- Advertisement -ad image

ފިރިހެނުންނަށް ވުރެ އަންހެނުން ސައިކަލު ދުއްވާއިރު މާބޮޑަށް ރައްކާތެރި – ދިރާސާ

ad image

ގުޅުންހުރި ލިޔުންތައް

ކާރު ސައިކަލު ފަދަ އެއްޗެހި ދުއްވާއިރު އަބަދުވެސް ދެކެވޭ ވާހަކައަކީ އަންހެނުންގެ ނުފަރިތަ ވާހަކަ އެވެ. އަންހެނުންނަށް އެފަދަ އުޅަނދުތައް ދުއްވަން ނޭނގޭ ވާހަކަ އެވެ. އެހެންނަމަވެސް ހަގީގަތް ބުނެދެނީ މުޅިން ތަފާތު ވާހަކަ އެކެވެ.

ދާދިފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި އަންހެނުން މަގުމަތީގައި އުޅަނދުފަހަރު ދުއްވާއިރު މާބޮޑަށް ރައްކާތެރި އެވެ. އަދި ފިރިހެނުން ދުއްވާއިރު އަމިއްލަ ނަފްސަށް އޮންނަ އިތުބާރު މާބޮޑު ކަމަށެވެ. މި ދެކަމަކީވެސް ޑްރައިވަރެއްގެ ގައިގަ ހުންނަން ޖެހޭ ދެ ސިފަ ނަމަވެސް މާބޮޑަށް ކޮންފިޑެންޓް ވެއްޖެނަމަ އަމިއްލަ ނަފްސް ނުރައްކަލަށް ހުށަހެޅޭ ހާލަތްތަށް އަންނަ ކަމަށް މި ދިރާސާގައި ވަނީ ބުނެފަ އެވެ.

އަންހެނުންނަކީ އަބަދުވެސް ނުފަރިތަ ބައެއްގެ ގޮތުގައި ލޭބަލް ކުރި ނަމަވެސް މި ދިރާސާގައި ވަނީ މުޅިން ތެދެއް ނޫންކަމަށް ބުނެފަ އެވެ. އެގޮތުން އަންހެނުން މަގުމަތީގެ ޤަވާއިދުތަކަށްވެސް މާބޮޑަށްވެސް ކަމޭހިތާކަމަށް މި ދިރާސާގައި ބުނެފައި ވެއެވެ.

މި ދިރާސާގައި 82 އިންސައްތަ ފިރިހެނުންވަނީ މަގުމަތީގައި އުޅޭއިރު އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އޮންނަ ބައެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އެހެންނަމވެސް މީގެ ސަބަބުން ބައެއް ފަހަރު އިތުރު ނުރައްކަލަށް ހުށަހެޅި ބޮޑެތި އެކްސިޑެންޓްތައް ކުރިމަތިވެއެވެ.

ހަމައެހެންމެ ފިރިހެނުން އުޅަނދު ދުއްވާއިރު ހެދިފައިވާ ޤަވާއިދުތަކަށް ބޯ ނުލަނބާކަން ވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.

ވާރޖީނިއާ ޔުނިރަސިޓީއިން ހެދި މި ދިރާސާގައި ވަނީ އެކްސިޑެންޓްތަކުގައި ބޮޑަށް އަނިޔާވަނީ ވެސް އަންހެނުންނަށްވުރެ ފިރިހެނުންނަށް ކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ތިޔަ ދިރާސާ ކުރެއްވީ ހުސް އަންހެން ބޭފުޅުން ނަށް ވީމަ ތިހެން ނަތީޖާ އައިސްފައިވަނީ. އަސްލުވާގޮތަކީ އަންހެންބޭފުޅުން ސައިކަލު ދުއްވާއިރު ވ ރޮމާންޓިކް ގޮތަކަށް އިންނަވާތީ ފިރިހެން ބޭފުޅުން ގެ ލޮލުގައި އަޅައިގަންނަނީ

  2. މަމިހާރު މާލޭގެ މަގުތަކު ދުއްވާތާ 10 އަހަރުވާނެ. ގަވައިދުގަ މާލޭގައި އެންމެ ބާރަށް ދުއްވޭ 25 އޭ ބުނެފަ އޮންނާތީ ތިބުނާ އަންހެނުން ދުއްވަނީ 10ގަ. 5ގަ ފިރުކިފަ ދިޔަސް ވާނީ ތިބުނާ ގޮތުން ގަވާއިދަށް ދުއްވާކަމަށް. މިއޮށް ތޮއްޖެހޭ ޓްރެފިކް ބޮޑު ގައުމުގަ 10ގެ ސްޕީޑްގަ “ސޭފް” ކޮޮށް ދުއްވާ އަންހެނުން ފަހަތު ތިބޭކަށް ބަލަ ނެތޭ ވަގުތެއް. ހުސްތަނެއް އޮތަސް ނުގޮސްވެސް ތިބެނީ. ސައިކަލު ނެރޭ އިރު ބަލައެއް ނުލާ. ދުއްވަނީ ހިނގާފަދާ މީހުންނަށް ވުރެވެސް މަޑުން. އެހެންވީމަ އަންހެނުންނަށް އެންމެ ރަނގަޅީ ހިނގާފަ ދިޔުން ކަމަށް މަށަށް ފެންނަނީ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ