- Advertisement -ad image

އާސަންދައިގެ އެމްޑީއަކަށް އެތަނުގެ އެންމެ ދުވަސްވީ ޒީނިޔާ އައްޔަނުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަޤާމު ފުރުއްވަމުން ގެންދެވި އަލްފަޟިލާ އާމިނަތު ޒީނިޔާ މިއަދު ޢައްޔަނުކޮށްފިއެވެ.
12 ފެބްރުއަރީ 2012ގަ އާސަންދަ ކުންފުނީގެ މެޑިކަލް ޑިރެކްޓަރުގެ މަޤާމަށް ވަޑައިގެންނެވި އާމިނަތު ޒީނިޔާއަކީ އާސަންދަ ކުންފުނީގައި މަސައްކަތް ކުރައްވާތާ އެންމެ ގިނަދުވަސްވީ އެއް މުވައްޒަފެވެ. ފަހުން އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަޤާމުން ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނަވަނިކޮށް މިއަދު ވަނީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކޮށްފައެވެ. އާސަންދަ ސްކީމް ހިންގެވުމަށް ތަފާތު އެތައް މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާ ޒީނިޔާ ވަނީ އާސަންދަ ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓާއި އެވެއަރނެސް ޑިޕާޓްމަންޓާއި ކަސްޓަމަރ ސަރވިސް ސެކްޝަނާއި ޕަބްލިކް ރިލޭޝަންގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ މަސައްކަތްތައްވެސް ބަލަހައްޓަވާފައެވެ. އާސަންދަ ކުންފުންޏަށް ވަޑައިގެންނެވުމުގެ ކުރިން، ޒީނިޔާވަނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހަބިލިޓޭޝަން (މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ) ގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައެވެ. ޒީނިޔާ ވަނީ ދިގުމުއްދަތަކަށް ނަރުހެއްގެ އެކިއެކި މަޤާމުތަކުގައި ސެންޓްރަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާފައެވެ. އަދި 2008 ވަނަ އަހަރު ޑަބްލިއު.އެޗް.އޯ އިން ލިބުނު ސްކޮލަރޝިޕެއްގައި، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގްއިން މެންޓަލް ހެލްތު ނަރސިންގ އިން މާސްޓަރސް ޙާސިލް ކުރެއްވުމަށްފަހު ރާއްޖެވަޑައިގެން، ހެލްތު މިނިސްޓްރީގެ ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްގައި، ޕަބްލިކް ހެލްތް ޕްރޮގްރާމްގެ ކޯޑިނޭޓަރގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. ހޮސްޕިޓަލްގެ ކްލިނިކަލް މަސައްކަތް ދޫކުރައްވާ މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ވަޑައިގެން ޒީނިޔާވަނީ 2019 ގައި ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް، ބްރިސްޓޯލްއިން މާސްޓަރ އޮފް ސައިންސް އިން ޕަބްލިކް ހެލްތު ޙާސިލް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ