- Advertisement -ad image

ހުޅުމާލޭ ދެކުނު ދާއިރާގެ އަޑު މަޖިލީހުގައި ގުގުމާލުމަށް މިފަހަރު ޒައީ!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

ސިޔާސީ މައިދާނުގައި ކުރިއަރަމުން އަންނަ އައިމިނަތު ޒައީމާ (ޒައީ) އަކީ ހުޅުމާލޭ ރައްޔިތުންނާއި ރައްޓެހި އެހާމެ އެކުވެރި މޫނެކެވެ. ހާއްސަކޮށް ހުޅުމާލޭ ދެކުނު ދާއިރާގެ ތަރައްގީއަށް ފެށުނީއްސުރެވެސް ދިމާވަމުންދާ ދަތި އަދި ގޮންޖެހުންތަކަށް އަޑުއުފުލައި މަސައްކަތް ކުރި މީހުންގެ ތެރޭގައި ޒައީވެސް ހިމެނެއެވެ. ދާއިރާގެ ލާބައަށްޓަކައި ކުރަމުން އައި މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ހުޅުމާލޭ ދެކުނު ދާއިރާއިން 2024 މަޖިލީހުގެ ޕީޕީއެމް/ޕީއެންސީ ޕުރައިމަރީގައި ވާދަކުރުމަށް ނިންމާ 10 ޑިސެންބަރު 2023 ގައި ވަނީ ފޯމުހުށަހަޅުއްވާފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ އެކި މުބާރާތްތައް ވަކި ކުލަޔަކަށް، ވަކި ފިކުރަކަށް ނުބަލައި އިންތިޒާމްކޮށްދީ، އަދި ހާއްސަކޮށް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުންނަށް ގުރުޢާން މުބާރަތްތައް ބާއްވާ ނަތީޖާ ނެރެދެއްވަމުން ޒައީ ކޮށްދެއްވާފައި ހުރި މަސައްކަތްތަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. އަދި ދާއިރާގެ ރައްޔިތުންގެ ދަތިތައް ދެނެގަނެ ސަރުކާރާއި ހަމަޔަށް ރައްޔިތުންގެ އަޑުތައް ގެންދިއުމަށް ޒައީ ވަނީ ހިތްވަރުގަދަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ޕީޕީއެމް/ޕީއެންސީގައި ހުންނަވާ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމަށްވެސް ޒައީ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. ރައްޔިތުންގެ ޝަކުވާތައް ކުރީގެ ސަރުކާރަށް އިއްވައިދީ، އިންސާފު ހޯދައިދިނުމަށް މަގުމައްޗަށްވެސް ޒައީ ނުކުތީ ކެތްތެރިކަމާއެކުގަ އެވެ. ހަމައެހެންމެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށްޓަކައި ވެސް އެ ކަމަނާވަނީ އިދާރީ ގިނަގުނަ މަސައްކަތްތަކެއްކޮއް ނަތީޖާ ނެރެދެއްވާފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާ ޒައީ ކުރެއްވި ޕޯސްޓްގައި ވަނީ ހުޅުމާލޭ ދެކުނު ދާއިރާގެ ހައްގުގަ އަދި މުޅި ހުޅުމާލޭގެ ތަރައްގީގެ ޕުލޭންތައް ގާނޫނުގެ ތެރެއިން ރައްޔިތުން އިހުސާސްތައް އަޑު އަހާ ދާއިރާގެ މަސައްކަތްތައް ފަސްނުޖެހިކުރާނެކަމުގެ ޔަގީންކަން ދާއިރާގެ ރައްޔިތުންނަށް އަރުވާފަ އެވެ. ޒުވާނުންގެ އަދި ހާއްސަކޮށް އަންހެނުންގެ އިހްސާސްތައް ދަންނަ އަދި ވަކި އުމުރަކަށް ޖިންސަކަށް ނުބަލައި ކޮންމެ މީހަކަށްވެސް އިންސާފު ހޯދައިދީ އެމީހުންގެ އަޑު މަޖިލީހުގައި އުފުލައިދޭނެ ކަމުގެ ޔަގީންކަން ވެސް ޒައީވަނީ އަރުވާފަ އެވެ.

އަދި މި ސަރުކާރު ގެނައުމަށް ތައްޔާރުކުރި މެނިފެސްޓޯގައި ހުރި ވައުދުތައް ރައްޔިތުންގެ އިހްސާސްތަކާއެކު ތަންފީޒު ކުރުމަށާ، ޑރ. މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކޮށްދެއްވާނެކަމަށް ވެސް ޒައީ ވަނީ ވިދާޅުވެފަ އެވެ.

“ތަޖުރިބާ ކޮއްލެއްވުމަށް މިފަހަރު ފުރުޞަތު ދެއްވާ… އަޅުގަނޑު ވާގި އެދެނީ މާތް الله ގެ ހަޞްރަތުން،”

ސްކޫލް ދައުރު ނިމުނީއްސުރެ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ހުވަފެންދެކެމުންދާ ޒައީ ވަނީ ކެބިންކްރޫއެއްގެ ގޮތުގައި 13 އަހަރު ޙިދުމަތްކޮށްދެއްވާފަ އެވެ. އަދި ޒައީ ފާހަގަކޮށްލެވެނީ ތަޖުރިބާ ހުރި ޢިލްމީ ހުނަރުވެރި ލާމަސީލު ހިތްވަރުގަދަ ކަނބަލެއްގެ ގޮތުގަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

  1. ސޮރީ ނެތް ވޯޓު ދެވޭކަށް. މާގާބިލް ފަރާތްތަށް ކުރި މަތިލައްވާ ތިދާއިރާއަށް. އަހަރެމެން ދަންނަ މޫނެއް ނޫންމީ

  2. ކެބިން ކުރޫއަކަށް ވީމަ ވޯޓު ދޭންޖެހޭ ސަބަބެއްތަ؟ އެހެން ވިއްޔާ ރެސްޓޯރެންޓު ތަކުގައި އުޅޭ ވެއިޓަރުން ވެސް މާ ގާބިލް ވާނެ. ވެރިކަން ފަހަތުން ދުވާ ބައިގަނޑެއްމީ. ރައްޔިތުންނަށް ހެޔޮ އެދޭ އެކަކުވެސް ނެތް މިތާ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ