- Advertisement -ad image

ސިނަމާލެ ބްރިޖަށް ފަސް އަހަރު، ވަރުގަދަ އިޖުތިމާއީ އިންގިލާބެއް ގެނައި ފާލަމެއް!

ad image

ގުޅުންހުރި ލިޔުންތައް


ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ތާރީހުގައި އެންމެ ވަރުގަދަ އިންގިލާބެއް ގެނައި ފާލަމެވެ.

2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ސިނަމާލެ ބްރިޖް ހުޅުވިގެން މިއަދާ ހަމައަށް އައި އިރު މި ފާލަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި އިގްތިސާދީ އިޖުތިމާއީ އެތައް ކުރިއެރުމަކާއި ފަސޭހައެއް ލިބިގެންދިޔައެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވުމުން ފެރީގައި ދަތުރުކޮށްފައި މާލެ އަންނަ އައުން ނިމުމަކަށް ގެނުވީ ސިނަމާލެ ބްރިޖްގެ ސަބަބުންނެވެ. ސައިކަލުތަކުގައި ދިގު ކިއު ހަދާއިގެން ފެރީ ޓާރމިނަލްގައި ތިބެން ޖެހުނު ދުވަސް މާޒީވެގެން ދިޔައީ ސިނަމާލެ ބްރިޖުގެ ސަބަބުންނެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ކުރި ޓުވީޓެއްގައި ބުނީ މީގެ 10 އަހަރު ކުރިން ހަދަންފެށި ސިނަމާލެ ބްރިޖުގެ ސަބަބުން ދިވެހިންގެ ދިރިއުޅުަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވި ކަމަށެވެ. އަދި މިއީ ޗައިނާއާއި ރާއްޖޭ ގުޅުން ފެނިގެންދާ ރަމުޒީ ހެއްކެއް ކަމަށެވެ.
މި ބުރިޖާއި ގުޅިގެން މީގެކުރިން ޗައިނާ ސަފީރު ވިދާޅުވީ، ސިނަމާލެ ބުރިޖަކީ ދެގައުމުގެ އެކުވެރިކަމުގެ ރަމްޒެއް ކަމަށާއި އާއްމުންނަށް ބްރިޖު ހުޅުވާލި ފަހުން މިއަދާ ހަމައަށް 100 މިލިއަން ދަތުރު ބްރިޖު މަތިން ކޮށްފައިވާ ކަމަށެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒަކީ މީގެ ދިހަ އަހަރު ކުރިން ސިނަމާލެ ބްރިޖު ވުޖޫދުވެގެން އައިއިރު ހައުންސިން މިނިސްޓަރަކަށް ހުންނެވި ބޭފުޅާއެވެ. މިއަދު ދިވެހިންނަށް ބްރިޖެއްގެ ފަސޭހަކަން ރައްޔިތުންނަށް ފެނުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ޑރ މުއިއްޒުގެއެވެ.


ކުރިއަށް 2023 ގެ ރިޔާސީ އިންތިހާބު އޮތްއިރު ވޯޓު ދިނުމުގައި ރައްޔިތުން ވިސްނަންވީ ތަރައްގީ ގެނެވޭނީ މިހާތަނަށް ތަރައްގީ ލިބުނީ ކޮން ވެރިކަމެއްގައިތޯ އެވެ. ރައްޔިތުންގެ ނިންމުމުގެ ސަބަބުން ގައުމުގެ މުސްތަގުބަލާ ކުރިމަގަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ