- Advertisement -ad image

ސަރުކާރުގެ ދުއްތުރާތަކާއެކުވެސް ގިނަ ކަންކަން ސިޓީ ކައުންސިލުން ހާސިލް ކުރި ދެ އަހަރު!

ad image

ގުޅުންހުރި ލިޔުންތައް

މާލެސިޓީގެ ހަތަރުވަނަ ދައުރުގެ ކައުންސިލަށް މިއަަދު 2 އަހަރު ފުރިފައިވާއިރު މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގެ “އަދާހަމަ” ކައުންސިލްގެ 102 ވަނަ ރަސްމީ އާއްމު ޖަލްސާގައި ހާމަކޮށްފިއެވެ.
ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް އަހުމަދު ޝަރީފް ވަނީ މިދައުރުގެ ސެޕްގައި ހިމެނިފައިވާ އަމާޒު ތަކުގެ ތެރެއިން ހާސިލް ކުރެވުނު ކަންކަމުގެ ތަފްޞީލް ހާމަކުރައްވާފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ ފާއިތުވި 2 އަހަރުގެ ތެރޭގައި މުހިންމު ގިނަ ކަންކަން ހާސިލް ކުރެވިފައިވާ ކަމަށެވެ. ގިނަކަންކަން ފެށިފައިވާކަމަށާއި އެހެންނަމަވެސް ކައުންސިލްގެ ބާރު ނުހިނގާތީ ބައެއްކަންކަން ކުރިއަށްނުދާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ސެޕްގައި ހިމެނޭ “ބިންވެރި ރައްޔިތެއް” އަމާޒަށް ވާސިލްވުމަށްޓަކާ ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރެވި ފާސްކުރުމަށް ޕްލޭނިންގް މިނިސްޓްރީއަށް ހުށަހެޅިފައިވާއިރު، 6 ސެޕްޓެމްބަރު 2021 އިން ފެށިގެން 21 ޑިސެމްބަރު 2022 ގެ ނިޔަލަށް މިކަމުގައި 11 މަރުޙަލާއެއް ކުރިއަށް ގެންދެވިފައިވާކަމަށާއި އެހެންނަމަވެސް ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދީފައިނުވާކަން މިއަދުގެ ޖަލްސާގައި ހާމަކުރެއްވިއެވެ.

ލޭންޑްޔޫސް ޕްލޭނާއި ގުޅިގެން މާލެސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކުގެ 100 އިންސައްތަ ވަނީ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން މާލެ ސިޓީގެ ހުރިހާ މަޢުލޫމާތެއް އެއް ޕްލެޓްފޯމަކުން ފަސޭހައިން ހޯދާލެވޭ ގޮތަށް މުޅި މާލެ ސިޓީގެ ހުރިހާ ޚިދުމަތެއް

ޑިޖިޓަލައިޒްކޮށް ގޭގައި ތިބެގެން ޚިދުމަތްތައް ހޯދަން ކޮންމެ ރައްޔިތަކަށްވެސް ފަސޭހަވާނެ މަގު ފަހިކޮށްދިނުމަށްޓަކައި “ޑިޖިޓަލް

މާލެ” މަޝްރޫޢު ފެށި ތަންފީޒު ކުރުމުގެ 80 އިންސައްތަ ވަނީ ފުރިހަމަ ކުރެވިފައެވެ. އޭގެ ތެރޭގައި ޕޯޓަލް ވުޖޫދުވުން، އަދި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ކޯލް ސެންޓަރ ތަޢާރަފް ކުރުމާއި، މާލެސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރ ޤާއިމްކުރުން، އަދި މާލޭގެ ތާރީޚްގެ މައްޗަށް ފޮތެއް އެކުލަވާލުން ހިމެނެއެވެ.

ކައުންސިލްގެ ސެޕްގައިވާ “ހިތްފަސޭހަ މަގުމަތި” އަމާޒުގެދަށުން ގޭގެއަށް ވަދެ ނުކުމެވޭ ގޮތަށް ޕޭވްމަންޓު ޑިޒައިންކޮށް ޕާރކު ކުރާގޮތް އިސްލާހުކުރުން، މަގުމަތީގައި ބާވެފައިވާ ވެހިކަލްތައް ނައްތާލުމުގެ 80 އިންސައްތަ މަސައްކަތް، ޕާރކިންގެ މައްސަލައަށް ޖީބަށްލުއި ދެމެހެއްޓެނިވި ހައްލެއް ގެނެސްދިނުން، ވިލިމާލޭގައި ބަގީގެ ޚިދުމަތް ތަޢާރަފް ކުރުން، އަދި މާލެސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކުރުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް އިފްތިތާޙްކުރުން ހިމެނެއެވެ.
މާލެސިޓީ އަކީ ޗާލު ސިޓީއަކަށް ހެދުމަށްޓަކާ “ޗާލު މާލެސިޓީ” އަމާޒު ޙާސިލް ކުރުމުގެ ގޮތުން މިސްކިތްތަކުގައި ނަމާދުކުރުން ފިޔަވައި އިތުރު އިސްލާމީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްފެށި، ޕާކުތަކާއި މައިޒާންތަކުގެ އަބާތުރަ ފިލުމުގެ 60 އިންސައްތަ ނިމި، ރައްޔިތުންގެ ބައިވެރިވުމާއި އެކު މާލޭ ސިޓީގައި 1 ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފެށި 70 އިންސައްތަ ވަނީ ނިމިފައެވެ. އަދި މާލޭގެ މަގުތަކުގައި ރިވެތި އިރުޝާދު ދޭ ބޯޑުތައް ބެހެއްޓުމާއި، ހިނގާފައިއުޅޭ ގޯޅިތައް އިތުރުކޮށް ހިތްފަސޭހަ މަންޒިލުތަކަކަށް ބަދަލު ކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވެއެވެ.

މިއާއިއެކު ކަމާބެހޭ މާހިރުންގެ ލަފާއާއި ހެދިފައި ހުރި ޤާނޫނުތަކާއި ޤަވައިދުތަކާއި އެއްގޮތަށް މާލޭ ތެރޭގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ

ބުޅާތަކާއި މެދު ކަންކުރާނެ ގޮތެއް ނިންމާ މަސައްކަތްވަނީ ބަޔަކާ މަތިކުރެވިފައެވެ. މިއާއިއެކު މާލޭ މަސްވެރިންގެ މާރުކޭޓުގައި ހުރި މައްސަލަތައް ހައްލުކުރުން، ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ހުރި މައްސަލަތައް ހައްލުކުރުން،ވިލިމާލޭގައި ލޯކަލް މާރކެޓެއް ޤާއިމްކުރުން، “ސާފުމަގު” މަޝްރޫއު ތައާރަފުކޮށް ރަށްވެހިންގެ އެއްބާރުލުމާއި އެކު ހިންގާ ދެމެހެއްޓުން ހިމެނެއެވެ.

ސެޕްގައިވާ “ފުދުންތެރި ދިރިއުޅުން” އަމާޒުގެ ދަށުން މާލޭގެ ރައްޔިތުންގެ ތެރޭގައި ތިބި ވަޒީފާ ނެތް މީހުން ދެނަގަނެ ދިރާސާކޮށް ވަޒީފާއާއި މަސައްކަތް ހޯދާ ދިނުމަށް މަސައްކަތްކުރުމުގެ ތެރެއިން ގިނަ ބަޔަކަށް އެ ފުރުޞަތު ވަނީ ދެވިފައެވެ. ސިޓީ ކައުންސިލްގައި ތިބޭ ބޭރު މުވައްޒަފުންގެ އަދަދު މަދުކޮށް ނުކުދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭގޮތަށް އެވަޒީފާތަކަށް ދިވެހިން ނެގުމާއި، އަދި ސިޓީ ކައުންސިލުން ޚިދުމަތްދިނުމަށް ގެންގުޅޭ ތަފާތު ގިނަ ފޯމުތަށް ރިވައިޒްކޮށް ފަސޭހައިން ފުރާލެވޭ މަދު ފޯމުތަކަށް ހެދުމާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދާ މާލެ ސިޓީގެ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައި ދިނުމަށްޓަކައި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ރޭވިފައިވެއެވެ.

“ރައްޔިތުންނާއި ބައްދަލުވާ ކައުންސިލް” އަމާޒުގެ ދަށުން މާލޭގެ ހަރުމީހުން ދުވަސްވީ ތަޖުރިބާކާރުން އަދި ބޮޑެތި އާއިލާތަކަށް ދުރާލާ ޕްލޭންކުރެވިގެން މޭޔަރު ބައްދަލުކުރެއްވުމުގެ އިތުރުން ކަނޑައެޅޭ ޝެޑިޔުލްއެއްގެ ދަށުން މާލޭގެ ކޮންމެ ގެޔަކަށް ޒިޔާރަތްކުރުން ކުރިއަށް ގެންދެވިފައިވެއެވެ. މިއާއިއެކު ސިޓީ ކައުންސިލްގެ އިދާރީ އޮނިގަނޑު ރިވައިޒްކޮށް ހަރުދަނާ ކުރުން އަދި ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީތައް އުފެއްދުން ހިމެނެއެވެ.
ފަހު ކަމެއްގެ ގޮތުގައި ސެޕްގައި ހިމެނިފައިވާ “ހަރުދަނާ އިދާރީ ހިންގުން” އަމާޒުގެ ތެރެއިން ކައުންސިލުން މޭޔަރުކަމުގެ އިންތިޚާބުގައި ވެލެއްވި އިލެކްޝަން ވަޢުދުތަކާ ތަޞައްވަރު އެންޑޯޒުކުރުމާއި، ރާއްޖޭގެ އެހެން ކައުންސިލްތަކާ މާލޭސިޓީ ކައުންސިލްގެ ގުޅުން ބަދަހިކުރުމުގެ ތެރެއިން ފާއިތުވި 2 އަހަރުގެ ތެރޭގައި 15 ކައުންސިލަކާއިއެކު އެއްބަސްވުންތައް ހެދިފައިވެއެވެ. މީގެ އިތުރުން ސިޓީ ކައުންސިލްގެ އިދާރީ އޮނިގަނޑު ރިވައިޒްކޮށް ހަރުދަނާ ކުރުން އަދި ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީތައް އުފެއްދުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ