- Advertisement -ad image

ހަފްތާ ބަންދު ވެސް ކިޔެވުމުގައި! ދަރިވަރުންނާއި ޓީޗަރުންނަށް ރެސްޓެއް ނެތް!

ad image

ގުޅުންހުރި ލިޔުންތައް

ދާދިފަހުން ފޭސްބުކްއިން ފެނުނު ޕޯސްޓެކެވެ. ހަފްތާ ބަންދުގައި ވެސް ދަރިވަރުންނަށް އެސައިމަންޓްތަކާއި ފިލާވަޅުތައް ދޭ ވާހަކަ އެވެ. ކިޔެވުމުގެ ބުރައިން ހިންދެމިލަން ލިބޭ ދެދުވަހު ދަރިވަރުންނަށް އަނެއްކާވެސް ޖެހެނީ ފިލާވަޅުތައް ހަދާށެވެ.

މިއީ އެންމެން ދަންނަ ނިއުމާ މިސްގެ ޕޭޖުގައި ޝެއާކޮށްފައިވާ ޕޯސްޓެކެވެ. ނިއުމާ މިސް ދައްކާފައި މިވަނީ ގިނަ ބެލެނިވެރިންނެއް މިހާރުވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ހަގީގަތެއްގެ ވާހަކަ އެވެ.

ހަފްތާގެ 5 ދުވަހު ހުއްޓުމެއްނެތި ކިޔެވުމުގެ ސަބަބުން ހަފްތާ ބަންދު އަންނައިރު ކުދިންވެސް ތިބެނީ ވަރަށް ބޮޑަށް އަރާމުކުރަން ބޭނުންވެފަ އެވެ. ސްކޫލުން ޓިއުޝަނަަށް، ޓިއުޝަނުން ޤުރުއާން ކުލާސް މިއީ ގާތްގާނޑަކަށް ނިސްބަތުން ގިނަ ދަރިވަރުންގެ ކޮންމެ ދުވަހެއްގެ ޝެޑިއުލް އެވެ އެހެންކަމުން އާރާމުކޮށްލަން ލިބޭ ހަފްތާ ބަންދު ދެދުވަހު އަނެއްކާ ފިލާވަަޅުތަކާއި އެސައިމެންޓްތައް ނިންމާ އަދި އިތުރު ހަރަކާތަކަށް ދާންޖެހުމަކީ ކުދިން ކިޔެވުން މަތިން ފޫހިވާ ކަމެކެވެ.

ހަމައެހެންމެ ވަޒީފާގެ ބުރައިން ސަލާަމަތްވެ އާއިލާއާއެކު ހެދަކޮށްލަން ލިބޭ ހަމައެކަނި ދެ ދުވަސް ވެސް ހޭދަވަނީ ސްކޫލްގެ ކަންކަމުގައި ކަމަށް ބެލެނިވެރިން ބުނެއެވެ. މި ދެ ދުވަހެކޭ ހަފްތާގެ އެހެން ދުވަސްތަކެކޭ ތަފާތެއް ނެތް ކަމަށް ބެލެނިވެރިން ވަނީ ބުނެފަ އެވެ.

ނިއުމާ މިސްގެ މި ޕޯސްޓަށް ރިޕްލައިކުރި މީހަކުވަނީ ދަރިވަރުންނެކޭ އެއްފަދައިން ޓީޗަރުންނަށްވެސް މިހާކު އަރާމުކޮށްލާނެ ދުވަހެއް ނުލިބޭކަމަށް ބުނެފަ އެވެ.

ހަފްތާ ބަންދަކީ ޓީޗަރުންނަށް އަރާމުކޮށްލަން ލިބޭ ދުވަހަކަށް ވިޔަސް މި ދުވަސް ގިނަ ޓީޗަރުން ހޭދަކުރަނީ އާއިލާ އާއި ދުރުގަ އެވެ. އިތުރު ހަރަކާތްތަކާއި އަދިވެސް ސްކޫލުން އިންތިޒާމްކުރާ މިފަދަ އެކި ކަންކަމުގައި ޓީޗަރުން އުޅެނީ އަވަދިނެތި އެވެ.

މިކަން މިގޮތަށް ދެމިގެންދާނަމަ ކިޔެވުމަށް ދަރިވަރުންގެ ހިތުގައި އޮތް ޝައުގުގެއްލިދާނެ އެވެ. އަދި މި ދާއިރާއިން ގިނަ ޓީޗަރުން ނުފެނުމަކީވެސް ވެދާނެކަމެކެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ