- Advertisement -ad image

އަމިއްލަ ކުރިއެރުމަށްޓަކައި ދޫކޮށްލަންވީ 3 ކަމެއް!

ad image

ގުޅުންހުރި ލިޔުންތައް

ދިރިއުޅުމުގެ ބުރަހެލިކަންމަތީ އަބަދާއަބަދު ކޮންމެވެސް ކަމެއްގައި ޝާމިލުވެގެން އުޅޭއިރު ތިމާމީހާގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އަމިއަލަ ކުރިއެރުމަށް ނަޒަރެއް ހިންގާލެވެނީ ވަރަށްވެސް މަދުންނެވެ. މިއީ ދުނިޔޭގެ އާދަކާދައެވެ. ތިމާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށާއި ކުރިއެރުމަށް އިސްލާހީ ބަދަލު ގެނެވޭނީ ހުދު ތިމާމީހާގެ އަމިއްލަ ނަފްސުގެ ތެރެއިންކަން ޔަޤީނެވެ. އެހެން މީހުންނަށް ކުރެވެން އޮތްހާ ކަމަކީ ނަސޭހަތާއި އެހީތެރިކަން ދިނުމެވެ. ނަމަވެސް، ރަނގަޅު ނަތީޖާއެއް ފެނިގެންދާނީ އަމިއްލައަށް މިކަންކަމާއި އުޅެ މަސައްކަތްކޮށްގެންތާއެވެ. މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ހަށިގަބޑުގައި ހަރުލާފައިވާ މައިގަނޑު 03 ކަމެއް ދޫކޮށްލަންޖެހެއެވެ.

1. ކަންކަން ފަހުން ކުރަން ބެހެއްޓުން

މިކަމަކީ އަޅުގަނޑުގެ އަމިއްލަ ނަފްސަށްވެސް އާދޭހާއި އެކު ދަންނަވަން އޮތް އެއް ވާހަކައެވެ. ކަންކަން ކުރުން ލަސްކުރުމަކީ ތިމާގެ ވަޤުތުން ވައްކަން ކުރުން ފަދަ ކަމެކެވެ. އަދި އަމިއްލަ ތަރައްޤީގެ މަގުގައި ހުރި ބޮޑު ހުރަހެކެވެ. ފަހުން ފަހުން ކުރާނަމޭ ހިތާ ދުވަސް ނިމިގެން ދާއިރުވެސް އެކަން ނުކޮށް އޮންނަ ނަމަ، އެކަން އެއީ ތިމާގެ އަމިއްލަ ނަފްސުގެ ހުރި އާދައެކޭ ކިޔައި އެހިސާބުން ނިންމާލާކަށް ނުވާނެވެ. 

އެހެނަސް، އެސިފަ ފާހަގަ ވުމުން އެކަމުން އަރައިގަނެވޭތޯ މަސައްކަތް ކުރުން އެއީ އަމިއްލަ ކުރިއެރުމައްޓަކައި ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމަކށް މިވަނީ ވެފައެވެ. އެހެންކަމުން، ސާފު ލަނޑުދަނޑިތަކެއް ކަނޑައަޅައި، ކަންކަން ލަސްކުރުމަށް ހުންނަ ޝައުގުވެރިކަން ދޫކޮށްލަށްލައި، މަސައްކަތް ނިމުމުން ލިބޭ ހިންހަމަޖެހިމަށް ސަމާލުކަން އަބުރައިލެވިދާނެއެވެ. އެކިކަންކަމަށް އެލާމްތަށް ކަނޑައަޅައި ވަގުތުން އެކަން ކުރަން މަސައްކަތް ފަށަމާތޯއެވެ. ފުރަތަމަކޮޅު އުނދަގޫވެދާނެއެވެ. އާދައެއް ނައްތާލުމަކީ ފަސޭހަކަމެއްނޫންތާއެވެ.

2. ނާކާމިޔާބީއަށް ބިރުގަތުން

ބައެއްމީހުން ކަމެއް ކާމިޔާބު ނުވެދާނެކަމުގެ ބިރަށް ބައެއް ކަންކަން ދޫކޮށްލައި ނުވަތަ ކަންކަން ކުރާހިތް ނުވެފައި ހުންނަތަން އާދެއެވެ. މިއީ ހީވެސް ނުކުރާވަރަށް ތިމާގެ ސިކުނޑި (އެޑިކްޓްވާ) ހޭނޭ ވިސްނުމެކެވެ. މިފަދަ ވިސްނުންތަކުގެ ނަތީޖާއަކީ، ތިމާއަކީ އެއްވެސް ކަމެއް ކުރެވޭ ވަރުގެ މީހެއްނޫނޭ ހިތަށް އަރައި މާޔޫސްވުމެވެ. އަދި ކަމެއް ކުރަން ފަށާފައިވެސް އެކަމުގެ ރިސްކްތަށް ފާހަގަވުމުން އަމިއްލައަށް ހިތްނުތަނަވަސްވެ އެކަމުން ދުރުހެލިވުމެވެ.

ނަމަވެސް، ނާކާމިޔާބީއަކީ އުނގެނުމުގެ މަރުހަލާގެ ގުދުރަތީ ބައެއް ކަމަށާއި، އަގުހުރި ވިސްނުންތަކާއި ކުރިއެރުމަށް މަގުފަހިވާ ކަމެއް ކަމަށް ބަލައިގެން ކަންކަމުގެ ރިސްކްތަކާއި ކުރިމަތިލުމުން އިސާހިތަކު ފަސްޖެހުމުގެ ބައި ނެތިގެންދާތަން ފެނިގެންދާނެއެވެ. މިވިސްނުމަށްވެސް ޖެހޭނީ ސިކުނޑި ހާނުވާށެވެ. އެންމެނަކީ ހުރިހާ ކަމަކަށް އެންމެ މޮޅުމީހުންނަށް ނުވާނެކަން ދަނެގެން، އަދި ޚުދު ތިމާގެ ގައިގައިވާ އުނިކަންތަށް ފާހަގަކުރުމުން، އަމިއްލަ ނަފްސުގެ އުނގެނުމާއި ތަރައްގީވުމުގެ ފުރުސަތު އިތުރުވުން އެކަށީގެންވެއެވެ.

3. ތިމާގެ ކޮމްފޯޓް ޒޯނުންގައި އަބަދު ދެމިހުރުން

ޤަބޫލުކުރަން ޖެހިފައިވާ އެއަކަމަކީ، ކުރިއެރުން އޮތީ ތިބާގެ ކޮމްފޯޓް ޒޯނުން ބޭރުގައިކަމެވެ. ތިމާ ދަނެ ފާސް ވެފައިވާ ކަންކަމުން މިނިވަންވެ، ގޮންޖެހުންތައް ބަލައިގަތިމުންނެވެ. އާ ހުނަރެއް ދަސްކުރުމުގައި ވިޔަސް، އާ ޒިންމާތަކެއް އުފުލުމުގައި ވިޔަސް، ނުވަތަ އާދަޔާ ހިލާފު ތަޖުރިބާތަކެއް ކުރުމުގައި ވިޔަސް، ތިމާގެ ކޮމްފޯޓް ޒޯނުން ބޭރަށް ފިޔަވަޅު އެޅުމަކީ އަމިއްލަ ތަރައްގީއަށްޓަކައި ދެވޭ ވަރަށްބޮޑު ހަދިޔާއެކެވެ. 

އަބަދާއި އަބަދު އެއްކަމެއްގައި ޝާލިމްވުމުން ގައިގައި އެހެން ހުނަރެއް ހުއްޓަސް ނޭގޭނެއެވެ. އާހުނަރެއް ދަސްކުރަން އުޅޭއިރު އެކަމަކުން ފެއިލް ވެދާނެތީ ނުވަތަ ރިސްކް ނަގަން ނުކެރޭނަމަ އެކަން ފަށައިވެސް ނުގަނެވޭނެއެވެ. އަދި ކަމެއް ކުރަން ލަސް ކުރާވަރަކަށް އެކަމެއް އޮންނާނީ ނުވެފައެވެ. މި 3 ކަންތައް ސިކުނޑީގައި އަބަދުވެސް ބައިންދަން އެބަޖެހެއެވެ. 

އައު ހުނަރުތަށް ދަސްކުރުމުގެ ޝަޢުގުވެރިކަން އަޅުހަނޑުމެންގެ ނަފްސުތަކުގައި އިންތިހާއަށް އަށަގަންނުވަމާތޯއެވެ. އަތްތެރި މަސައްކަތެއް، ނުވަތަ އިތުރު ބަހުރުވައެއް ނުވަތަ ސައިން ލޭންގުއޭޖް ފަދަ އެއްޗެއް އުނގެނުން ކިހިނެތްތޯއެވެ. ކެއްކުމާއި ފެހުން ފަދަ ކަންކަންވެސް ދަސް ކުރެވިދާނެއެވެ. ފަތަންވެސް ދަސްކުރެވިދާނެއެވެ. ކޯހެއްގައި ބައިވެރިވުން މަޖުބޫރެއްނޫނެވެ. އިންޓަނެޓްގެ ނިޢުމަތުން ޢިލްމުވަނީ ފެތުރިފައެވެ. ބޭނުންވަނީ އެކަމެއް ކުރުމަށްޓަކައި އިސްނެގުމާއި އަޒުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ