- Advertisement -ad image

ރަސްމާލެ ތަރައްގީވެ ނިމޭއިރު، ރާއްޖޭގެ އިގްތިސާދަށް އަންނާނީ އިންގިލާބީ ބަދަލެއް!

ad image

ގުޅުންހުރި ލިޔުންތައް


ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ކޮންމެ ރައްޔިތެއްގެ އުއްމީދުތަކާއި ގުޅިފައިވާ ބިޔަ ބޮޑު މަޝްރޫއެކެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ މުހިންމު ވައުދުފުޅާ އެއްގޮތަށް ރައްޔިތުން އެދޭ ބޯހިޔާވަހިކަމުގެ ހުވަފެނުގައި ކުލަޖައްސައިދޭނެ މަޝްރޫއަކީ ރަސްމާލެއެވެ. ރަސްމާލެ ވުޖޫދުކުރުމަށް އާރބަންކޯގެ ހާއްސަ ބެލުމުގެ ދަށުން މަސައްކަތްކުރާ ސީއެމްސީއަކީ ރާއްޖެއަށްވެސް އަދި އާރބަންކޯއަށްވެސް އައު ކުންފުންޏެއް ނޫނެވެ. މިހާރުވެސް ރާއްޖޭގައި ސީއެމްސީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަގެންދެއެވެ. ކުރީގެ ރައީސް ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންހިއްކުމުގެ މަޝްރޫއު (ހުޅުމާލެ ފޭސް 3 އަދި ދިޔަނެރު ފަޅު މަޝްރޫއު) އިން 20 ހެކުޓަރު ސީއެމްސީއަށް ދީގެން އާރބަންކޯއަށް ލިބެނީ 96 ހެކްޓަރު ނަމަވެސް ރައީސް ޑރ މުއިއްޒުގެ ސަރުކާރުން 10 ހެކްޓަރަށް އާރބަންކޯއަށް 1093 ހެކްޓަރު ލިބެއެވެ.

މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރަށް ކަނޑައެޅޭ ބިންތަކުގައި ކުރެވޭނެ ކަންކަން ކުރިއަށްދާނީ އާރބަންކޯގެ މާސްޓަރ ޕްލޭންއާ އެއްގޮތަށެވެ.
ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު “ރަސްމާލެ” މަޝްރޫޢު އިފްތިތާޙް ކޮށްދެއްވާ ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1153 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ. ރަސްމާލެ ކޮންޓްރެކްޓަރަށް ބިން ދޫކުރެވޭ ހެކްޓަރަކަށް އާރބަންކޯއަށް ބިން ލިބޭނީ 14.43 ހެކްޓަރެވެ. އަދި ބިން ހިއްކާ މިންވަރުގެ ނިސްބަތުން ކިންޓްރެކްޓަރަށް ދޭނީ 6.7 އިންސައްތަ ކަމަށްވެސް އާރބަންކޯއިން ހާމަކުރެއެވެ. އާރބަންކޯގެ މެނޭޖިން ޑައިރެކްޓަރ ފަޒުލް ވިދާޅުވީ 65000 ހައުސިންގ ޔުނިޓުގެ މަސައްކަތާއެކު ފެށިގެންދިޔަ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ކުރިއަށް އޮތް 50 އަހަރު ދުވަހަށް ގެނެސްދޭ ޙައްލުކަމަށް ފަޒުލް ވިދާޅުވިއެވެ.


އަދި މިހާރު ފެންނަން އޮތް ހުޅުމާލެ އެއޮތް ހިސާބަށް ތަރައްޤީކުރުމަށް 20 އަހަރު ހޭދަވެފައިވާ ނަމަވެސް ސަރުކާރުން މިއަދު އަމާޒު ހިފާފައިވަނީ އެ ސްޕީޑް އަވަސްކޮށް ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ޒަމާންވީ މި މައްސަލައަށް ޙައްލެއް ގެނެސްދިނުމަށްކަމަށް ފަޒުލް ވިދާޅުވިއެވެ.
ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ރަސްމާލެ ތަރައްޤީކުރާނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު މި މަސައްކަތް ކުރަމުންދަނީ އާރބަންކޯއިންނެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށް 1153 ހެކްޓަރުގެ ބިން ހިއްކުމަށް ބަދަލުގެ ގޮތުގައި 50 އަހަރަށް 70 ހެކްޓަރުގެ ބިން އެކުންފުނިތަކަށް ދިނުމަށް މި މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްވެސް ޙާލަތެއް ކުރިމަތިވެއްޖެނަމަ ބިން އަނބުރާ އާރބަންކޯއަށް ނެގޭނެކަމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައިވާކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ