މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެ އެތައް ވައުދެއް އެބައޮތެވެ.
މެނިފެސްޓޯގައި ހުރި ވައުދުތައް:
ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކަށް ހުޅުވާލެވޭ، ވަކި މިންގަނޑުތަކެއް ފުރިހަމަކުރުމުން ދެވޭ ޤައުމީ ފެންވަރުގެ
‘ހަމަހަމަކަން ކަށަވަރު’ ނިޝާން ތަޢާރަފުކުރުން.
އެއްވަރުގެ މަސައްކަތްތަކަށް އެއް މިންވަރެއްގެ ފުރުޞަތުތަކަކާއި އެއްހަމައެއްގެ އުޖޫރައެއް، ދެޖިންސުގެ ދެމެދުގައި
ތަފާތުކުރުމެއް ނެތި، ލިބުމަކީ ޤާނޫނީ ޙައްޤަކަށް ވުމުގެއިތުރުން ހުރިހާ ދާއިރާއެއްގައިވެސް ތަންފީޒު ކުރެވެމުންދާ އުޞޫލެއްކަން
ކަށަވަރު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން.
ސިވިލް ސާރވިސްގައި، ވެރިންގެ ފެންވަރުގެ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުކުރުން.
ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން އިތުރު ކުރުމާއެކު، އަންހެން މުވައްޒަފުންނަށް ބޭނުންވާ
ރައްކާތެރި، ޤަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާޙައުލެއް ކަށަވަރު ކޮށްދިނުމަށް ޤާނޫނީ އޮނިގަނޑަށް އިޞްލާޙު ގެނައުން.
އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމަށްޓަކައި ލުއި ލޯނު ދޫކުރުމަށް 100 މިލިއަން ރުފިޔާގެ ޚާއްޞަ
ސްކީމެއް ތަޢާރަފުކުރުން.
އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގުފަހިކުރުމަށްޓަކައި ހުޅުމާލެއިން ޚާއްޞަ ސަރަޙައްދެއް އެކަމަށް
އެކަށައަޅާ، އެތަނުގައި އަންހެން އުފެއްދުންތެރިން ވިޔަފާރިކުރުމަށް ކުޑަ ކުލިތަކެއް އަދި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން.
އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި، އެކަމަށް އިތުރަށް އިންވެސްޓްކުރުމާއި، ތަޢުލީމާތި ތަމްރީނު ދިނުމާއި، އެދާއިރާތަކުން ވިޔަފާރިތައް އިތުރުކުރުމާއި، މަތީ ސާނަވީ
މަންހަޖުގައި އެދާއިރާތަކަށް އިތުރު ސަމާލުކަންދީ، އެދާއިރާތަކުން ކުރިއަށްދާ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި، ވިމެން އިން ޓެކްނޮލޮޖީ (ވިޓް) ގެ ނަމުގައި ޤައުމީ ހަރަކާތެއް ހިންގުން.
މެމޮގްރަފީގެ ޚިދުމަތާ ޕެޕްސްމިއަރގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމުކުރުމަށް ބޭނުންވާ ބަދަލުތައް ހޮސްޕިޓަލުތަކަށް ގެނައުމުގެ އިތުރުން، އެކަމަށްބޭނުންވާ މެޝިނަރީ ހޯދުމާއި، ޚިދުމަތްތެރިން ތަމްރީނުކުރުން.
އެންޑޮމެޓްރިއޯސިސް އަދި ޕީ.ސީ.އޯ.އެސް ފަދަ އަންހެނުންނަށް ދިމާވާ ޞިއްޙީ މައްސަލަތައް އަވަހަށް ދެނެގަނެ، ޚާއްޞަ ފަރުވާ ހޯދުމުގައި އާސަންދަ ހަމަޖެއްސުން.
ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ޚަރަދު ދިނުމަށް ކުރެވޭ ޙުކުމްތައް ތަންފީޒުވުމުގައި ހުރި ދަތިތަކަށް ފުރިހަމަ ޙައްލެއް ހޯދުމަށްޓަކައި އެޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، ޚަރަދު ދިނުމުގައި ޙުކުމާ އެއްގޮތަށް ކަން ނުކުރާ ފަރާތްތަކަށް
ބޮޑެތި ޖަލު ޙުކުމާ ހަމައަށް އަދަބު އިތުރުކޮށް، ޚަރަދު ހޯދަން ބައެއް ފަރާތްތަކުން މިހާރު އުފުލަމުންދާ ބުރައަށް ދާއިމީ ޙައްލެއް ހޯދައިދިނުން.
ލީސިންގ ފައިނޭންސްގެ ގޮތުގައި ފައިސާ ހޯދަން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް
ހަމަޖައްސައިދިނުން.
އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އަދި އެފަދަ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި، އޯގާވެރިކަމާ،(!)
ރައްކާތެރިކަމާ، އިންސާފު ކަށަވަރު ކުރުމަށްޓަކައި އާ ޤައުމީ މަރުކަޒީ އިދާރާއެއް ޤާއިމުކުރުން.
ޤައުމީ އެތުލީޓުންނަށް ދެވޭ މުސާރައާއި ތަމްރީނާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ތަނަވަސްކުރުމުގައި، ދެ ޖިންސުގެ ހުރިހާ ޤައުމީ އެތުލީޓުންނަށް ހަމަހަމަ ފުރުޞަތު ލިބޭނެ މަގު ތަނަވަސް ކުރުން.
އަންހެނުންނަށް ޚާއްޞަ ލީޑަރޝި ްޕ ްޕރޮގްރާމްތަކެއް މުޅި ރާއްޖޭގައި ހިންގާ، އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަމަށް މުޅި މުޖްތަމައު ހޭލުންތެރިކުރުވާ، ހިންގުމުގެ ދާއިރާގައި އަންހެނުންގެ ޙިއްޞާ އަދި ބައިވެރިވުން އަބަދުވެސް ފުރިހަމައަށް އޮންނާނެ ހިސާބަކަށް ޤައުމުގެ ކަންކަން ތަރުތީބުކުރުން.
އިޖުތިމާޢީ ޢަދާލާތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައި ވެސް އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމަނައި، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގޮތުގައި ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުން.
ރޯމަހާއި މަހުން އުފައްދާ އެކި ބާވަތްތައް ވިއްކޭނެ ޚާއްޞަ އޮންލައިން ްޕލެޓްފޯމެއް، އަންހެން އަދި ޒުވާން ވިޔަފާރިވެރިންގެ ފައިދާއަށްޓަކައި، ޤާއިމުކުރުން.
ރާއްޖޭގައި ހައްދާ ބާވަތްތައް މާކެޓްކޮށް، ގަނެ ވިއްކުމަށް، އަންހެނުންނަށް ޚާއްޞަކުރެވިގެން، ޤައުމީ ނިޒާމެއް ޤާއިމުކުރުން.
ސިވިލް ސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ޒުވާން އަދި ތަޢުލީމީ މުވައްޒަފުންނަށް ލިބޭ
މުސާރަ ބޮޑުތަނުން އިތުރުކުރުން.
ބައިގެންދިއުމުގެ ހިތާމަވެރިކަމާ ކުރިމަތިލާންޖެހޭ އަންހެން މުވައްޒަފުންނަށް، މުސާރަ ލިބޭ ގޮތަށް އެކަށޭނަ މުއްދަތެއްގެ އިތުރު
ޗުއްޓީއެއް ލިބޭގޮތަށް ޤާނޫނީ އުސޫލެއް ހަމަޖެއްސުން.
މާބަނޑު މީހުންނާއި ކުޑަކުދީންނަށް ޚާއްޞަ ހޮސް ިޕޓަލެއް ޤާއިމުކުރުން.
ތުއްތު ކުދީން ބަލަހައްޓަމުންދާ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ދެވޭ ޚިދުމަތެއްގެ ގޮތުގައި، އަމިއްލަ ފަރާތްތަކުން
ހިންގަމުންދާ ކުޑަކުދީން ބަލަހައްޓާ ޑޭ-ކެއާރ ސެންޓަރުތަކަށް، ޚިދުމަތް ރަނގަޅުކުރުމާއި ފުޅާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަބްސިޑީއެއް ކަނޑައެޅުން.
ސަރުކާރު ހޮސް ިޕޓަލުތަކަށް ޑޮކްޓަރަށްދެއްކުމަށާ ވިހެއުމަށްދާ މާބަނޑު އަންހެނުންނަށް ޚާއްޞަކުރެވިގެން މަޑުކޮށްލާނެ ‘މެޓާނިޓީ ވެއިޓިންގ ހޯމްސް’ ހުރިހާ ހޮސް ިޕޓަލެއްގައި ޤާއިމުކުރުން.
އުމުރުން ދުވަސް ވަމުންދާ އަންހެނުންނަށް ޚާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުން.
ފާހަގަކުރެވޭ ސަރަޙައްދުތަކެއް އަދި ރަށްތަކެއްގައި އިތުރު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުން، އަދި
އަންހެނުންނަށް ޚާއްޞަ ކުރެވިގެން އެތަންތަނުގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
ހެއަރ އެންޑް ބިއުޓީ، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑްތައް، ކަސްޓަމަރ ސާރވިސް، ހައުސްކީ ިޕންގް އެންޑް ފްރަންޓް އޮފީސް، ރިސޯޓުތަކުގެ ހިއުމަން ރިސޯސް ޑި ާޕޓްމަންޓުގެ ވަޒީފާތައް، ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް ‘ދިވެހީންނަށް ޚާއްޞަ’ މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ދިވެހި ޒުވާނުންނާ ވާދަކޮށް
ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވުން.