- Advertisement -ad image

ކަނޑުގެ ސަރަހައްދު ހޯދަން ބަޖެޓްގައި 10 މިލިއަން ރުފިޔާ ޖަހަން ޖެހުނީ ކީއްވެ!

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމަށް 2024ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ޖަހަން ޖެހުނީ ކީއްވެގެން ކަން އެނގޭ ހެއްޔެވެ. އެއީ އެތައް ސަތޭކަ އަހަރެއް ވަންދެން ދިވެހިންގެ ތަނެއްގެ ގޮތުގައި އޮތް ކަނޑުގެ ސަރަހައްދެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދޫކޮށްލުމުންނެވެ. އެތަން ދޫކޮށްލީ ރާއްޖޭގެ ރައްޔިތުންނަށް ވަގަށް ސިއްރުން ރައީސް ސާލިހު ފޮނުއްވި ސިޓީފުޅަކުންނެވެ.

ރައީސް ސާލިހު މިކަން ކުރީ އެމްޑީޕީގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި އިންޑިއާއިން ކުރަމުންދިޔަ ހަރަދުތަކުގެ ބަދަލެއްގެ ގޮތުގައި އިންޑިއާ ރުއްސުމަށްޓަކައި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ބޮލާލައި ޖަހާފައެވެ. ރާއްޖޭގެ މަސްއޫލުވެރި އިދާރާތަކަށް އަންގާވެސްނުލައި ބޮޑު އޮޅުވާލުމެއްގެ ތެރެއިން ގައުމަށް ޣައްދާރުވުމުގެ ނަތީޖާއަކަށްވީ ކަނޑުގެ ސަރަހައްދު އަލުން ހޯދުމަށް ދައުލަތުގެ ބަޖެޓުން އަނެއްކާވެސް 10 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހުމެވެ. ރައީސް ސާލިހު ގައުމަށް ޣައްދާރުނުވިނަމަ މިއަދު އެ 10 މިލިއަން ރުފިޔާއިންވެސް ރާއްޖޭގެ ކޮންމެވެސް ރަށެއްގެ ތަރައްގީގެ އެހެން މަޝްރޫއުއަކަށް އެ ރުފިޔާ ހަރަދުކުރެވުނީސް ކަން ޔަގީނެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ ވައުދުތަކަށް ބަލާއިރު ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކްޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިންޓަރނެޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުން ހިމެނެއެވެ.

އެހެންކަމުން ދިވެހީންގެ ތަނެއް ހޯދުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅަކީ ސިޔާސި ވައުދުފުޅެއް ނޫނެވެ. އެއީ ގައުމީ ވައުދުފުޅެކެވެ. ބަޔަކު ގައުމަށް ގައްދާރުވުމުގެ ނަތީޖާއިން ދިވެހިންގެ އަތުން ކަނޑުގެ ބައެއް ގެއްލުމަކީ އެތަން ހޯދަން ގައުމުދެކެ ލޯބިވާ މީހުން މަސައްކަތް ކުރަން ނުޖެހޭ ސަބަބެއް ނޫނެވެ. އެހެން ނޫނަސް ޗާގޮސްގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ލޯޑް ކެމެރަން އާއި އެގައުމުގެ ޕްރައިމް މިނިސްޓަރ އޮލިވާ ޑައުޑެން އަދި ޝަޕްސް ބައްދަލުކުރައްވާ، މޮރިޝަސްއަށް ޗާގޮސް ދިނުމުގެ ހިޔާލު ނުގެންގުޅުއްވަން ކެމެރަންއަށް އަންގަވާފައިވެއެވެ.

މިމައްސަލައަކީ ހަމައެކަނި ރާއްޖެއާއި މޮރިސަސްގެ އިންޓްރެސްޓް އޮތް މައްސަލައެއް ނޫނެވެ. މިމައްސަލާގައި ޗައިނާ، އެމެރިކާ، އިންގިރޭސިވިލާތް އަދި އިންޑިއާގެ އިންޓްރެސްޓްވެސް އޮތްކަން އެއީ ފެންނާން އޮތް ހަގީގަތެކެވެ. އެހެންވީމާ މިހާރު ދުނިޔޭގެ ޖިއޯޕޮލިޓިކްސްގެ އޮއިވަރު ހުރި ގޮތުން ރާއްޖެއަށް ކަނޑުގެ ސަރަހައްދު ނުލިބޭނެއޭ ބުނެވޭކަށްވެސް ނެތެވެ. އެނގި ހާމަވާ އެއް ކަމަކީ ރައީސް ޑރ މުއިއްޒުގެ ވައުދުފުޅަކީ ގައިމުވެސް ގައުމީ ވައުދުފުޅެއް ކަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ