- Advertisement -ad image

3 ދަރިން ގޮވައިގެން އެއް ކޮޓަރީގައި އުޅޭތާ 10 އަހަރުވީ، އެކަމަކު ލިބުނީ 66 ޕޮއިންޓް!

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު 4000 މީހުންގެ ދާއިމީ ލިސްޓް މިއަދު އިއުލާނު ކުރުމުން ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފިއެވެ.
އެގޮތުން ގިނަ ބަޔަކު ޝަކުވާ ކުރަމުންދަނީ ފްލެޓްތައް ދޭން ޕޮއިންޓް ދީފައިވާ އުސޫލާ ގުޅިގެންނެވެ. ހިރާސް އާއި ވާހަކަ ދެއްކި ގިނަ މީހުން ބުނީ ފްލެޓްތައް ބަހާލާފައިވަނީ އެއްވެސް އުސޫލެއް ހަމައެއްލަމައެއް ނެތި ކަމަށެވެ.
“ އަހަރުމެން ދެމަފިރިން މިއުޅެނީ 3 ކުދިން ގޮވައިގެން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގައި. ވަރަށް އުއްމީދާ އެއްކޮށް ފްލެޓަށްލީ. އެކަމަކު ލިބުނީ 70 ޕޮއިންޓް. ދިރިއުޅުމުގެ ހާލަތު ބަލަން އަހަރުމެން ކައިރިއަކަށް ނާދޭ. ނުވެސްގުޅާ “ ހިރާސް އާއި ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެހެންމީހަކު ބުނި ގޮތުގައި އޭނާ މާލޭގައި އުޅޭތާ އެކާވީސް އަހަރުވެއްޖެއެވެ. އެކަމަކު ލިބުނީ އެންމެ 30 ޕޮއިންޓެވެ.
“ 2002 ވަނަ އަހަރު އޯލެވެލް ނިންމާފައި މާލެ އައިގޮތަށް މި ދިރިއުޅެނީ މާލޭގައި. އެއް ގޭގައި އުޅެފައި މުދާކޮޅު އޮޅައިލައިގެން ގޮސް އަނެއް ގެއަށް މިބަދަލުވަނީ. މިސަރުކާރުގެވެސް ފްލެޓަށް ވަރަށް އެޕްލައިކޮށްގެން ތެޔޮލައިގެން ހުއްޓާ ފުރަތަމަ ނެރުނު ލިސްޓުން ޝަރުތުހަމަވާ ކަމަށް ޖަހާފައި އެބައިން. ފަހުން އަނެއްކާ ޕޯޓަލްގައިވެސް ފްލެޓްލިބޭ ކަމަށް ޖަހާފައި އެބައިން. ވަރަށް އުފަލުން ދަތްޕިލާ ސޭލު އަޅުވައިގެން ހުއްޓާ މިއަދު ލިސްޓް ނެރުނު އިރު ލިބުނީ އެންމެ 30 ޕޮއިންޓް. ދުވަހަކު މާލޭގައި ދިރިއުޅެފައި ނެތް މީހުންނަށްވެސް 90 ޕޮއިންޓް ލިބިގެން ފްލެޓް ލިބިފައި އެބަހުރި. މިވާގޮތެއް ނޭންގެ “ އެމީހާ ބުންޏެވެ.

ހިރާސް އާއި ވާހަކަ ދެއްކި ފިރިހެނަކު ބުނީ އޭނާ މާލޭގައި ދިރިއުޅޭތާ 17 އަހަރު ވެއްޖެ ކަމަށެވެ. ދެފިރިހެން ކުދިންނާ، އަންހެނުންނާއެކު ދިރިއުޅެނީ އެއް ކޮޓަރީގައެވެ.
“ ފްލެޓަށްލީ ވަރަށް ފޮނި އުއްމީދެއްގައި. ހިޔާ ފްލެޓްވެސް ލިބުނު ކަނުގެ ލިޔުންދީފައި އޮތްވާ މި ސަރުކާރު އައިސް އަތުލީ. މިފަހަރު ދެން އެހެން ނުވާނެ ކަމަށް ބަލައިގެން ހުރީ ހުއްޓާ މި ލިބުނީ 66 ޕޮއިންޓް “ އޭނާ ބުންޏެވެ.

މިއަދު އިއުލާނު ކުރި ލިސްޓުން 2 ކޮޓަރީގެ ފްލެޓް ދެނީ 73 ޕޮއިންޓަށްވުރެ ގިނައިން ލިބުނު މީހުންނަށެވެ. އަދި 3 ކޮޓަރީގެ ފްލެޓް ދެނީ 76 ޕޮއިންޓަށްވުރެ ގިނައިން ލިބުނު މީހުންނަށެވެ.

ގުޅުންހުރި ލިޔުންތައް

4 ޚިޔާލު

  1. މާލެއަށް އުފަން ތިންދަރިން އެބަތިބި އަންހެނުން ގޭގަ އިނީ 207އަކަފޫޓު އޭނަޔަށް އަޅުގަނޑު މާލޭ އުޅޭތާ 35އަހަރު އެއްވެސް ތާކު ގެދޮރެއް ނެތް ލިބުނީ 47 ޕޮއިންޓް މީތިސަޅިދޯ ..ބާކީ އަދި 13 ދުވަސް އެބައޮތްދޯ

  2. އަންބޮނޑިއަށް ބައިއަޅާފަ ދޯ އެހެން މީހަކަށް އެއްޗެއް ދެވޭވަރު ވާނީ. މަ ދަންނަ، އެމީހުންގެ ރަށްރަށުގަ ދިރިއުޅޭ ކިތަންމެ މީހަކަށް އެބަހުރި ދީފަ، ފަހުން ހިޔާ ފްލެޓުން މީސްމީހުން އަތުން އަތުލި ފްލެޓްތައްވެސް. ދަންނަ، ހައްގުވާ ކިތަންމެ މީހަކު އަތުން އަތުވެސްލާފަ ހުރީ.

  3. ފަސްކުދީންނާއި އެއްކޮ ކޮޓަރިގަނޑެއްގައި އުޅޭތާ ތިރީސްފަސްއަހަރު ލިބުނީ ފަންސާސްޕޮއިންޓު މީއަރަތެއް ނޫން

  4. މާލޭގައި ދިރިއުޅޭތާ 25 އަހަރު ލިބުނީ 68 ޕޮއިންޓް. މިދިޔަ އަހަރު މާލެ ބަދަލުވީ މީހަކަށް 89 ޕޮއިންޓް. ޗޯރު ބޮޑު ވަގު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ