މާލޭ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރުއަކީ ރައްޔިތުންނާ ގުޅޭ ހިންގުންތެރި އަދި ޤާބިލް ބޭފުޅެކެވެ. މިހާތަނަށް ޟަމީރު ދަންނަ އެންމެންވެސް އެ ބޭފުޅާ ސިފަކޮށްދެއްވަނީ މި ބީދައިންނެވެ. ސިޔާސީ ކަންކަމުގައި ގިނަ އަހަރުތަކެއް ވަންދެން އުޅުއްވާ އަދި ރާއްޖޭގެ ސިޔާސީ މަޟްރަހަށް އައި ބަދަލުތައް އެންމެ ގާތުން ދެކިލެއްވި އެއް ބޭފުޅަކީވެސް ޟަމީރު އެވެ. އެހެންކަމުން މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނަށްޓަކައި ހިދުމަތުގައި ދެމިހުރުމަކީ އެ ބޭފުޅާގެ އުއްމީދެކެވެ.
ވަކިވަކި ދާއިރާއެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަކީ ޟަމީރު ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތެވެ. އެ ބޭފުޅާ ހިދުމަތް ކުރއްވާ ދާއިރާގެ ރައްޔިތުންނަށް ނުވި ނަމަވެސް ޟަމީރަކީ ރައްޔިތުންގެ ހައްޤަުގައި ވަކާލާތު ކުރައްވާ ތެދުވެރި ބޭފުޅެކެވެ. ރައްޔިތުންްގެ އަޑުއަހާ ރައްޔިތުންގެ ޝަކުވާތައް ސަރުކާރާއި ހަމަޔަށް ފޯރުކޮށްދެއްވުމަށް މީގެކުރިންވެސް ޟަމީރުވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
އަދި ހާއްސަކޮށް ޟަމީރު ރައްޔިތުންނާއި ދެމެދު ބާއްވަވާ ހާއްސަ ގުޅުމަކީ ވަކިން ބޮޑަށް ފާހަގަކޮށްލެވޭ ކަމެކެވެ. އެބޭފުޅާއަކީ އަންނަ ކޯލުތަކަށް ޖަވާބުދާރީވާ އަދި ކޯލް ބޭކް ކޮށް ލިބޭ މެސެޖުތަކަށްވެސް ބަރާބަރަށް ޖަވާބުދެއްވާ ބޭފުޅެކެވެ. ސިޓީ ކައުންސިލުގައި ދެވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދެވި ނަމަވެސް ޟަމީރު ފާހަގަކުރެވެނީ އެންމެ ޢާންމު ރައްޔިތުމީހާއާއި ވެސް ގާތްކަން ބާއްވަވާ، ހިތްހެޔޮ ބޭފުޅެއްގެ ގޮތުގަ އެވެ.
ޟަމީރަކީ އެމްޑީޕީ ކައުންސިލަރެއް ކަމަކު މި ހިނގާ ކައުންސިލް ހުވަޔާ އެކު، ޑރ. މުހައްމަދު މުއިއްޒުގެ ސްޓްޓެޖިކް އެކްޝަން ޕްލޭން ފާސްކުރުމަށް ފުރިހަމައަށް އެއްބާރުލުންދެއްވާ އެ ކަންތައް ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބޭފުޅެކެވެ. އަދި ޕީއެންސީއަށް ސޮއިކުރައްވާ ރިޔާސީ އިންތިހާބު ޑރ މުއިއްޒުއަށް ކާމިޔާބުކޮށްދިނުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް ޟަމީރު ކުރެއްވިއެވެ.



