- Advertisement -ad image

އިބޫގެ ފަސް އަހަރު: ޓެކްސީ ކުރަންވެސް ބިދޭސީން!

ad image

ގުޅުންހުރި ލިޔުންތައް


2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް އެރީ ރައްޔިތުންނަށް ލައްކަ ގިނަ ވައުދުވެފައެވެ. އެތައް ހުވަފެނެއް ރައްޔިތުންނަށް ދެއްކިއެވެ.
އެކަމަކު މިއަދު އިބޫގެ ފަސް އަހަރުގެ ދައުރު ނިމެން 50 ހަކަށް ދުވަހަށްވެފައިވާއިރު މިއަދު ބަލާލި ކޮންމެ ދިމާލަކުން ރައްޔިތުންތިބީ ޝަކުވާ ގޯނިތައް ކިހިލި ޖަހައިގެނެވެ. ޓެކްސީ ޑުރައިވަރުންނަކީ އިބޫއަށް ވެރިކަން ހޯދައިދޭން ލައްކަ މަސައްކަތް ކުރި ބައެކެވެ.
އެކަމަކު މިއަދު ޓެކްސީ ޑުރައިވަރުންގެ ޝަކުވާތައް އެހާ ގިނައެވެ. ޓެކްސީ ކުރުމުގައި ބިދޭސީން ހަރަކާތްތެރިވަނީ ކަންބޮޑުވާ މިންވަރަށެވެ. ޓެކްސީކޮށްގެން ދިރިއުޅޭ އެތައް ބަޔަކު އެވާހަކަ ދައްކައެވެ.ޓެކްސީ ކުރާ ކަނބަލެއް ކަމުގައިވާ އައިންތު ވަހީދާ އޭނާގެ ފޭސްބުކްގައި ލިޔެފައިވާގޮތުން ޓެކްސީ ކުރަމުންދާ އެތައް ބިދޭސީއަކާއި މިހާރު އޭނާ އާއި ދިމާވެއެވެ.


“ މިހާރަކަށް އައިސް މާލޭގައި ބިދޭސީން ގަވައިދެއްނެތި ޓެކްސީ ހިދުމަތް ދިނުން މިވަނީ އާއްމުވެފައި. ދިވެހިންކުރާ ހުރިހާ މަސައްކަތެއްގެ ތެރެއަށް ބިދޭސީން. ޒިންމާ ނަގާނެ ބަޔަކު ނެތް “ އައިންތު އޭނާ ފޭސްބުކްގައި ލިޔެފައިވެއެވެ.
މިވާހަތައް ދައްކާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމަކު ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ކަހާތަން ހިރުވާވެސްނުލައެވެ. މިއީ ވެސް އިބޫއަށް ފަސް އަހަރުގެ އިތުރު ދައުރެއް ދޭން ނުޖެހޭ ސަބަބެކެވެ.

ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

  1. އެމީހުން ގެންނަނީވެސް ދިވެހިންނޭ… ދިވެހިންގެ ޕްރައިވެޓްކާރުތައް ޓެކްސީ ކުރަނީ… އިބޫއެއް ނޫން.. ކަންނެތް ދިވެހީންގެ ސަބަބުން….

  2. ކުރީ ސަރުކާރުން ބިދޭސީންގެ ރެކޯޑް ބަލަހައްޓާ ސިސްޓަމް މާއްޓޭމެން ފަނިކޮށްލީ. ދެން ނޭގުނު ތިބިމީހެއް ނެތްމީހެއް. ދެން ކޮން ވީދުމެއް ތިޔަ ވީދެނީ…

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ