ސިވިލް ސާރވިސްމުސާރައިގެ އޮނިގަނޑަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ޒުވާން އަދި ތައުލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑުތަނުން އިތުރުކުރުމަށް ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ހިމަނާފިއެވެ.
އެގޮތުން 2023 އިން 2028 އަށް ކުރުމަށް ހިމަނާފައިވާ ކަންތައްތައް ހިމެނޭ މި މެނިފެސްޓޯގައި ޒުވާނުންނަށް ހުރި ފުރުސަތުތަކާއި ކަންކަމަކީ މިއީއެވެ.
އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ކަމަށްވާ ޕޭޕެލް،
ޕެއޮނިއާ، ސްޓްރައިޕް، ސްކްރިލް އަދި ނެޓެއްލާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބުން ހަމަޖައްސައިދިނުން.
ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތައް ކަމުގައިވާ އެމޭޒަން، އީބޭ، ޝޮޕިފައި،
ޝޮޕީ އަދި ލަޒާޑާ ފަދަ ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސައިދިނުން.
ދުނިޔޭގައި މިހާރު ކުރިއަރަމުން އަންނަ އޮން-ޑިމާންޑް ވާރކްފޯސް ނުވަތަ ފްރީލާންސިންގ މާކެޓްތަކަށް ދިވެހި ޒުވާނުންނަށް
ފުރުޞަތު ތަނަވަސްކޮށް ދިނުމުގެގޮތުން، ފައިވަރ، އަޕްވާރކް، ފްރީލާންސަރ، ގުރޫ އަދި ޕީޕަލްއަވަރ ފަދަ ޕްލެޓްފޯމްތަކުގައި
ސެލަރ އެކައުންޓް ހުޅުވޭގޮތް ހަދައިދީ، މިޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދިނުން.
ހެއަރ އެންޑް ބިއުޓީ، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑްތައް، ކަސްޓަމަރ ސާރވިސް، ހައުސްކީޕިންގް އެންޑް ފްރަންޓް އޮފީސް،
ރިސޯޓުތަކުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވަޒީފާތައް، ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު
ހުރި ގިނަ ދާއިރާތަކެއް ‘ދިވެހީންނަށް ޚާއްޞަ’ މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ބިދޭސީން ދިވެހި
ޒުވާނުންނާ ވާދަކުރުމުގެ ފުރުޞަތު ބަންދުކުރުން.
ވަޒީފާއެއް އަދާކުރަން ބޭނުންވާ ކޮންމެ ދިވެހި ޒުވާނަކަށް، އެޒުވާނެއްގެ ތަޢުލީމާއި ތަޖުރިބާ އަދި ހުނަރާ އެކަށޭނަ، ރަނގަޅު
އާމްދަނީއެއް ލިބޭނެ މިންވަރަށް، 5 އަހަރުގެ ތެރޭގައި، ވަޒީފާގެ ބާޒާރު ފުޅާކުރުން.
ފެޝަން ޑިޒައިނިންގ، ކެއްކުން، އެނިމޭޝަން، އެކްޓިންގ އަދި ޑްރާމާ، ކުރެހުން، ގޭމް ޑިޒައިން ކުރުން، އާކިޓެކްޗަރ އަދި
މިއުޒިކް ފަދަ ޒުވާނުންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތައް ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ ފެންވަރުގެ ނަންހިނގާ އާރޓްސް ސްކޫލެއްގެ ފެކަލްޓީއެއް ރާއްޖޭގައި ޤާއިމުކުރުން.
މިއުޒިކް ކުޅުމަށާއި ސައުންޑް ރެކޯޑިންގގެ މަސައްކަތްތައް ކުރުމަށް މަގު ފަހިކޮށްދިނުމަށް، ޢާންމުކޮށް ބޭނުންކުރެވޭނެ ސައުންޑް ޕްރޫފް ޖޭމިންގ އަދި ރެކޯޑިންގ ސްޓޫޑިއޯތަކެއް ޤާއިމުކުރުން.
ނަފްސާނީގޮތުން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް 24 ގަޑިއިރު ޚިދުމަތްލިބޭނެ ނަފްސާނީ ކަންކަމާމެދު މަޝްވަރާ ކުރެވޭނެ އަދި އެހީ ހޯދޭނެ ޚާއްޞަ ހެލްޕްލައިނެއް ޤާއިމުކުރުމާއި، ޤައުމީ ފެންވަރުގައި ޞިއްޙީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ދެވޭ މިންވަރު ބޮޑުތަނުން އިތުރުކުރުމާ، ޚިދުމަތް ހޯދަންއެދޭ ފަރާތްތަކަށް ވެއިޓިންގލިސްޓެއްގައި މަޑުކުރަންޖެހޭ މުއްދަތު ބޮޑުތަނުން ކުޑަކުރުމާ، އަދި ސައިކޮލަޖިސްޓުންނާއި، ސައިކިއެޓްރިސްޓުންނާ، ކައުންސިލަރުންނާ، ތެރަޕިސްޓުންނާ، ސޯޝަލް ވާރކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ނިޒާމެއް ޤާއިމުކުރުން.
ނިމެމުންމިދާ ރިޔާސީ ދައުރުގައި ވެފައިވާ ރިޔާސީ ވައުދާއި ޚިލާފަށް، ރައްޔިތުންގެ އެއްގަމު އުޅަނދުފަހަރުގައި ޕާކިންގ(!)
ސްޓިކަރ ޖަހައިގެން ކޮށްފައިވާ ޖޫރިމަނާ މަޢާފުކޮށްދިނުން.
މާތްވެގެންވާ އިސްލާމްދީނާއި، ޤައުމިއްޔަތާ، ދިވެހިރާއްޖޭގެ ތާރީޚާ، ސަޤާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް، ސްކޫލުތަކުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ްޕރޮގްރާމްތަކެއް ހިންގުމާއި، ސިވިކްސް އެއީ ކިޔަވާދޭ މާއްދާއެއްގެ ގޮތުގައި މުޤައްރަރުގައި ހިމެނުން.
ކައުންސެލިންގ،ސޯޝަލްތެރަީޕ،ހިލޭސާބަހަށްމަސައްކަތްކުރުންއަދިސޯޝިއޮލޮޖީގެފަންނުތައްފަދަޤައުމީތަރައްޤީއަށް މުހިންމު އިޖުތިމާޢީ ދާއިރާތައް ދެނެގަނެ، އާ ޖީލުތަކުގެ ޒުވާނުން އެދާއިރާތަކުން ކުރިއަށް ދިއުމަށް ބާރުއެޅުމަށްޓަކައި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުން.
ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް އިތުރު ހިތްވަރެއްދީ އާ ފުރުޞަތުތައް ތަނަވަސްކޮށްދޭން، ޒަމާނީ އިންތިޒާމުތަކާއި ވަސީލަތްތައް އެކުލެވޭ ސަރަޙައްދީ ފެންވަރުގެ އާޓްސް ވިލެޖެއް ( ްޕރޮޑަކްޝަން ހައުސްއެއް) ރާއްޖޭގައި ޤާއިމުކުރުން.
ގޫގުލް، މައިކްރޯސޮފްޓް، އެމޭޒަން، އައި.ބީ.އެމް ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ސްޓޮކޮސް ރާއްޖޭގައި ތިބެގެން ދިވެހީންނަށް ގަނެ ވިއްކޭނެ މަގުފަހިކޮށްދިނުމުގެ އިތުރުން، ފޮރެކްސް ޓްރޭޑިންގް އާއި ކްރި ްޕޓޯ ކަރަންސީ ްޕލެޓްފޯމްތަކަށް ފަސޭހައިން އެކްސެސް ލިބި، އެ ްޕލެޓްފޯމްތައް ވެދުވެރިކޮށް ދިވެހީންނަށް ޓްރޭޑް ކުރެވޭނެގޮތް ހަމަޖައްސައިދިނުން.
ޞިއްޙީ ދާއިރާގެ ސިޔާސަތުތަކުގެ ތެރެއިން ދަރިމައިވުމުގެ ޞިއްޙަތާއި ގުޅުންހުރި މައްސަލަތަކަށާއި ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ފަރުވާދޭނެ ޒަމާނީ ފެންވަރުގެ ޚާއްޞަ ކްލިނިކްތަކެއް ހުރިހާ ހޮސްިޕޓަލެއްގައި ޤާއިމުކުރުން.
އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެ ާޕރޓްމަންޓް ހިމެނުން.
ސިޓީތަކުގައި ޒަމާނީ ލައިބްރަރީތަކެއް ޤާއިމުކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ރޫޙު ޒުވާން ޖީލުތަކުގައި އަށަގެންނެވުން.
ބިދޭސީން ގިނައިން ހަރަކާތްތެރިވަމުންދާ ސިނާއަތްތަކުގައި ދިވެހި ޒުވާނުން އިތުރަށް ފައިތިލަ ސާބިތުކުރަން
މަގުފަހިކޮށްދިނުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ޤާއިމުކުރުމަށް، ރަހުނަކާނުލާ ވިޔަފާރި ފެށުމަށް އިންކިއުބޭޓަރ ޚިދުމަތާއި، ދާއިރާގެ މާހިރުންގެ މެންޓޯރޝި ްޕ ލިބޭނެގޮތަށް ޤާއިމުކުރެވޭ، 500 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތަޢާރަފުކުރުން.
ކޮ ީޕރައިޓް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާއި އެޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ތެރެއިން، ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ފިކުރީ މުދާ ހިމާޔަތްކުރުން.
ތިން މަސް ދުވަހުގެ ސިފައިންގެ ކެޑޭޓް ތަމްރީން ްޕރޮގްރާމްތަކެއް، ޝައުޤުވެރިވާ ޒުވާނުންނަށް ހުޅުވާލެވިގެން، މެދުނުކެނޑި ކުރިއަށް ގެންގޮސް، ރިވެތި އަދި ހަރުދަނާ އިޖްތިމާއި އާދަތަކަކާއި ދިރިއުޅުމަށް މުހިންމު އިތުރު ހުނަރުތައް ލިބިފައިވާ މުރާލި، އަޚްލާޤް ރަނގަޅު އަދި ދުޅަހެޔޮ ޒުވާން ޖީލުތަކެއް ބިނާކުރުމަށް ބާރުއެޅުން.
ކުޅިވަރާއި ކަސްރަތުގެ ފަންނީ ހުނަރުވެރިކަން ރާއްޖޭގައި ފުޅާކުރުމަށްޓަކައި، އެ ދާއިރާތަކުން ޒުވާނުން ތަމްރީނާއި ތަޢުލީމު ޙާޞިލުކޮށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުޞަތު ތަނަވަސް ކުރުން.
ޤައުމީ އެތުލީޓުންގެ މުސާރަ ބޮޑުކުރުމާއެކު އެ އެތުލީޓުންގެ ޤައުމީ ޚިދުމަތުގެ އަގު ދެމެހެެްޓެނިވި ގޮތެއްގައި ވަޒަން ކުރެވޭނެ ހަރުދަނާ އިންތިޒާމެއް ގާއިމު ކުރުމަށްޓަކައި ހާއްސަ އިންސެންޓިވްސް ސްކީމެއް ތައާރަފު ކުރުން.



