- Advertisement -ad image

ތުއްތު ކުދިންގެ ފޯމިއުލާ ނުލިބި މައިންނަށް ހިތްދަތިކަމެއް!

ad image

ގުޅުންހުރި ލިޔުންތައް

ތުއްތުކުދިންނަށް ދޭ ފޯމިއުލާ ކިރުގެ ބާވަތްތައް ރާއްޖެއިން ލިބުން މި ފަހަކަށް ވެފައި އޮންނަނީ ވަރަށް ދަތި ކަމަކަށެވެ. އެކި ހާލަތްތަކާއި ގުޅިގެން ދަރިންނަށް ފޯމިއުލާ ދޭ މަންމައިން ދަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ފޯމިއުލާ ލިބުން ދަތިވެ މި ފަހަކަށް އައިސް މީގެ އަގުވެސް ވަނީ އަތްނުފޯރާ ފަަށަށް އުފުލިފަ އެވެ. ހާއްސަކޮށް ގިނައިން ރާއްޖެއަށް އެތެރެކުރާ ދެ ބާވަތެއް ކަމަށްވާ އެންފަމިލް، ނާން އަދި ލެކްޓޮޖަން ލިބުންވަނީ ދަތިވެފަ އެވެ.

ފޯމިއުލާ ލިބުން ދަތިވާން ފަށާފައިވަނީ މިދިޔަ އަހަރު ފަހުކޮޅުން ފެށިގެންނެވެ. އަދި ޖުލައި މަހާއި ހަމަޔަށް ދިޔައިރުވެސް މިކަމަށް ހައްލެއް ނުލިބި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މީގެތެރޭގައި އެމެރިކާވެސް ހިމެނެއެވެ.

ދާދިފަހުން އެމެރިކާއިން ހެދި ސާވޭއެއްގައި ވަނީ ކުޑަކުދިން ހިމެނޭ ކޮންމެ ތިން އާއިލާއަކުން އެއް އާއިލާއަކަށް ފޯމިއުލާ ނުލިބުމުގެ ދަތިކަމާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މި ދަތި ކުރިމަތިވި މައިގނަޑު ސަބަބަކީ ފޯމިއުލާ އުފައްދާ މައި ފެކްޓްރީއެއް ބަންދުކުރަންޖެހުމެވެ.

ރާއްޖޭގެ ގިނަ މައިންވެސް ދަނީ ފޯމިިއުލާ ނުލިބުމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އޭގެތެރޭގައި ހިމެނޭ މަންމައަކު ވަނީ މިކަން މަޖިލިސް މެމްބަރުންނާ ކަމާބެހޭ އެކިފަރާތްތަކާވެސް ހިއްސާކޮށްފަ އެވެ. އަދި އެކި ސަބަބުތަކާއި ހެދި ގާތުން ކިރު ނުލިބޭ ތުއްތު ކުދިންނަށް މިއީ ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް މި މަންމަ ވަނީ ބުނެފަ އެވެ.

ހަމައެހެންމެ މިފަދަ ނާޒުކު ހާލަތެއްގައި އެކަކު އަނެކަކަށް އެހީވެ މިކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ބައެއް ކަންކަން ވެސް މި މެސެޖުގައި ހިއްސާކޮށްފައި ވެއެވެ. އޭގެތެރޭގައި ރާއްޖެއަށް ފޯމިއުލާ އެތެރެކުރާ މިންވަރު އިތުރުކުރުމާއި، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފަސޭހައިން ފޯމިއުލާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، އަގު ކޮންޓްރޯލްކުރުމުގެ އިތުރުން މިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުން ހިމެނެއެވެ.

ކިރަކީ ހެދިބޮޑުވުމުގައި މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. އަދި ހާއްސަކޮށް ފޯމިއުލާ އަކީ ގާތުން ކިރު ނުދެވިއްޖެ ހާލަތެއްގައި ތުއްތު ކުދިންނަށް ދިނުމަށް އުފައްދާ ބާވަތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ