- Advertisement -ad image

ހަގު ދަރިއަށްވުރެ، ދޮށީ ދަރީގެ ވިސްނުން ތޫނު – ދިރާސާ

ad image

ގުޅުންހުރި ލިޔުންތައް

ދޮށީ ދަރިންނާއި ހަނގު ދަރިންގެ ތަފާތަކީ އަބަދުވެސް ދެކެވޭ ވާހައެކެވެ. މިޒާޖުގެ ގޮތުން ބަލާނަމަވެސް މި ކުދިންގެ މެދުގައި ބޮޑު ފަރަގެއް ހުރެއެވެ. މީގެ ސަބބަުން ކުދިންގެ ސިކުނޑިއަށް ޕްރެޝަރ ބޮޑުވެ ބައެއް ހިތާމަވެރި ހާލަތްތައް ވެސް ކުރިމަތިވެއެވެ.

ޖާރނަލް އޮފް ހިއުމަން ރިސޯސަސްގައި ޝާއިއުކޮށްފައި އޮތް ދިރާސާއެއްގައި ބުނާގޮތުން އާއިލާގެ ހަނގަށް ހުންނަ ކުއްޖާއަށްވުރެ ދޮށީ ކުއްޖާގެ ވިސްނުން ތޫނެވެ. އެގޮތުން ކުއްޖާއަށް އެއް އަހަރުން ފެށިގެންވެސް އުޅުމާއި ވާހަކަ ދެއްކުން އަދި މި ނޫންވެސް ގިނަ ކަންކަން ދަސްކުރުމުގައި ހަނގުދަރިފުޅަށްވުރެ އަވަސްކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

އެޑިންބާގް ޔުނިވަރސިޓީގެ ރިސާޗަރުން ވެސް ވަނީ މިފަދަ އެނަލައިސިސްއެއް ހަދާފަ އެވެ. މީގައި ބުނެފައިވާގޮތުން ދޮށްޓަށް ހުންނަ ކުދިން އައިކިއު ޓެސްޓުންވެސް މަތިން މާކްސް ހޯދައެވެ. މި ދިރާސާ ހެދުމަށްޓަކައި އެއް އުފަންވީއްސުރެ އުމުރުން 14 އަހަރާއި ދެމެދުގެ 5000 އަށްވުރެ ގިނަ ކުދިންވަނީ މި ދިރާސާގައި ބައިވެރިކޮށްފަ އެވެ.

ދޮއްޓަށް ތިބޭ ކުދިން އެހެން ކުދިންނަށްވުރެ ވިސްނުންތޫނު ކަމަށް ބެލެވޭ އެއް ސަބަބެއްގެ ގޮތުގައި ރިސާޗަރުން ބުނެފައިވަނީ އެ ކުދިންނަށް އެންމެ ތުއްތުއިރުއްސުރެ ހާއްސަ ސަމާލުކަމެއް ލިބޭތީ އެެވެ. އަދި އުމުރުގެ ކުރީކޮޅު ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށާއި އަދިވެސް ގިނަ ކަންކަން އެ ކުދިންނަަށް ދަސްވާކަމަށް ރިސާޗަރުން ވަނީ ބުނެފަ އެވެ.

ކުދިންގެ މިޒާޖު ތަފާތުވުމަކީ އަދި ކުދިން ނާޤާބިލްވުން ނޫންކަމަށްވެސް ރިސާޗަރުން ވަނީ ބުނެފަ އެވެ. އެހެންކަމުން ހަނގަށް ތިބޭ ކުދިންނަށްވެސް ދޭ ސަމާލުކަން އިތުރުކޮށް އަދި ތަފާތު ކުރުން ކުޑަކުރުމަށްވެސް ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ