- Advertisement -ad image

އިއްޒަތްތެރި މެންބަރުން އުޅުއްވަނީ ވަރަށް ނިކަމެތި ހާލުގައި!

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރުމަށް އެ މެންބަރުން އަމިއްލައަށް ނިންމުމާއެކު ރައްޔިތުން ގާތަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. މަޖިލީހުގެ މެންބަރަކަށް ހޮވޭ ހިސާބުން އެ މެންބަރުންނަކީ އެތައް އިނާޔަތަކާއި އާސިއާންގެ ގައުމުތަކުން ހިލޭ ބޭސްފަރުވާއާއި ވީއައިޕީ ލޯންޖްތަކުގައި ވަގުތު ހޭދަކޮށް ދަތުރުތައް ކުރައްވާ އިއްޒަތްތެރި މެންބަރުންނެވެ. އަނެއްކޮޅުން މިހާރުވެސް އެ މެންބަރުންގެ މުސާރައަކީ އަށްޑިހަ ދެހާސް ރުފިޔާއެވެ. އެކަމަކު 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާން ހަމަހަށްވުރެ ކުޑަވެފައި ވަނިކޮށް އެއްކަލަ އިއްޒަތްތެރި މެންބަރުން އަމިއްލައަށް މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އަދި ކުރިއެރުން ލިބޭ މިންވަރު،

މުސާރައާ އެލަވަންސާއެކު މަހަކު 80،000 ދިވެހި ރުފިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބުރައީސަށް އިތުރުވާ އެލަވަންސް ނުހިމަނާ 87 މެންބަރުންނަށް މަހަކަށް 6،960،000 (ހަ މިލިއަން ނުވަ ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާއެވެ. އެއީ އަހަރަކަށް 83،520،000 (އަށްޑިހަ ތިން މިލިއަން ފަސްލައްކަ ވިހިހާސް) ދިވެހި ރުފިޔާއެވެ. މިގެންނަން އުޅޭ ބަދަލާއެކު މެންބަރެއްގެ މުސާރަ 100،000 ރުފިޔާއަށް ބަދަލުވުމުން 85 މެންބަރުންނަށް މަހަކު 8،500،000 (އަށް މިލިއަން ފަސްލައްކަ) ދިވެހި ރުފިޔާ އަދި އަހަރަކަށް 102،000،000 (ސަތޭކަ ދެމިލިއަން) ދިވެހި ރުފިޔާއެވެ. ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިބޭ އިރު މަހަކަށް 9،300،000 (ނުވަ މިލިއަން ތިންލައްކަ) ދިވެހި ރުފިޔާ އަދި އަހަރަކަށް 111،600،00 (ސަތޭކަ އެގާރަ މިލިއަން) ދިވެހި ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރަން ޖެހޭނެއެވެ. މިއީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަށް އިތުރުވާ އެލަވަންސް ނުހިމަނާ ހަދާފައިވާ ހިސާބުތަކެކެވެ.

މުސާރަބޮޑު ކުރުމާއި ދެކޮޅަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކުރަމުންދާތީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕިޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ މެންބަރުންނަށް ލިބޭ މުސާރައަށްވުރެ ކުރަންޖެހޭ ހަރަދުތައް ބޮޑު ކަމަށާއި ދަތި ހާލުގައި އުޅެންޖެހޭ ކަމަށެވެ. މިކަމާ އަދި ރައްޔިތުން މާބޮޑަށް ރުޅިގަދަވެއްޖެއެވެ.

“މުސާރައިން ދެކޮޅުނުޖެހޭތީ މިހާރުވެސް ލައްކަ ކަންތައް އެބަކުރައްވާ. އޭގެ ތެރޭގައި ދައުލަތުގެ ތަނަކަށް ކިއްލިކޮޅެއް ގަންނަންޖެހުނަސް މިޖެހެނީ މެންބަރަކު މެދުވެރިކޮށްގެން ގަންނަން. ވަޒީފާއެއް ދޭންޖެހުނަސް ދޭން މިޖެހެނީ މެންބަރު ކަލޭގެ ބުނާ މީހަކަށް. ބިމެއް އޮތަސް ފްލެޓެއް ހުއްޓަސް މެންބަރު ކަލޭގެއަށް މި ޖެހެނީ ހިލޭ ސާބަހަށް ދޭން. މިހެން ގޮސް ރައްޔިތުންގެ މުދަލާއި ދަރިން ދީގެންވެސް މެންބަރުންނަށް އޮންނާނީ ދެކޮޅު ނުޖެހިފައި” އާއްމު ފަރާތަކުން ސޯޝަލްމިޑިއާގައި ލިޔެފައިވެއެވެ.

“މުސާރައިން ދެކޮޅު ނުޖެހޭ މީހުން އެހެން ކަމަކާ އުޅެންވީނު. މިގައުމަށް އެކަށީގެން ނުވަވަރުގެ މުސާރަތައް ހޯދަން އުޅުމަކީ ވަރަށް ދެރަކަމެއް. ސިވިލް ސާރވެންޓުންނަށް ލިބެނީ 4000 ރުފިޔާ” އެހެން މީހަކު ބުނެފައިވެއެވެ.

ރައްޔިތުންގެ މިފަދަ އެތައް ކަންބޮޑުވުމެއް ހުރިއިރުވެސް އިއްޒަތްތެރި މެންބަރުންގެ ފަރުވާލެއް ނެތެވެ. މުސާރަ ބޮޑުކުރުމަށް ފައިވިއްދައިފިއެވެ. ދެން ކޮންމެ ގޮތަކުންވެސް އެކަން ކުރަން އެ އިއްޒަތްތެރިން ބޭނުންވާނެއެވެ. އެކަމަކު މަޖިލީހުގެ ތަޅުމަށް މިމައްސަލަ ހުށަހަޅާ ފާސްކުރުމަށް ވޯޓުދޭ މެންބަރުންނަށް ރައްޔިތުން ފާރަވެރިވާނެއެވެ. ކުރިއަށް އޮތީ މަޖިލީހުގެ އިންތިހާބެވެ. ރައްޔިތުންގެ މޫނުގައި ކޮޅުފައިން ޖަހައި އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔަކަށް “އިއްޒަތްތެރި މެންބަރު”ގެ ލަގަބު ދޭކަށް އަހަރުމެން ބޭނުމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ދެންވެސް ކިޔަންވީ “ޢިއްޒަތްތެރި” ލަދުޙަޔާތްކޮބާ؟ ދެން ރައީސް ޢަޒުލުކުރުމުގެ މަސައްކަތެއްނު ތިޔަކުރަނީ. އެމަސައްކަތުގެ އަގަކީ ކޮންމެ މެންބަރަކަށް 8 މިލިޔަން ރުފިޔާ ނުވަތަ ޑޮލަރު ނުވަތަ ޕައުންޑުނު. އެކަން ނޭގިގެންއުޅޭ ބަޔަކަށް ފަހުމުކޮށްލަދިނީ. ވަރަށް ސަލާމް!

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ