް އަދި ފެން ފޯއް މިއީ ދިވެހިންނާއި ވަރަށް ބީރައްޓެހި ބާވަތްތަކެވެ.

ޒަމާނަށް އައި ބަދަލާއެކު ދިވެހިން ދުފަން ގެންގުޅޭ ގޮތްތަކަށްވެސް މިވަނީ ގިނަ ބަދަލުތަކެއް އައިސްފަ އެވެ. ކުރިން ދުފާ ތަބަކުން ފެންނަ ހުރިހާ ބާވަތްތަކެއް މިހާރު ފެންނަނީ މިކްސަރުން ފުނޑުމަށްފަހު ޕެކެޓަށް އަޅައި ބަންދުކޮށްގެން ދުފުމަށް ބޭނުންކުރާ ތަނެވެ. ހަމައެހެންމެ ތަފަަތު ނަންނަމުގައި ކިއްލި އާއި ޖަބުލާނީ އަދި މި ނޫންވެސް އެތައް ވައްތަރެއް މިހާރު ލިބެން ހުރެއެވެ.

ފޮނި ފޯއް / ހަކުރުލީ ފޯއް

މިއީ ގިނަ ބައެއްގެ މެދުގައި ވަރަށް ކަމުދާ ބާވަތެއްގެ ފޯކެކެވެ. ހަކުރާއި، ހީރައްޕަންނާ، ކަރަންފޫ، ކާފޫރުތޮޅި، ފޮނިތޮށި ފަދަ ގިނަ ބާވަތްތަކެއް އެއްކޮށްގެން ހަދާ ޕައުޑަރެއް މި ފޯއް ޕެކެޓް ތައްޔާރު ކުރާއިރު ބޭނުން ކުރެއެވެ.

ހީރައްޕަންނާ ފޯއް

އިންޑިޔާއިން އުފައްދާ މާރކެޓް ކުރާ ހީރައްޕަންނާ އަކީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލްކަމެއް އޮންނަ އެއްޗެކެވެ. ބައެއް މީހުން ދުވަހަކު 10-12 ފަހަރު ދުފާިއރުވެސް މި ބޭނުން ކުރެއެވެ. އެހެންނަމަވެސް ހީރައްޕަންނާ އުފައްދާފައިވަނީ ކޮން އެއްޗަކުން ކަން އެނގެނީ މަދު ބަޔަކަށެވެ.

ހީރައްޕަންނާ އަކީ ހަކުރާއި، އިސްބަގުލް ޕައުޑަރު، މެންތޯލް ޕާފިއުމް އަދި އިންޑިޔާއިން ލިބެން ހުންނަ ގިނަ ބާވަތްތަކެއް އަޅައިގެން ހަދާފައި ހުންނަ އެއްޗެކެވެ. މާގިނައިން ހީރައްޕަންނާ ކާނަމަ ބޮލަށް އެނބުރުން އަދި އެހެނިހެން ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ އެވެ.

ހަނާކުރި ފޯއް

މިއީ ވެސް މިހާރު މާކެޓްގައި ވިއްކަން ހުންނަ ފޯކުގެ ބާވަތެކެވެ. މިއީ ފޯއް ހިއްކުމަށްފަހު ރާނބާފަތް، ފޮނިތޮށި ކާފޫރުތޮޅި ފަދަ އެއްޗެއްސާއެޖު ހަނާކޮށްގެން ތައްޔާރު ކުރާ ފޯކެކެވެ.

ފޯކަކީ ދިވެހިންގެ ތެރޭގައި މަގްބޫލް އެއްޗަކަށް ވީނަމަވެސް މިއީ އޭގެން ގިނަ ގެއްލުންތަކެއް ވެސް ކުރިމަތިކުރުވާ އެއްޗެކެވެ. ހާއްސަކޮށް ފޯކަކީ ކެންސަރަށް މަގުފަހިކުރުވާ އެއްޗެއް ކަމަށް ސިއްހީ މާހިރުން އެއްބަސް ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ