- Advertisement -ad image

މިއީ ދުނިޔޭގެ އެންމެ މުއްސަނދި ޢާއިލާ!

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ އެންމެ މުއްސަނދި ޝާހީ އާއިލާގެ އިސްވެރިޔަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް އަދި އަލް ނަހްޔާން ޝާހީ އާއިލާގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ކަމަށް ޖީކިޔޫގެ ރިޕޯޓަކުން ޙިއްސާކޮށްފިއެވެ. އެ އާއިލާގެ މުއްސަނދިކަމުގެ ތެރޭގައި އަބޫދާބީގައި ރިޔާސީ ގަނޑުވަރަކާއި އަމިއްލަ 08 ޖެޓާއި މެންޗެސްޓާ ސިޓީ ފުޓްބޯޅަ ކްލަބުގެ މިލްކުވެރިކަމާއި މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާގެ ބިއުޓީ ބްރޭންޑް ކަމަށްވާ ‘ފެންޓީ’ އާއި އެލޮން މާސްކްގެ ސްޕޭސްއެކްސް ފަދަ މަޝްހޫރު އެކި ކުންފުނިތަކުގެ ހިއްސާ ހިމެނެއެވެ.

ދުނިޔޭގައި ވާދަވެރިކަމެއް ނެތް މުއްސަނދިކަމާއި ބާރު

އަލް ނަހްޔާން އާއިލާގެ މުއްސަނދިކަން ސިއްސުވާލާފަދަ ގޮތަކަށް ފާހަގަކޮށްލެވެނީ ދުނިޔޭގެ ތެލުގެ ރިޒާވްގެ ގާތްގަނޑަކަށް ހަ ޕަސެންޓް އެމީހުންގެ އަތުގައި އޮތުމުންނެވެ. އަބޫދާބީގައި ހުންނަ އެމީހުންގެ ރިޔާސީ ގަނޑުވަރަކީ 490.6 މިލިއަން ޑޮލަރުގެ އަގުހުރި ތިން ޕެންޓަގަން ވަރުގެ ބޮޑު ގަނޑުވަރެކެވެ. އެ އާއިލާގެ ލަގްޒަރީ ޕްރޮޕަޓީތައް މުޅި ދުނިޔޭގައި ހިމެނޭއިރު، ޚާއްސަކޮށް ޕެރިހާއި ލަންޑަންގައި ހިމެނޭތީ، އެ އާއިލާގެ ކުރީގެ ވެރިޔާއަށް ވަނީ ‘ލަންޑަންގެ ގޯތިވެރިޔާ’ ގެ ނަމުން ނަންވެސް ދެވިފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެސްޔޫވީ އާއި ބޮޑެތި ކާރު ކުނފުނިތަށް ކަމަށްވާ ބުގަޓީ، ލަމްބޮރްގީނީ، މާސެޑެސް ބެންޒް، ފެރާރީ، އަދި މެކްލަރެން ފަދަ ބްރޭންޑްތަކުގެ ހައި އެންޑް ވެހިކަލްތައް ހިމެނޭ ގޮތަށް 700 އަށް ވުރެ ގިނަ ކާރު ކަލެކްޝަނެއް މި ޢާއިލާ އެކުލަވާލާފައިވެއެވެ. މި އާއިލާގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ މުއްސަނދިކަމާއި އަރާމު ދިރިއުޅުމެކެވެ. ޝާހީ އާއިލާގެ މުދަލާ އަޅާބަލާއިރު އެއް ހިސާބެއްގައި މި ޢާއިލާގެ މުއްސަނދިކަން ވާކަމަށް ބެލެވެއެވެ.

މި ހޯދުންތަކަކީ، ދުނިޔޭގައި އެމީހުންގެ އާއިލާގެ ޙާޟިރީއާއި ނުފޫޒު ވަރުގަދަވެ، އެމީހުންގެ މުއްސަނދިކަން ދުނިޔޭގެ ފެންވަރުގައި ފޯރާފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ