Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ވާރޭ ވެހުނަސް އަވިދިނަސް ކަރަންޓް އިގުތިސާދު ކުރަން ދަސްކުރޭ!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ރާއްޖެއިންވެސް ދަނީ ތަޖުރިބާ ކުރަމުންނެވެ. ހޫނު ދުވަސްވަރެއްގައި އިންތިހާއަށް ހޫނުވާއިރު، ވިއްސާރަ ވެހޭ ދުވަހެއްނަމަ އިންތިހާއަށް ވާރޭވެސް ވެހެއެވެ. ކުއްލިއަކަށް މޫސުމަށް އަންނަ ބަދަލުތަކާއެކު ކަރަންޓު އިގްތިސާދުކުރުމަށް ދޭންޖެހޭ ސަމާލުކަންވެސް ކުޑަވާތަން އެބަފެނެއެވެ.

ނަމަވެސް، މޫސުމީ މި ބަދަލުތަކަކީ ކަރަންޓް އިގުތިސާދުކުރުމަށް ހުރަސްއެޅޭނެ ކަމަކަށް ވެގެން ނުވާނެއެވެ. އެހެނީ، ކޮންމެ މޫސުމެއްގައިވެސް ކަރަންޓް އިގުތިސާދުކުރެވޭނެ ގޮތްތައް ހުރެއެވެ. މިސާލަކަށް، ވާރޭވެހޭ ދުވަސްތަކުގައި ގޭތެރޭގައި ހޭދަކުރާ ވަގުތު ގިނަވާއިރު، ކަރަންޓް ސާމާނު ބޭނުންކުރުމުގައި އިތުރަށް ސަމާލުވެވިދާނެއެވެ. ހަމައެފަދައިން، އަވިދޭ ދުވަސްތަކުގައި ޤުދުރަތީ އަލިކަން ބޭނުންކޮށްގެން ކަރަންޓް ސަލާމަތްކުރެވިދާނެއެވެ.

މިއަދު ދުނިޔެ ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހަކަތައިގެ މައްސަލައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ އަގުތައް އަންނަނީ މައްޗަށް ދަމުންނެވެ. އެހެންކަމުން، ކަރަންޓް އިގުތިސާދުކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ކަރަންޓް އިގުތިސާދުކުރުމަށް އެޅިދާނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ގޭގައި ބޭނުންކުރާ އާންމު ބޮކިތައް އެލްއީޑީ ބޮކިތަކަށް ބަދަލުކުރުމެވެ. އެލްއީޑީ ބޮކިތަކަކީ އާންމު ބޮކިތަކާ އަޅާބަލާއިރު 75 އިންސައްތައަށްވުރެ ގިނައިން ކަރަންޓް ސަލާމަތްކޮށްދޭ ބޮކިތަކެކެވެ. އަދި މި ބޮކިތަކުގެ އުމުރުވެސް ދިގުވެއެވެ.

އޭސީ ބޭނުންކުރުމުގައިވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. އޭސީގެ ފިނިހޫނުމިން 24-25 ޑިގްރީގައި ބެހެއްޓުމަކީ އިންސާނުންނަށް އެންމެ އެކަށީގެންވާ މިންވަރެވެ. މީގެ އިތުރުން، އޭސީ ބޭނުންކުރާއިރު ކުޑަދޮރުތައް ރަނގަޅަށް ބަންދުކުރެވިފައި ހުރިތޯ ބެލުމަކީވެސް މުހިންމު ކަމެކެވެ.

ކަރަންޓް ސާމާނު ބޭނުން ނުކުރާ ވަގުތުތަކުގައި އެތަކެތީގެ ޕްލަގް ނައްޓާލުމަކީވެސް މުހިންމު ކަމެކެވެ. ސްޓޭންޑްބައި މޯޑްގައި ހުންނަ ސާމާނުން ވެސް ކަރަންޓް ބޭކާރުވެއެވެ. އަދި ދުވާލުގެ ވަގުތުތަކުގައި ވީވަރަކުން ޤުދުރަތީ އަލިކަން ބޭނުންކުރުމަށް އިސްކަންދޭންވާނެއެވެ.

މީގެއިތުރަށްވެސް ކަރަންޓް އިގުތިސާދު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން ދޮންނަ މެޝިނާއި ޑިޝްވޮޝަރ ފަދަ ތަކެތި ބޭނުންކުރާއިރު ފުލްކޮށްގެން ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ހަމައެހެންމެ، އަލަށް ކަރަންޓް ސާމާނު ގަންނައިރު އިންވާޓަރ ޓެކްނޮލޮޖީ ބޭނުންކުރާ އޭސީ އާއި ފްރިޖް ފަދަ ތަކެތި ގަތުމަށް އިސްކަންދިނުމަކީ ދުރު މުސްތަގުބަލުގައި ފައިދާކުރާނެ ކަމެކެވެ. އަދި ގޭގެ ފާރުތަކުގައި އަލި ކުލަތައް ބޭނުންކުރުމަކީ ވެސް ގެ އަލިކުރުމަށް މަދު ބޮކި ބޭނުންކޮށްގެން ބޭނުންވާ އަލިކަން ހޯދޭނެ ރަނގަޅު ގޮތެކެވެ. 

މި ހުރިހާ ކަމަކީ ވެސް ކަރަންޓް އިގުތިސާދުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ. މި ކަންކަމަށް ސަމާލުކަން ދިނުމުން ކަރަންޓް ބިލް ކުޑަވެ، ތިމާވެށި ހިމާޔަތްކުރުމަށް އެހީތެރިވެދޭނެއެވެ.

ކަރަންޓް އިގުތިސާދުކުރުމަކީ އަމިއްލަ ފައިސާ ސަލާމަތްކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ކޮންމެ ފަރުދެއްގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން، އަމަލީ ގޮތުން މިކަމަށް މަސައްކަތްކުރަން ޖެހިފައިވާ ދުވަސްވަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ