Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

މަރިޔަމް މި ކިޔައިދެނީ ކާމިޔާބީ އަށާއި ނަފްސާނީދުޅަހެޔޮކަމަށް ވާސިލްވެވިދާނެ ގޮތްތައް!

ad image

ގުޅުންހުރި ލިޔުންތައް

ދިރިއުޅުމުގައި އެކި މީހުންނަށް ކުރިމަތިވާނީ އެކިވަރުގެ ގޮންޖެހުންތަކެވެ. މިފަދަ ކޮންމެ ގޮންޖެހުމަކީ ލިބޭ ފިލާވަޅެއް ކަމަށް ވިސްނައިފި މީހަކަށް ދިރިއުޅުން ވަރަށް ކާމިޔާބުވާނެ އެވެ. ސަކްސަސް (ކާމިޔާބީ) ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މަރިޔަމް މުހައްމަދުގެ މިސާލަކީ ވެސް މިއެވެ.

މިހާރު ރާއްޖޭގައި ފާހަގަކޮށްލެވޭ ސަކްސަސް ކޯޗު އަދި ޓްރެއިނަރ އަދި މޯޓިވޭޝަނަލް ސްޕީކަރ މަރިޔަމްގެ ކާމިޔާބީއަށް ވާސިލްވުމަށްވެސް ކުރީ ހަމަ މިފަދަ ދަތުރެކެވެ. ކޯވިޑް-19ގެ ބަލިމަޑިކަމުގެތެރެއިން ގޭތެރޭގައި އިންނަން ޖެހުމުން އޭގެން މަރިޔަމް ނެގި ފައިދާގެ ނަތީޖާ މިއަދު ވަރަށް ފޮންޏެވެ.

2019 އަހަރު މެޕްސް ކޮލެޖުން ބިޒްނަސް ޑިގްރީ ނިންމާލައި މަރިޔަމް އޭރު ބޭނުންވީ މަސައްކަތުގެ މާހައުލަށް ނުކުންނާށެވެ. އެހެންނަމަވެސް އޭރު ވަޒީފާއެއް ލިބުމަށް ކުރިމަތިވި ހުރަސްތަކުގެ ސަބަބަކީ ކޮބައިކަން މަރިޔަމް ދެނެގަތީ އަމިއްލައަށެވެ. ވަޒީފާއެއް ބޭނުން ނަމަ ތައުލީމީ ސެޓްފިކެޓްގެ އިތުރުުން މީހާގެ ކިބައިގައި ‘ސޮފްޓް ސްކިލްސް’ ހުރުމުގެ މުހިއްމުކަން އިހްސާސް ކުރެވުނެވެ. އަމިއްލަ ނަފްސާ މެދު އޮތް އިތުބާރާއި ޔަގީންކަން ވަރުގަދަ ކުރުމަށް ކޯޗެއްގެ އެހީތެރިކަން ހޯދަން އޭނާ ނިންމި އެވެ.

މިއީ މަރިޔަމްގެ ކޯޗިން ކެރިއަރުގެ ފެށުމެވެ. އަދި މިކަމަށް ހިތް ޖެހުނު ގޮތަށް ފަހަރަކު ކޯހެއް ހަދަމުންގޮސް މިހާުރު މަރިޔަމް އަކީ ޓްރާންސްފޯމޭޝަނަލް ކޯޗެެކެވެ. މިއީ މި ހިސާބަށް ވާސިލް ވުމަށް މަރިޔަމް ކުރި ހިތްވަރުގަދަ ދަތުރެވެ.

އޮންލައިންކޮށް ނިދި މަހްރޫމްކޮށް މަރިޔަމް ގިނަ ކޯސްތަކެއް ފުރިހަމަ ކުރި

މަރިޔަމް އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ ދުނިޔެއަށް މަޝްހޫރު ކެނެޑާގެ ކޯޗެއް ކަމުގައިވާ ބޮބް ޕްރޮކްޓާ އޮންލައިންކޮށް ހިލޭ ހިންގި ކޯހެއްގަ އެވެ. އަމިއްލައަށް ކަންކަން ކުރެވޭނެކަން ސާބިތުކޮށްދިނުމަށް މަރިޔަމް ފެށި މި ދަތުރު ވަރަށް ކާމިޔާބެވެ. އޭގެ ފަހުން މަރިޔަމް ވަނީ މީހުން މޯޓިވޭޓް ކުރުމަށް އަދި ދިރިއުޅުމުގެ ކަންކަން ހަމައަކަށް އަޅުވައި އަމިއްލަ ތޮށިގަނޑުން ބޭރުވުމަށް ދަސްކޮށްދޭ ކޯޗެއް ކަމުގައިވާ ލީސާ ނިކޯލްސްގެ ކޯހެއް މަރިޔަމް ފުރިހަމަ ލީސާ ނިކޯލްސްގެ ކޯހެއްވެސް ފުރިހަމަކޮށްފަ އެވެ.

ހަމައެހެންމެ ކޯވިޑް-19ގެ ބިޔަ ރާޅުގެ ތެރެއިންވެސް މަރިޔަމްގެ ވަގުތުތައް ހުސްކޮށްފައިވަނީ އުނގެނުމަށެވެ. އެގޮތުން މަޝްހޫރު ‘ޗިކަން ސޫޕް ފޯ ދަ ސޯލް’ގެ ބާނީ އަދި ސަކްސެސް ކޯޗު ކޭންފީލްޑް ހިންގި ‘ސަކްސެސް ޕްރިންސިޕަލް’ ކޯސް ފާހަގަކޮށްލެެވެ އެވެ.

އެހެންމީހުންނަށް ކާމިޔާބަށް ވާސިލްވުމަށް މަރިޔަމްގެއެ އެހީތެރިކަން

މަރިޔަމް ބުނިގޮތުގައި ކޯޗެކޭ ބުނުމުން އަދިވެސް ވަރަށް ގިނަ ދިވެހިންނަށް އޭގެ ހަގީގީ މާނަ ފަހުމެއް ނުވެއެވެ. އެހެންކަމުން އަދިވެސް ޓްރާންސްފޯމޭޝަނަލް އަދި ސަކްސަސް ކޯޗުންނަކީ ކޮންބައެއްކަން ގިނަ ބަޔަކަށް ނޭނގޭކަމަށް މަރިޔަމް ވަނީ ބުނެފަ އެވެ.

“ކޯޗިން އަކީ އެއްގޮތަކަށް ވެސް ކައުންސިލިން އެއް ނޫން. ކޯޗިން އަކީ އޭނާ ހުރި ހިސާބުން ކުރިއަށް ދެވޭނެގޮތެއް މަގުފަހި ކޮށްދިނުން. އަސްލު ވަރަށް ގިނަ މީހުންނަށް ކޯޗުންނޭ ބުނީމަ އޮޅިފަ މި އިންނަނީ”

މަރިޔަމް ފަދަ ކޯޗުންގެ މަސައްކަތަކީ ދިރިއުޅުމުގައި ފަސްޖެހިފައި ތިބި މީހުން ކުރިއަށް ދިއުމަށް ޕުޝްކޮށްލަ ދިނުމެވެ. މިއީ ބުނެލަން ފަސޭހަ ނަމަވެސް އެކަމަށް ހާއްސަ ހުނަރަކާއި އިލްމެއް ބޭނުންވާ ކަމެކެެވެ. މިފަދަ ކޯޗުންގެ އެހީގައި ކާމިޔާބީއަށް ވާސިލްވުމަށް ގިރާކުރަންޖެހޭ ހަރުފަތްތައް ގިރާކުރުމަގައި ފަސޭހަވެގެން ދާނެއެވެ.

“މިހާރުވެސް ކޮންމެވެސް ވަރަށް އެނގޭ އެބަ އެކަމަކު އަދިވެސް އެހާބޮޑަކަށް އެވެއާ އެއް ނޫން. އެކަމަކު ޓްރެއިނިން އާ ގުޅޭގޮތުން ވަރަށް ގިނަ މީހުންނަށް އެނގޭ މިހާރު”

މަރިޔަމް އަކީ މިހާރު ބްރޭންޑެއް!

2021 ވަނަ އަހަރު މަރިޔަމް މުހައްމަދުގެ “ބްރޭންޑެއް” އުފަންވުމަކީވެސް ކާމިޔާބަށް އެޅުނު އިތުރު ފިޔަވަޅެކެވެ. މި ފިޔަވަޅާއެކު މަރިޔަމް ދެން ބޭނުންވީ ދިރިއުޅުމުގައި ކުރިއަށް ދާން ފަސްޖެހިފައި ތިބި މީހުންނަށް އެހީވުމަށެވެ.

“މެންޓަލް ޑިސްއޯޑަރ ޑައިގްނޯސް ވެފައި ތިބި ސިވިއަރ ކޭސް ނޫން މީހުންވެސް އާދޭ. މީގެތެރޭގައި ބޭރަށް ނިކުންނަން ޖެހިލުންވާ މީހުން ބޭރަށް ނެރެދެވިފައިވެސް އެބަހުރި.”

މިއީ މަރިޔަމްގެ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ. މީގެއިތުރުން 2022 ގައި ކޯޗިން ސްޓޫޑިއޯއެއް ހަދައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި ޖަމްއިއްޔާތަކަށް އޭނާ އަންނަނީ ތަމްރީން ދެމުންނެވެ. ވަކިވަކި ފަރުދުންނަށް، ގުރޫޕްތަކަށް، އަދި ކުންފުނިތަކާ ގުޅިގެން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް އޭނާ އެކި ޕްރޮގްރާމްތައް ހިންގަ އެވެ. ‘ސަކްސެސް ކޯޗެއް’ގެ ގޮތުން މީހުންނަށް އޭނާ ދަސްކޮށްދެނީ އެމީހުން ވިސްނާ ގޮތް ބަދަލުކޮށް، ކަންކަމާ ކުރިމަތިލުމަށެވެ.

އެންމެ ދެ އަހަރުގެ ތެރޭގައި މަރިޔަމްވަނީ 4000އަށް ވުރެ ގިނަ މީހުންނަށް ޓްރެއިނިންދީ ކޯޗުކަން ކޮށްދީފަ އެވެ. މިއީ ދިރިއުޅުމުގައި ހާސިލްކުރެވުނު ވަރަށް ބޮޑު ލަނޑުދަނޑިއެއްކަމަށް މަރިޔަމް ދެކެއެވެ. ހަމައެހެންމެ ކުރިއަށް އޮތްތަނުގައި އަދި ހެބިޓް ޗޭންޖްކުރުމަށް ހާއްސަ ރިޓްރީޓެއް ހުޅުވުމަކީ މަރިޔަމްގެ އެންމެ ބޮޑު ހުވަފެނެވެ.

ނަފްސާނީ ދުޅަހެޔޮކަން ވަރަށް މުހިއްމު

މިއީ މަރިޔަމް ދެއްކި ކޮންމެ ވާހަކައަކުންވެސް އެންމެ ބޮޑަށް ބާރުއަޅާ ކަންތައްތަކެވެ. މަރިޔަމްއަކީ މީހުންނާއި ގުޅޭ އެކުވެރި މީހެކެވެ. ސްކޫލްގައިވެސް ކްލާހުގައި މަރިޔަމް ވާހަކަ ނުދައްކާ ކުއްޖެއް ނެތެވެ. އެހެންނަމަވެސް އަމިއްލަ ކޮމްފޯޓް ޒޯންއަކީ މަރިޔަމްގެ އެންމެެ ފުރަތަމަ ޕްރިއަރިޓީ އެވެ.

“އަޅުގަނޑު އަސްލު ވަރަށް ހިތްހެޔޮ ވާނެ. ސްކޫލްގައި އެންމެންނާއި ވަރަށް ރައްޓެހިވާނެ. އެކްސްޓްރަވާޓްއެއް ނޫން. އަބަދު ރައްޓެހިންނާއެކު ބޭރަށް ކޮފީތަކަށް ދިއުމަކީ އަޅުގަނޑު ކުރާކަމެއް ނޫން.”

އަމިއްލައަށް މެންޓަލީ ސްޓޭބަލްކޮށް ހުރުމަކީ މަރިޔަމް ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެކެވެ. މިކަމަށް މަރިޔަމްގެ ހާއްސަ ރޫޓިންއެއްވެސް ގެންގުޅެއެވެ. މީގެތެރެއިންވެސް އެންމެ ހާއްސަ ކަމަކީ ފޮތް ކިޔުމާއި ޖާރނަލް ލިޔުންކަމަށް މަރިޔަމް ވަނީ ބުނެފަ އެވެ.

“ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ހުންނަން ޖާރނަލް ކަހަލަ އެއްޗެހި ލިޔަން ވަރަށް ގިނައިން. އޭގެއިތުރުން މެޑިޓޭޝަން، ދެން ވަރަށް ގިނައިން ފޮތް ކިޔަން. އަސްލު ކުރިން އެހާ ފޮތެއް ނުކިޔަން. އެކަމަކު މިހާރު ފޮތް ކިޔަން ފެށީމަ ވަރަށް ގިނަ އެއްޗެހި އެބަ އެނގިގެންދޭ.”

ގޮންޖެހުންތައް ގިނަ، އެކަމަކު ފަސްޖެހުމެއް ނެތް

އަންހެނަކަށް ވީތީވެ ދިމާވާ ހުރަސްތައް މަރިޔަމްއަށް ވެސް އަންނަނީ ކުރިމަތިވުމުންނެވެ. ދިމާލަށް މަރިޔަމް އަށް ނުވާނޭ ބުނުމުން ފެށިގެން ސޯޝަލް މީޑިޔާގައިވެސް ފުރައްސާކުރާކަމަށް މަރިޔަމް ވަނީ ބުނެފަ އެވެ. މިއގޮތުން ޖިންސީ ގޮތުން ސޯޝަލް މީޑިޔާ މެދުވެރިކޮށް ބައެއް މީހުން ފުރައްސާރަ ކުރެއެވެ.

އެހެންނަމަވެސް މަރިޔަމް ކުރިއަށްދަނީ ފަސް އެނބުރި ބެލުމެއްނެތި އެވެ. މިގޮތަށް ލިބޭ ކޮންމެ ކޮމެންޓެއް ޝިފްޓް ޑިލިޓް ކޮށްލަނީ އޭގެން އިތުރަށް ހިތްވަރު ލިބިގަންނަމުންނެވެ.

“އަންހެނަކަށް ވީމަ މީހުންގެ ސްޓީރޯޓައިޕިން އަޅުގަނޑަށްވެސް ދިމާވޭ. ސޯޝަލް މީޑިޔާގައިވެސް ބައެއް މީހުން ހުރޭ ހެރެސްކޮށްފަ. އެކަހަލަ އެއްޗެހި ޑިލިޓްކޮށްފަ ކުރިއަށް ދަނީ. އަސްލު އެއްވެސް ވަރަކަށް ބަލައެއް ނުގަނެވޭ އެކަހަލަ ކަންކަމެއް. ހާއްސަކޮށް ރާއްޖެ ކަހަލަ މުސްލިމް ޤައުމެއްގައި”

މަރިޔަމްގެ ފަރާތުން ދެނީވެސް ހަމަ މިފަދަ މެސެޖެކެވެ. ކާމިޔާބަށް ވާސިލް ވުމަށް ފަސްނުޖެހުމަށެވެ. އެހީއަށް އެދުމަށް ލަދުނުގަތުމަށެެވެ. ދިރިއުޅުމުގައި ޒިންމާތައް ނަގައި ޒިންމާދާރުވުމަށެވެ.

“ދިރއުޅުމުގައި ގޮންޖެހުންތައް އަންނާނެ. އެކަމަކު އެ ގޮންޖެހުންތަކާއި ކުރިމަތިލާން ވާނީ ހިތްވަރާއެކުގައި. އުނދަގުލާއެކު ކުރާ ކަމެއް ވެސް ކުރާ ހތުން ކުރުން އަދި ޒިންމާދާރު މީހަކަށް ވާން މަސައްކަތް ކުރާށޭ އެންމެން ވެސް.”

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ