- Advertisement -ad image

އަހަރުމެންމީ ‘އެ ތުންމަތިން މިތުންމަތިން ހާރުތަވާ ފިޔަންމަތިން ހެނދުނުންކާން’ ނިޔަތްގަނެ ރޯދަ ހިފި ޖީލު!

ad image

ގުޅުންހުރި ލިޔުންތައް


އެއީ ޖީލެކެވެ. މިދައްކަނީ 2000ގެ ކުރީ އަހަރުތަކުގައި އުފަންވެގެން ބޮޑުވި ޖީލުތަކުގެ ވާހަކައެވެ. އާދަޔާ ހިލާފު ތަރުބިއްޔަތަކާއި އެންމެ ޅައުމުރުގައިވެސް އެތައް ޒިންމާއެއް ކޮނޑުގައި އަޅައިގެން އުމުރަށްވުރެ ދޮށީވެގެން ބޮޑުވި ޖީލެވެ. މަންމަ އެކި މަސައްކަތުގައި އަވަދިނެތި އުޅޭއިރު ދެން ކުޑައަށް ތިބޭ ކޮއްކޮމެންގެ ކަންތައް ކޮށްދީ އެތައްކަމެއް އަމިއްލައަށް ދަސްކުރި ޖީލުގެ މީހުންނެވެ.
ކާށިމެޓަލާއި ގެރިމެޓަލާއި އަދި ޖެލީގެ އިތުރުން ދިރިމެޓާ އެއީ އެންމެ އަގުބޮޑު ހަދިޔާތައް ކަމަށް ގަބޫލުކުރި ބަސްއަހާ އުފާވެރި ޖީލެއްގެ ކުދިންތަކެކެވެ.
ހުކުރު ހޮނިހިރު ދުވަހު ނޫނީ މޫދަށް ނޭރުމާއި ރޭގަނޑު ދިހައެއްގެ ފަހުން ބެލެނިވެރިއަކާ އެކު ނޫނީ ބޭރަށް ނުނިކުމެ ނަމޫނާ ސްކޫލް ދަރިވަރުންތަކެއްގެ ގޮތުގައި ބޮޑުވި ޖީލެވެ. ޓީޗަރުންނާއި މުދައްރިސުންނަށް އިހުތިރާމުދީ މާގިނައިރު މޫދުގައި އުޅެފިނަމަ އިލޮށިފަތީގެ ފަންވަރު ދައްކައިލާގެން މައިތިރި ކުރި ޒަމާނުގެ ޖީލެވެ.
ކްލާސްކުދިންގެ ގޭގެއަށް ގޮސް ފަތިސްނަމާދަށް ދާން ގޮވާ ކުދިން ނަގައިގެންފަތިސްނަމާދަށް ދިޔަ ލޮބުވެތި ކުދިބައެކެވެ. ގަސްގަހުން ވެއްޓޭ މޭވާ ހޮވާ އެއްކުރުން އެއީ އެންމެ މަޖާ އެއް ކަންތަކެވެ. އެންމެ ގިނަ ކުށްނާރު ހޮވާ ރޯދަ ވީއްލާ ގަޑިއަށް މިކަހަލަ އެއްތައް އެއްޗިއްސެއް އެއްކޮށްގެން ބަންގި ގޮވަންވާއިރަށް ރެޑީގައި ތިބި ޖީލުގެ އުފާވެރި ކުދިންނެވެ.
އެތުންމަތިން މިތުންމަތިން ހާރުތަވާ ފިޔަން މަތިން ނިޔަތް ކިޔައިގެން ރޯދަ ހިފި ޖީލުގެ ކިޔަމަންތެރިންނެވެ.

އަހަރުމެންނަކީ ދޮންދޫނި މޫސުމުގައި ކިރު އިލޮށި ހިފައިގެން ނިކުމެ އެންމެ ގިނަ ދޫނި ހިފޭ މީހަކު ބެލި ޖީލެވެ. ގޭގެ ބިއްދޮށުގައި ގެ ކުރަހައިގެން ޕަޗަސް ކުޅެ ކުދިގެ ހަދައިގެން ހުރިހާ އެކުވެރިން އެއްކޮށް ނިދައި މަޖާކުރި ޖީލުގެ އުފާވެރި ދަރިންނެވެ.

އަހަރުމެން ބޮޑުވީ ފަގީރުންނާއި މުއްސަނދިންގެ ތަފާތު ބޮޑުކަން ވިސްނައިދިން ޖީލެއްގެ ތެރެއިންނެވެ.
އެއީ ދޭދޭ މީހުންގެ ޒުވާބާ އާއިލީ ކޯޅުންތަކާއި އަވަށްޓެރިންގެ ޖެއްސުމުގެ ބަސްތައްވެސް އަޑުއަހައިގެން ބޮޑުވި ޖީލެކެވެ.

އޭރާއި މިހާރުގެ ތަފާތަކީ އެއީ ކިޔަމަންތެރިވުމާއި އަޅާލުމާއި ލޯތްބާއި އޯގާތެރިކަމާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އަމިއްލައަށް ނަގަން ދަސްވެގެން ބޮޑުވި ޖީލެއް ކަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ