- Advertisement -ad image

ގެއްލުނު ރޯދަތައް ހިފާ ނިމިއްޖެތަ؟

ad image

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ ރަމަޟާން މަސް ފެށެން ބާކީ އޮތީ ގާތްގަނޑަކަށް މަސް ދުވަހެވެ. ކޮންމެ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ރަމަޟާން މަހަށް ތައްޔާރުވުމަށް މީހުން ދަނީ ހޭބޯނާރާ މަސައްކަތް ކުރަމުންނެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް މިވަގުތު އަމިއްލަ ނަފްސާކޮށްލަން ވީ އެންމެ ސުވާލެކެވެ. ފައިތުވި ރަމަޟާންމަހު ގެއްލުނު ރޯދަތައް ހިފާ ނިމިއްޖެތޯ އެވެ.

އިސްލާމްދީނަކީ މީސްތަކުންނަށް ލުއި ފަސޭހަ ގޮތަކަށް ކަންކަން ކުރެވޭނެ ފަދަ ގޮތްތައް ޝަރުއުކުރައްވާފައިވާ ދީނެކެވެ. މީގެތެރޭގައި ބަލިވުމުގެ ސަބަބުން ނުވަތަ ޙައިޟު ނިފާސް ކަމުގައިވުން ފަދަ ސަބަބަކާ ހުރެ ރަމަޟާން މަހުގެ ބައެއް ރޯދަ ރަމަޟާން މަހު ނުހިފައި ދޫކޮށްލުން ލާޒިމް ވެގެން ވެއެވެ.

މި ސަބަބުތަކާހުރެ ނުހިފި ދޫކޮށްލަންޖެހޭ ރޯދަތައް ދެން އަންނަ ރަމަޟާން މަހެއްގެ ކުރިން ޤަޟާކުރަންޖެހެ އެވެ. މި ގޮތަށް ޤަޟާކުރުމުގައި ޖެހިގެން އަންނަ އަހަރުގެ ރޯދަ މަސް އައުމުގެ ކުރިން އެ ރޯދަތައް ޤަޟާކުރުން ވާޖިބުވާނެ ކަމަށް ހުރިހާ އިލްމުވެރިން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

އިލްމްވެރިން އިއްތިފާގުވެ ވަޑައިގަންނަވާ ގޮތުަގައި އެންމެ ބުއްދިވެރި ގޮތަކީ ރަމަޟާންމަހު މިގޮތަށް ގެއްލޭ ރޯދަތައް ވީހާވެސް އަވަހަކަށް ޤަޟާކޮށް ނިންމުމެވެ. ސަބަބަކީ އެންމެ ފަހަށް މަޑުކޮށްގެން ހުއްޓައި ކަންކަން ދިމާވާނެ ގޮތެއް އެކަކަށްވެސް ނުއެނގޭނެތީއެވެ. ރޯދަ ޤަޟާ ނުކުރެވެނީސް މަރުވެއްޖެ ނަމަ އެކަން ވާނީ ދަރަންޏަކަށެވެ. މީގެ އިތުރުން ކޮންމެ އަޅުކަމަކަށްވެސް މޮޅު އިތުރުވެގެންވަނީ އަވަސްވެގަތުމެވެ.

ރޯދަ ޤަޟާ ނުކޮށް ހުއްޓައި މީހަކު މަރުވެއްޖެ ނަމަ އޭނާގެ މުދަލުން ފިދުޔަ ދޭން ޖެހޭނެ އެވެ. އޭނާގެ މުދަލެއް ނެތް ނަމަ ވާރުތަވެރިން އެދަރަނި އަދާކޮށްދޭން ޖެހޭނެ އެވެ. އަދި ރޯދަ ޤަޟާނުކޮށް ފަސްކުރުމަކީ ފާފަވެރިވާނެ ކަމެކެވެ.

އެހެން ކަމުން ރަމަޟާން މަސް އައުމުގެކުރިން ލިބިފައިމިވާ ފުރުސަތުގައި ގެއްލުނު ރޯދަތައް ހިފާށެވެ. އެންމެ ފަހު ވަގުތަށް މަޑުނުކުރާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ