- Advertisement -ad image

ޝެއިހު ޝަފީއު ވިދާޅުވެ ދެއްވީ އަސްލު އަނިޔާވެރިކަމަކީ ކޮބައިކަން؟

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް އެންޓިކެމްޕެއިން ކުރުމުގެ ގޮތުން އިދިކޮޅު ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ބޮލުގައި އެކި ތުހުމަތުތައް އަޅުވާ އެމަނިކުފާނަކީ އަނިޔާވެރިއެއް ކަން ދައްކަން މި ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަމަވެސް އަސްލު އަނިޔާވެރިކަމަކީ ކޮބައިކަން ޝެއިހު ސަފީއުއަބްދުالله ވަނީ ކިޔައިދެއްވާފައެވެ.
ޝެއިހު ޝަފީއު ވިދާޅުވިގޮތުގައި އަސްލު އަނިޔާވެރި ކަމަކީ،

‏ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް އިންޑިއާގެ މޯދީ ސަރުކާރުން ހިންގި ބިރުވެރި އަދި ނުބައި ޖަރީމާތަކާ ދެކޮޅަށް ޕާކިސްތާނުން އޯރގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަންގެ ޖަލްސާއަށް ހުށައެޅި ހުށައެޅުމާ ގުޅިގެން، މުސްލިމު ޤައުމުތަކުގެ މަޖިލިހެއްގައި މުސްލިމުންނާ ދެކޮޅަށް ވަކާލާތުކޮށް، ކަޝްމީރުގެ ނިކަމެތި ރައްޔިތުންގެ ޙައްޤުތަކަށް ފައިން އަރައި، އިސްލާމީ އުޚުއްވަތްތެރި ޤައުމެއް ކަމަށްވާ ޕާކިސްތާނަށް ޖެއްސުން ކޮށް، ބީޖޭޕީ އާއި މޯދީ ދިފާޢު ކުރުމެވެ.

‏ދިވެހި ޤައުމުގެ މަޞްލަޙަތާއި ޙައްޤުތަކަށް އަދި ދިވެހި ރައްޔިތުންގެ މަޞްލަޙަތުތަކާއި ޙައްޤުތަކަށް ގެއްލުން ލިބޭނޭ އެއްބަސްވުންތަކުގައި ސިއްރިޔާތުގައި ސޮއިކޮށް، ރައްޔިތުންނަށް އެ އެއްބަސްވުންތައް ސިއްރު ކޮށް ފޮރުވުމެވެ.

‏ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި ޤައުމީ ސަލާމަތް ޤުރުބާންކޮށް، ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތައް ކުރެހުމުގެ ފުރުޞަތު ބޭރުގެ ބާރަކަށް ދީ، ރާއްޖޭގެ ކަނޑުތަކުގެ ހައިޑްރޯގްރަފިކް މަޢުލޫމާތާއި ކަނޑުއަޑީގެ ޖިއޮލޮޖިކަލް އަދި އެހެނިހެން މަޢުލޫމާތު ބޭރުގެ ބަޔަކަށް ހިތަކަށް ދިނުމެވެ.

‏ދިވެހިރާއްޖޭގެ ދެކުނު ކަނޑުން ބައެއް، ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފަށް، ކަން ކުރި ގޮތުގެ ޙަޤީޤަތް ރައްޔިތުންނަށް އެއްވެސް ސިފައެއްގައި އެންގުމެއް ނެތި، ދެފުށް ފެންނަ ގޮތަށް އެއްވެސް ކަމެއް ކުރުމެއް ނެތި، ސިއްރު ސިޓީއެއްގެ ވަސީލަތުން މޮރިޝަސްއަށް ދޫކުރުމެވެ.

‏ފޯޅަވައްސަކީ ދިވެހީންނަށް ލިބުން ޙައްޤު، މާޟީގައި ދިވެހި ރަސްކަމުގެ ފަރާތުން ދިވެހީންގެ ތަނެއް ކަމުގައި ކަނޑައެޅި ކަނޑައެޅުމެއް އޮއްވައި، އެތަން ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރުމުގެ އިތުރުން، ރައްޔިތުންގެ ގާތުގައި ހޭ ވެސް އަހައިނުލައި ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް ދިވެހި ރައްޔިތުންގެ ނަމުގައި ބުނެ އެތަނުގެ މިލްކުވެރިކަމާއި މަންފާއިން އަބަދަށް ޓަކައި ދިވެހީން މަޙުރޫމު ކުރުމެވެ.

‏ދިވެހިރާއްޖޭގައި ޤައުމު ދެކެ ލޯބިވާ، ޢިލްމުވެރި، އަޚްލާޤު ރަނގަޅު އަދި ޤާބިލު އެތައް ބަޔަކު ތިއްބައި، ޤާނޫނުއަސާސީއަށް ފައިން އަރައި ދިވެހި ސިފައިންނަކީ ފިނޑި ފިނދަނަތަކެއް ކަމަށް ސިފަކޮށް އިންޑިއާ ބޭނުން ވަގުތަކު އަރައި ދިވެހިރާއްޖެ ހިފިދާނެ ބުނި މާރިޔާ ދީދީ ޑިފެންސް މިނިސްޓަރަކަށް ހަދައި އެ މަޤާމުގައި ބެހެއްޓުމެވެ.

‏ދަރަނި ނެގުމާ ދެކޮޅޭ ކިޔައި، ކުރީ ސަރުކާރަށް އެއްޗެތި ގޮވަމުން، ދަރަނިވެރި ނުކުރުވާނެކަމުގެ ވަޢުދު ވަމުން ވެރިކަމަށް އައިސް، ކުރީގެ ހަތަރު ސަރުކާރުން 40 އަހަރުގެ ތެރޭގައި ނުނަގާ ވަރަށް ދަރަނި ނަގައި، ޤައުމު ދެރުވުމެވެ.

‏ރައީސް ޔާމީނުގެ ވެރިކަމުގައި އުފެއްދި 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު ޢަދަދެއް ރައްކާ ކޮށްފައި ހުރި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާ މާރު ކޮށް، ފަންޑުގައި ހުރި ފައިސާ ތަޅައިބުރުވައި ހުސްކުރުމެވެ.

‏ދިވެހިރާއްޖޭގެ މާލިއްޔަތާއި އިޤްތިޞާދު މެނޭޖްކުރާން ނޭނގި، ދައުލަތުގެ މާލިއްޔަތު ހުސްކޮށް ދައުލަތް ބަނގުރޫޓުވާ ހިސާބަށް ދިޔުމުން، ރާއްޖޭގެ ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު ބޮޑުވެ، އާޚިރުގައި ހައިޕަރ-އިންފްލޭޝަނުގެ ޙާލަތެއް އުފެދުމަށް މަގުފަހި ވާނޭ ބީދައިން ތަކުރާރުކޮށް އެތައް ބިލިއަނަކުން ފައިސާ ޗާޕުކުރުމެވެ.

‏ފަނޑިޔާރުގެ މިނިވަންކުރުމަށް ޓަކައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެކުލެވުން ބަދަލު ކޮށް، އެ ތަނުގައި ސިޔާސީ މީހުން ނުތިބޭ ގޮތަށް ޤާނޫނުއަސާސީ އިޞްލާޙު ކުރާނެ ކަމަށް ރައްޔިތުންނަށް ވަޢުދުވުމަށް ފަހު، އެ ވަޢުދު އުވައިލައި، ޖޭއެސްސީ އިޞްލާޙު ނުކޮށް، ފަނޑިޔާރުގެއަށް އަތް ބޭނުމަށް ބޭނުން ކުރާ ހަތިޔާރަކަށް ޖޭއެސްސީ ހެދުމެވެ.

‏ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލައިގެން، މިނިވަން ފަނޑިޔާރުގޭގެ ނިޒާމު “އެމްޑީޕީގެ ހަރުގެއެއްގެ” ގޮތުގައި ސިފަ ކުރެވޭ ޖޭއެސްސީގެ ދަށަށް ގެންގޮސް، ފަނޑިޔާރުގޭގެ އިދާރީ ނިޒާމު ޖޭއެސްސީގެ އަމުރުގެ ދަށަށް ލައި، ކޯޓުތަކުގެ ހިންގުން ހުއްޓުވުމެވެ.

“ފަނޑިޔާރުގެ އިޞްލާޙު ކުރުން” ކަމުގައި ބުނެ އެމްޑީޕީގެ މުށުތެރެޔަށް ބޮޑެތި ކޯޓުތައް ގެންގޮސް، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ބެންޗުތަކުގެ އަޣްލަބިއްޔަތަކީ އިސްލާމީ ޝަރީޢަތް އެއްގޮތަކަށް ވެސް ނުދަންނަ، ޤާނޫނުއަސާސީ ބުނާ ގޮތަށް އިސްލާމީ ޝަރީޢަތަކީ ޤާނޫނުގެ މަޞްދަރެއް ކަމުގައި ބަލައިގެން މައްސަލަތައް ބެލުމުގައި އިސްލާމީ ޝަރީޢަތަށް ރިޢާޔަތް ކުރުމުގެ ޢިލްމީ ޤާބިލުކަން ނެތް ފަނޑިޔާރުން ކަމުގައި ހެދުމެވެ.

‏ދިވެހި ދައުލަތުގެ ޤާނޫނީ މުއައްސަސާއެއް ކަމުގައިވާ ފަތުވާ މަޖިލިހުން، އަންހެނުން ފަނޑިޔާރުކަމަށް ލުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެފައި ވަނިކޮށް، އެ ފަތުވާ އާއި އެ މުއައްސަސާއަށް ކުޅު ޖަހައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އިސްލާމްދީނާއި އެ ދީނުގެ ޝަރީޢަތަށް ރިޢާޔަތް ކުރުމުގެ ޤާބިލުކަމެއް ނެތް ދެ އަންހެނުން އައްޔަން ކުރި ކުރުމެވެ.

‏ދިވެހިރާއްޖެއަށް ޒިޔާރަތް ކުރި ކެންޔާގެ އަންހެން ކުއްޖާއަށް ޢަދުލުއިންޞާފު ލިބުމުގެ ދޮރުތައް ނުފޫޒުގެ ބާރުގައި ބަންދު ކޮށް، ޖިނާއީ ޢަދުލުގެ ނިޒާމު ވާކޮށް، އެ ކުއްޖާ ރާއްޖެއިން ފިލައިގެން ދާން މަޖުބޫރު ކުރި ކުރުމާ އެކު، ޢަދުލުއިންޞާފުގައި ދިވެހިރާއްޖެއަކީ ޞަދޫމުގެ ދަރަޖައަށް ވެއްޓިފައިވާ ޤައުމެއްކަމަށް ބޭރު ދުނިޔެއަށް ދައްކައިދީ، އަނިޔާ ލިބޭ ބިދޭސީއަކަށް ޙުރުމަތެއް އަދި ޙައްޤެއް ނެތް ޤައުމެއްގެ ހުތުރު ލޭބަލް ދުނިޔޭގެ ކުރިމަތީގައި ދިވެހީންގެ ނިތްކުރީގައި ޖެހުމެވެ.

‏ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދިވެހި ރައްޔިތުން ނުހަނު ނިކަމެތި ވީ ދަނޑިވަޅެއްގައި، ދިވެހި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށް ޓަކައި ވެންޓިލޭޓަރުތަކެއް ގަތުމަށް ކުރި މުޢާމަލާތުގެ ތެރޭގައި ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށް ކޮރަޕްޝަން ހިންގައި، އެކަން ކުރި މީހުންނަށް ޤާނޫނަށް ފިލައިގެން އެ ބަޔަކު ދާނޭ ތަނަކަށް ދާން ފުރުޞަތު ދިނުމެވެ.

‏އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން މަންފާ ލިބުނު 270 ވަރަކަށް މީހުން ތިބި ކަމަށް ފުލުހުން ކުރި ޖިނާއީ ތަޙްޤީޤުތަކުގެ ތެރެއިން އެނގިފައި ވާއިރު، އޭގެ ތެރެއިން އެންމެ މީހަކަށް ދަޢުވާކޮށް، އެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ނުވަތަ އެ ކަމުން ފައިދާ ލިބިގަތްކަމަށް ތުހުމަތު ކުރެވޭ އެހެން އެންމެން ދޫކޮށްލުމެވެ.

‏މާލެއާއި ތިލަފުށްޓާ ދެމެދު ބްރިޖެއް އެޅުމުގެ ނަމުގައި، ސިނަމާލެ ބްރިޖަށް ހޭދަ ވި ވަރަށް ވުރެ އެތައް ތަނެއް ބޮޑު ޢަދަދަކުން ލޯނު ނަގައިގެން، 5 އަހަރު ވީ އިރު ވެސް އެ ބްރިޖް ނޭޅި، ދިވެހީން ދަރަނިވެރިކުރުވުމެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނިޔާވެރިކަން ސާބިތުކޮށްދޭ 30 ކަމެއް ޝެއިހު ޝަފީހު ވިދާޅުވެ ދެއްވި އިރު މިއީ މުޅިންވެސް މި ވޭތުވެދާ ފަސް އަހަރުގެ ތެރޭގައި ހިނގާފައިވާ ކަންކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ