- Advertisement -ad image

ރައީސްގެ އިފްތިތާހީ ތަގުރީރު: ދިވެހި ދިދަޔަށް ދެއްވި ލޯތްބާއި އިހުތިރާމަށް ތައުރީފު!

ad image

ގުޅުންހުރި ލިޔުންތައް


“ އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން! ތިޔަ ދައްކައިދެނީ ޤައުމު ދިފާޢުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ޤައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ “.
ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެން ޑރ މުހައްމަދު މުއިއްޒު ވަނީ އަސަރުގަދަ އަދި ޤައުމިއްޔަތުން ފުރިގެންވާ ތަޤުރީރެއް ދެއްވާފައެވެ. އެތައް ބަޔަކު ގެންދަނީ ރައީސް މުއިއްޒުގެ މި ތަގުރީރުގެ ފުރިހަމަ ކަމާ ގައުމީވަންތަ ކަމުގެ ވާހަކަ ދައްކަމުންނެވެ.
އަދި ހާއްސަ ގޮތެއްގައި ޖުމުހޫރީ މައިދާނުގައި ނަގާފައި ހުންނަ ދިވެހިންގެ ފަހުރުވެރި ދިދަ އާއި މުހާތަހުކޮށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ފާހަގަ ކުރެވެއެވެ.
އެގޮތުން ރައީސް ވިދާޅުވީ މީގެ ފަހުން އެ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން ކަމަށް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.
“ އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ ބަޔަކު ތިބެގެންކަން “ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެ ދިދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ދިވެހި ޤައުމު ޙަޤީޤީ ދިވެހި ޤައުމަކަށް ވަނީ، ދިވެހި މުޖުތަމަޢު ދިވެހީންގެ ޙަޤީޤީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަމާއި އެހީތެރިވެގެންކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި، އެކަކުއަނެކަކަށް އެއްބާރުލުން ދީގެންކަންވެސް ރައީސް ވިދާޅުވިއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ