- Advertisement -ad image

ތިން ފަހަރު މަތިން ނިއުމޯނިއާ ޖެހި ފަރުވާ ހޯދަމުންދާ ތުއްތު ނާފް އެދެނީ ދީލަތި އެހީއަށް!

ad image

ގުޅުންހުރި ލިޔުންތައް

އަންނަ މަހު 2 އަހަރު ފުރޭ ނާފް މުޙައްމަދު ޠާހާއަށް މިހާތަނަށް ވަނީ ތިން ފަހަރު މަތިން ނިއުމޯނިއާ ޖެހިފަ އެވެ. މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ނާފް އަކީ އުފަންވީ އުފަން ވުމުގައި ވެސް ހާއްސަ އެހީތެރިކަމަށް ބޭނުންވެފައި ހުރި ކުއްޖެކެވެ. ފުރަތަމަ އުފަންވި ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ނާފް ތަހައްމަލް ކުރަމުން އަންނަނީ ހިތްދަތި އަދި ވޭނީ ދުވަސްތަކެކެވެ.

އެންމެ ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލުގައި ސިޒޭރިން ހެދިއިރު ނާފްގެ ނޭވާލުމުގެ ދަތިކަން ހުރެގެން އެމަރޖެންސީކޮށް އައިޖީއެމްއެޗަށް ބަދަލުކުރަން ޖެހުނެވެ. އަދި އައިޖީއެމްއެޗުން ހެދި ހަތަރު ވަނަ އެމް.އާރް.އައި އަށް ފަހު ނާފްގެ ބޮލުގައި ލޭ ކޮޅެއް ގަނޑުވެފައި އިންކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އައިޖީއެމްއެޗުން ފަރުވާ ދިނުމަށްފަހު އިތުރު ކުރިއެރުމެއް ނުލިބިގެން، އިންޑިއާއަށް ގެންދަން ޖެހުނުކަމަށް ނާފްގެ މަންމަ އިސާމާ ދާއޫދު ކިޔައިދިނެވެ. އަދި އިންޑިޔާއަށް ގެންގޮސްގެން ބެލި ބެލުމުން ދަރިފުޅު އުފަންވިއިރު މަންމައަށް ކޮވިޑް ޖެހިފައި ހުރުމުގެ ސަބަބުން ނާފްއަށް ސްޓްރޯކެއް ޖެހިފައި ހުރިކަން އެނގުނެވެ.

އެއަށްފަހު އިންޑިއާގެ އާނަންތަޕޫރީ ހޮސްޕިޓަލުގެ އައިސީޔޫގައި ނާފްއަށް މަހަކަށް ވުރެ ގިނަ ދުވަހު ފަރުވާ ދިނެވެ. މިވީ އެއް އަހަރު ތެރޭ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަސް ހޮސްޕިޓަލަކުން ނާފްއަށް ފަރުވާ ހޯދާފައި ވެއެވެ. މިއިން ކޮންމެ ފަހަރަކު އައިސީޔޫގައި ބާއްވައިގެން އެއް މަހަށް ވުރެ ގިނަ ދުވަހު ފަރުވާ ދެއެވެ. ނަމަވެސް ތުއްތު ނާފްގެ ހާލު ރަނގަޅެއް ނުވެއެވެ.

އިސާމާ ކިޔައިދިން ގޮތުގައި ނާފް އަކީ ޚާއްސައެހީއަށް ބޭނުންވާ ކުއްޖެކެވެ. ފަރުވާތަކުން މިހާތަނަށް މާބޮޑު ކުރިއެރުމެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އުމުރުން ދެ އަހަރު ވީއރުވެސް ނާފްއަށް އަދިވެސް ހަރަކާތްތެރިވެއެއް ނޫޅެވެއެވެ. 

” ގޮވާލީމަ ދަރިފުޅަށް އެނގޭ. އެކަމަކު އެއްވެސް ވަރަކަށް ތެދު ނުވެވޭ. ހަމަ އެއޮތްގޮތަށް އޮންނަކަން. ބަނޑުގައި ހުންނަނީ ޓިއުބެއް ލައްވާފަ. އެ ޓިއުބް ބޭނުންކޮށްގެން ކިރު ދެނީ. އެއްއަހަރާއި 3 މަސް ދަރިފުޅަށް ވީއިރު އެއްވެސް ވަރަކަށް ކާއެއްޗެއް ނުދެވޭ”. 

އެއްވެސް ކަހަލަ ހަރު ކާއެއްޗެއް ނާފް އަށް ނުދެވޭއިރު، މިހާރު ދެމުންދާ ކިރަކީވެސް ރާއްޖެއިން ނުލިބޭ ބްރޭންޑެއްކަމަަށް ނާފްގެ މަންމަ ވަނީ ބުނެފަ އެވެ. 

މިއަހަރުގެ މާރިޗް މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ތިން ފަހަރެއްގެ މަތިން ނާފްއަށް ވަނީ ނިއުމޯނިއާ ޖެހިފަ އެވެ. އެންމެ ފުރަތަމަ ނިއުމޯނިއާ ޖެހުނު ފަހަރު ނާފްގެ ނޭވާލުމަށް އުނދަގޫވެ މާގިނައިން ހޮޑުލެވޭތީ ޑޮކްޓަރަށް ދެއްކުމަށް ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދީފަ އެވެ. އަދި މިހާރުވެސް ނާފްއަށް ދަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ނިއުމޯނިއާއަށް ފަރުވާދެމުންނެވެ.

“މިހާރުވެސް ނާފްގެ އޮކްސިޖަން އެއް ނުހިފަހައްޓަ” ނާފްގެ މަންމަ ބުނެފައި ވެއެވެ.

ރާއްޖެއިން ނާފްއަށް ކުރަމުން ބޭސްފަރުވާއިން އިތުރު ކުރިއެރުމެއް ނުލިބޭތީ އާއިލާއިން މިހާރު މަސައްކަތް ކުރަމުންދަނީ ނާފް ގޮވައިގެން ބެންކޮކް ގެ ހޮސްޕިޓަލަކަށް ގެންގޮސްގެން ފަރުވާ ދިނުމަށެވެ. އެކަމަށް ބޭނުންވާ ޓިކެޓް ހެޔޮ އެދޭ ފަރާތަކުން ހަމަޖައްސައިދީފައި ވީނަމަވެސް އަދި އާސަންދަ ހަމަ ނުޖެހޭ ކަމަށް އިސާމާ ވަނީ ބުނެފަ އެވެ. އަދި ބޭސް ފަރުވާއަށް ބޮޑެތި ހަރަދުތަކެއް ހިނގާނެތީވެ ވީ މިންވަރަކުން ނާފްއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އާންމުންގެ ކިބައިން އެ އިސާމާ ވަނީ އެދިފަ އެވެ.

ނާފްގެ ސިއްހީ ހާލަތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ:

ދަރިފުޅުގެ މަންމަ: އިސާމާ ދާއޫދު: 9713214

ދަރިފުޅާއި ބައްޕަގެ ޖޮއިންޓް އެކައުންޓް ނަންބަރު: 7730000513870

މުހައްމަދު ޠާހާ އަބްދުލްކަރީމް ޑޮލަރު އެކައުންޓް: 7730000215982

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ