- Advertisement -ad image

މާލޭގެ ނިކަމެތި ރައްޔިތުންނަށް ދޭން ވައުދުވި ގޯތި ބަހާލީ ޕާޓީކުދިންނާއި އެކުވެރިންނަށް!

ad image

ގުޅުންހުރި ލިޔުންތައް


ބިންވެރިޔާ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ގޯތި ލިބޭ މާލޭގެ ރައްޔިތުންގެ ލިސްޓް މިއަދު ސަރުކާރުން ވަނީ އާއްމުކޮށްފައެވެ.
އެތައް ބަޔަކު މި ލިސްޓަށް އިންތިޒާރު ކުރަމުންދިޔައެވެ. ވާނީވެސް އެހެންތާއެވެ. މާލެ ސަރަހައްދުން ހިލޭ ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވެގެން ވަނީ ގޮސްފައެވެ.
ސަރުކާރުން ގޯތި ލިބުނު މީހުންގެ ލިސްޓް އާއްމު ކުރިއިރު ކަމަކު ދާކަށް ނެތެވެ. މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ނިކަމެތި މެންބަރު ރޮޒައިނާ އާދަމް އާއި ފިރިކަލުން ނާޝިޒު އަށްވެސް ވަނީ ގޯތި ލިބިފައެވެ. ރޮޒައިނާ އަކީ ރައީސް ސާލިހަށް ސަނާ ކިޔުމުގައި އެވަރުގެ ދެވަނައެއް ނެތް ކަނބަލެކެވެ. އެހެންވީމަ ހަދިޔާއަކަށް މާލެއިން ގޯއްޗެއްވެސް ހަމަ ރަނގަޅުތާއޭ ހިތަށް އަރައެވެ. ރައީސް ސާލިހުގެ ދިފާއުގައި އަބަދު ޓުވީޓު ކުރައްވަމުން ގެންދަވާ އިޔާޒު އާއި އަނބިކަނބަލުންވެސް ގޯތި ލިބޭ މީހުންގެ ލިސްޓްގައި އެބައޮތެވެ.
މީގެ އިތުރުންވެސް މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ ނަން ގޯތި ލިބޭ މާލޭގެ ނިކަމެތި ރައްޔިތުންގެ ލިސްޓްގައި އެބައޮތެވެ. މީގެ ތެރޭގައި މުޅިންހެން ހިމެނެނީ ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނެވެ.
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު (އެމްޑީޕީ)
މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް (އެމްޑީޕީ)
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް (އެމްޑީޕީ)
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ޑިމޮކްރެޓްސް)
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ޑިމޮކްރެޓްސް)
މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ޑިމޮކްރެޓްސް)
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (ޑިމޮކްރެޓްސް)
ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް (އެމްއެންޕީ)
ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމުން ގޯތިލިބޭ ލިސްޓް އާއްމު ކުރި އިރު މި ގޯތިތައް ދޭ ސަރަހައްދުގެ ބޮޑުބައި އޮތީ ނުވެސް ހިއްކައެވެ. ހުޅުމާލެއިން ގޯތިދޭން ކަޑަ ޖަހާފައިވަނީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ފޭސް ދެއަކުން ހިއްކާފައިވާ ބޮޑު ސަރަހައްދެއްގައި ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ