Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ހިޔާވެހި ފައިނޭންސް ސްކީމް: ޖުލައި މަހު ލޯނު ދޫކުރެވޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރޭ!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުން އިސްނަގައިގެން ފަށާފައިވާ “ހިޔާވެހި ފައިނޭންސް ސްކީމް” ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާ އެކު އެއްބަސްވެފައިވާ ލޯނު ސްކީމްތަކުގެ ތަފުސީލުތައް ވަނީ ހާމަކޮށްފައެވެ. މި ސްކީމަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމަށް ދަތިވާ ފަރާތްތަކަށް މާލީގޮތުން ޙައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެކެވެ.

މި ޕްރޮގްރާމްގެ ދަށުން ލޯނު ހަމަޖެއްސުމަށްޓަކައި، ކަމާބެހޭ މިނިސްޓްރީއާ ބޭންކް އޮފް މޯލްޑިވްސްއާ އެކު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ވަނީ ފަހުމުނާމާގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާއާ އެކު މި ޕްރޮގްރާމް އިފުތިތާހު ކުރީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 05 ވަނަ ދުވަހުއެވެ. އޭގެ ފަހުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 08 ވަނަ ދުވަހު މި ޕްރޮގްރާމުގެ އުސޫލުތައް ގެޒެޓްކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލިއެވެ.

މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު 2025 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު ހަމަވެފައިވާއިރު، ޖުމްލަ 2256 ފޯމު ހުށަހަޅާފައިވެއެވެ. މި ފޯމުތަކުގެ ތެރެއިން “ރަށްވެހި” ސްކީމަށް 1329 ފޯމު، “ސަހަރް” ސްކީމަށް 586 ފޯމު، އަދި “ފަހިމާލެ” ސްކީމަށް 341 ފޯމު ހުށަހަޅާފައިވެއެވެ. މިވަގުތު މި ފޯމުތައް އިވެލުވޭޓް ކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ކަމާބެހޭ ފަރާތުން މައުލޫމާތު ދެއެވެ.

އިވެލުވޭޝަންގެ މަސައްކަތް ނިމުމާއެކު، ފޯމުތައް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށްޓަކައި އެ ފަރާތްތަކަށް ފޮނުވާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ލޯނުތައް ދޫކުރެވޭނީ މިއަހަރުގެ ޖުލައިމަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ އުސޫލުތަކަށް 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހު ވަނީ އިސްލާހު ގެނެސްފައެވެ. މި އިސްލާހުގެ ދަށުން، ތިން ސްކީމަށްވެސް މިނިސްޓްރީއާއެކު ސޮއިކުރާ ބޭންކުތަކުން ލޯނު ދޫކުރާނެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ހިޔާވަހިކަން ހޯދުމުގައި މާލީ ގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް، ލުއި ގޮތްތަކެއް މަގުފަހިވެ، މާލެ ސަރަޙައްދާއި ރާއްޖޭގެ ރަށްތަކުގައި ފަޅު ގޯތިތަކާއި ގެ އަޅަންފަށާ ނުނިމި ހުރި ގޯތިތަކުގެ މައްސަލައަށް ޙައްލެއް ލިބި، ގެދޮރުނެތިފައިވާ ޢާއިލާތަކަށް ގެދޮރުގެ ތަނަވަސްކަންވެސް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ