- Advertisement -ad image

ހުޅިޖަހާ ގޮތަކުންވެސް ބޮލުން އިސްތަށިފައިބާނެ!

ad image

ގުޅުންހުރި ލިޔުންތައް

ބޮލުން އިސްތަށި ފޭބުމަކީ ދައްކާ ކޮޅުންލާ ވާހަކަތަކެއް ނޫނެވެ. މިއީ ވަކި އުމުރަކަށް އޮތް ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް ޒުވާން އުމުރާއި އަދި މެދު އުމުރުގެ މީހުންގެ މެދުގައި މި މައްސަލަ ވަކިން ބޮޑެވެ.

ބޮލުން އިސްތަށި ފައިބަން ދިމާވާ އެކި ހާލަތްތައް ހުރެއެވެ. އޭގެތެރޭގައި ބައްޔެއްގެ ސަބަބުން، މާބޮޑަށް ވިސްނާ ފިކުރުކުރުން، ހޯމޯންސް ބަދަލުވުން، ބޯ އައްސާ އަދި ހުޅިޖަހާ ގޮތުން އަދި ބޭނުންކުރެވޭ ޝޭމްޕޫ، ތެޔޮ/ކްރީމް އަދި ކޮންޑިޝަނާރގެ ސަބަބުންވެސް މި ކަން ކުރިމަތިވެއެވެ.

މިތަނުންވެސް ގިނަ މީހުންނަށް ނޭނގޭ ކަމަކީ ބޮލުގައި ހުޅިޖަހާ ގޮތަކުން އިސްތަށި ފައިބާ ވާހަކަ އެކެވެ. ގިނަ އަންހެނުންނަކީ އާންމު ދިރިއުޅުމުގައި ބޮލުގެ އިސްތަށިގަނޑު ގިނަ ވަގުތު އައްސާ ހުޅިޖަހައިގެން އުޅެންޖެހޭ ބައެކެވެ. އަި އިސްތަށިގަނޑު ދޫކޮށްލާފައި ބޭއްވުމުގެ ބަދަލުގައި ވެސް ގިނަ މީހުންނަށް ފަސޭހައީވެސް މިގޮތެވެ.

އިސްތަށިގަނޑު ބާރަށް އެއްސުމުގެ ސަބަބުން އިސްތަށި ފޭބުމަށް ކިޔަނީ ޓްރެކްޝަން އެލޮޕޭޝިއާ އެވެ. މިއީ އިސްތަށި ފޭބުމަށް އެންމެ ގިނައިން މެދުވެރިވާ ސަބަބު ކަމުގައި ޑާރމެޓޮލޮޖިސްޓުންވެސް އެއްބަސްވެއެވެ.
އިސްތަށިގަނޑު އެއްސުމަކުން އަދި ގޯހެއް ނެތެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު އާދަކޮށް އިސްތަށިގަނޑު ބާރަށް އައްސާ ހުޅިޖަހާނަމަ ބޮލުގެ އިސްތަށިތައް ބުޑުން ބަލިކަށިވެ ފައިބަން މެދުވެރިވެއެވެ.

އާދަކޮށް ކޮންމެ ދުވަހު އިސްތަށިގަނޑު ބާރަށް އައްސާނަމަ ގިނަ ދުވަސްވާ ވަރަކަށް މީގެ ސަބަބުން އިސްތަށިގަނޑުގައި ހުންނަ “ހެއާ ފޮލިކަލްސް” ހަލާކުވެދެ އެވެ. މި މާއްދާތައް ހަލާކުވުމގެ ނަތީޖާއަކީ އެތަންތަނުން އަލުން އިސްތަށިގަނޑު ނުފެޅުމެވެ. އަދި ތަލަވުމަށް މަގުފަހިވުމެވެ.

ތިރީގައި މިވަނީ އާދަކޮށް ބޯ އައްސާނަމަ ގެއްލުން ލިބިދާނެ ބައެއް ގޮތްތަކެވެ.

ހުޅި، ޕޯނީ ޓެއލް
ކޯންރޯވްސް ނުވަތަ ކުދިކުދި ފަށްފަށަށް ގެތުން
ޑްރެޑްލޮކްސް ނުވަތަ ރޯނުގޮތަށް އިސްތަށިގަނޑު ދިގުކޮށް ހިއްކުން
އިސްތަށިގަނޑު ދިގުކުރަން އާރޓިފިޝަލް އިސްތަށި ގުޅުވުން
ބާރަށް ގެތުން

ހައްލަކީ ކޮބާ؟

އެލޮޕޭޝިއާގެ ސަބބަުން ބޮލުން ގިނައިން ިއިސްތަށިފައިބާނަމަ އޮތް އެއް ހައްލަކީ އިސްތަށިގަނޑު ދޫކޮށް އެއްސުމެވެ. އަދި މީގެއިތުރުން؛

އިސްތަށިގަނޑުގައި ގޮށްނުޖެހޭ ފަދަ ދޫ ވޫލް ކޮޅެއް ބޭނުންކުރުން
ދޫކޮށް ބޯ ގެތުން (ހާއްސަކޮށް އިސްތަށިގަނޑުގެ ބުޑަށް ދޫކުރުން)
ތިން މަހަށްވުރެ ގިނަ ދުވަސްވަންދެން އާދަކޮށް ބޯ ނުގެތުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ