- Advertisement -ad image

ހޯރަފުށީ ދާއިރާގެ ގޮނޑިއަށް އަލީ މޫސަ: ކެރޭ، ގާބިލް ތައުލީމީ ޒުވާނެއް!

ad image

ގުޅުންހުރި ލިޔުންތައް

ހއ. ހޯރަފުށީ، ދިލްކަޝްގެ އަލީ މޫސާ ނުދަންނަ  ބަޔަކު އެރަށުގައި މަދުވާނެ އެވެ. ތައުލީމީގޮތުން ރަންވަނަ ތަކެއް ހާސިލްކޮށް ރަށަށް ގިނަ ހިދުމަތްތަކެއް ކޮށްދެމުން އަންނަ އަލީ މޫސާ އަކީ އެކި ރޮނގު ރޮނގުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅަދާނަ ޝަހްސިއްޔަތެކެވެ. ގިނަ ބައެއްގެ ލޮތްބާއި އިޙްތިރާމް ހޯދާފައިވާ ޤަދަރުވެރި އާއިލާއަކަށް ނިސްބަތްވާ މި ބޭފުޅާއަކީ އިޖްތިމާއީ ކަންކަމުގާ ހީވާގި، ހިންގުންތެރި، އަދި މީހުންގެ ލަފަޔާއި މަޝްވަރާ ހޯދާ މީހުންނާއި ގުޅޭ ބޭފުޅެކެވެ.

އަލީ މޫސާ ވަނީ ޔުނިވާސިޓީ އޮފް ސަންޑަލޭންޑް އިން ވިޔަފާރީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. ވަޒީފާގެ ގޮތުން އެޗްއަަރ މޭނޭޖަރކަމާއި ސަރުކާރު ކުންފުނިތަކުގެ ޱިރެކްޓަރ ކަމާއި ބޯޑު މެންބަރުކަން ކުރައްވާފައިވާ  މިބޭފުޅާއަކީ ވިޔަފާރި އާއި އިގްތިސާދީ, ފަތުރުވެރިކަމުގެ ދާއިރާއިން ޒަމާނަށް ލޯ ހުޅުވިފައި ހުންނެވި ތަޖުރިބާކާރެކެވެ. ސިޔާސީ މައިދާނުގައި އެއީ އަމިއްލަ އަގު ހިފަހައްޓަވާފައިވާ ރަނގަޅު އަހްލާގެއްގެ ވެރިއެކެވެ. ރައްޔިތުންނާއި ބާއްވަންޖެހޭ ގުޅުންތައް އެންމެ ފުރިހަމައަށް ބާއްވާ ރައްޔިތުންނާއި ހީ ސަމާސާކޮށް އެއް ސުފުރާމަތިން ކައިއުޅޭ އެކުވެރި ރައްޔިތުންގެ ޒުވާނެކެވެ.

2006 ވަނަ އަހަރު ހޯރަފުށީގައި އުފެއްދި (ހޭޒް) ޖަމިއްޔާ ނުވަތަ ހޯރަފުށި އެޑްވާންސްމަންޓް ސޮސައިޓީގެ ބާނީ އަލީ މޫސާ ވަނީ އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމުގައި އެހީތެރިވެދީފައެވެ. އެގޮތުން ޒުވާނުން ވަޒީފާގެ ބާޒާރަށްނެރެ ހޭލުންތެރިކުރުވުމަށް އެ ބޭފުޅާ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ ދީނީ ކަންކަމަށް އަބަދުވެސް ހާއްސަ އިސްކަމެއްދެއްވާ އަލީ މޫސާ އަކީ 2002 ވަނަ އަހަރުންފެށިގެން ހޯރަފުއްޓާއި، ހއ.އަތޮޅަށް ރަންވަނަތަކެއް ހޯއްދަވައި ދެއްވާ ގިނަ ދަރިން ތަކެއް ބިނާކޮށްދެއްވި ތަޢުލީމުލްބަޔާން ޤުރްއާން ކުލާހުގެ ފައުންޑަރ މެންބަރެއްވެސް މެއެވެ.

އަލީ މޫސާއަކީ ރަށަށް ރަށުގެ އެންމެންވެސް ދަންނަ ދޫހެލޭ އަދި ހައްގު ބަސް ބުނުމުގައި ފަސްނުޖެހޭނެ ޒުވާނެކެވެ. އެ ބޭފުޅާގެ މޭސްތިރިކަމުގެ ދަށުން ހޯރަފުށީ ދާއިރާއަށް ނިސްބަތްވާ ހޯރަފުށި، ތުރާކުނު އަދި އުލިގަމަށް ގިނަ ހިދުމަތްތަކެއް ކޮށްދޭން އެ ބޭފުޅާ ހުރީ ތައްޔާރަށެވެ. މަޖިލީހުގައި ފަނޑުވެފައިވާ ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ އަޑު ގުގުމާލަދެއްވުމަށް އަލީ މޫސާ ވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބަށް ހޯރަފުށީ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފަ އެވެ.

އެހެންކަމުން ހޯރަފުށީ ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ ކިބައިން އަލީ އެދޭ އެންމެ ބޮޑު އެދުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާއަށް ވޯޓުދީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ފުރުސަތެއް ދިނުމަށެވެ. ގައިމުވެސް ދާއިރާގެ ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެއެވެ. ސަރުކާރާއި ގުޅިގެން ތުރާކުނު، އުލިގަން އަދި ހޯރަފުއްޓަށް ތަރައްގީ ގެނެސްދިނުމަށް މަސައްކަތްކުރުމުގައި ދެމިހުންނާނީ ވަރުބަލި ކަމެއް ނެތިއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ