Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އައްޖަ: ކޮންމެ މަލަކުން ވާހަކައެއް ބުނެދޭ ހުނަރުވެރި ފްލޮރިސްޓް

ad image

ގުޅުންހުރި ލިޔުންތައް

މިއީ ހައްވާ އަޖުފާން ނުވަތަ އެންމެން ދަންނަ ނަމުން ނަމަ އައްޖަ އެވެ. 15 އަހަރު ވަންދެން، އޭނާ މަސައްކަތް ކުރީ ޓޫރިޒަމް ދާއިރާގައި، ފަތުރުވެރިންނަށް ހިނިތުންވުމާއެކު މަރުޙަބާ ކިޔުމުގައެވެ. އެހެނަސް ކޮވިޑާއެކު އެހެންމީހުންނެކޭ އެއްފަދައިން އައްޖައަށްވެސް މަޖުބޫރުވީ ރިސޯޓުގެ ވަޒީފާ ދޫކޮށް މާލެ ބަދަލުވާށެވެ. އައްޖައަށް ނޭނގުނީ މިއީ ހަމައެކަނި ވަޒީފާއަށް އައި ބަދަލެއް ނޫންކަމެވެ. މާލޭގެ މާ ވިއްކާ ފިހާރައެއްގައި ވަޒީފާ އަދާކުރަން ލިބުނު ފުރުސަތާއެކު އައްޖައަށް ދެވުނީ މަލުގެ ދުނިޔެއަކަށެވެ. 3 މަސްވަންދެން އަދާކުރި އެ ވަޒީފާއަކީ ކުޑަކުޑަ ފެށުމެއް ކަމުގައިވިޔަސް، އެ ފެށުމުން އައްޖަގެ ބޮޑު ހުވަފެނެއް ހަގީގަތަކަށްވުމަށް މަގުފަހިވިއެވެ.

ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރަމުން ދިޔަ އިރުވެސް، އައްޖައަކީ އަބަދުވެސް އައު ކަންކަން ކުރާ ހިތްވާ ހުނަރުވެރި މީހެކެވެ. ކުރިންވެސް ޚާއްޞަ ދުވަސްތަކުގައި ރަޙްމަތްތެރިންނާއި އާއިލާ މީހުންނަށް އައްޖަ މާބޮނޑި ތައްޔާރުކޮށްދީ އުޅެއެވެ. މާމެލާމެލިން މާހައުލަށް ބަދަލު ގެންނަ ގޮތާއި، ހަމައެކަނި މަލަކުން މޫނުމަތި އަލިކޮށްލަދޭ ގޮތާއި މެދު އޭނާގެ ހިތުގައި އަބަދުވެސް ޝައުގުވެރިކަން އޮވެއެވެ. އެހެންކަމުން، ކުންފުނީގެ އެހެން ރިސޯޓަކުން ފްލޮރިސްޓެއްގެ ވަޒީފާ ހުށަހެޅުމުން، މަލުގެ ދާއިރާއިން ލިބުނު އެންމެ ތިން މަސްދުވަހުގެ ތަޖުރިބާ އާއެކު އައްޖަ އެ ވަޒީފާ ޤަބޫލުކުރިއެވެ. 

ފްލޮރިސްޓެއްގެ ގޮތުގައި އައްޖަ އުޅޭތާ ހަތަރު އަހަރުވީއިރު މިއަދު އޭނާ އަކީ ހަމައެކަނި މާތައް ރީތިކޮށް ތަރުތީބުކުރާ މީހެއް ނޫނެވެ. އޭނާ މަސައްކަތްކުރަނީ ތަންތަނާއި، މީހުންގެ މޫޑާއި، އަދި އެ މާބޮނޑި ހިފައިގެން ތިބޭ މީހުންގެ ވާހަކަތަކާ އެއްގޮތްވާ ގޮތަށް ޑިޒައިންކުރުމެވެ. ރިސޯޓުގައި، އޭނާ މަސައްކަތްކުރަނީ އިންޓީރިއާ އާއި ގުޅޭގޮތަށް މަލުން ޒީނަތްތެރިކުރުމާއި، ބްރައިޑަލް ބުކޭ ފަދަ މަލުގެ އެކި ޑިޒައިންތައް ތައްޔާރުކުރުމަށެވެ. އެހެންކަމުން އައްޖަ ކޮންމެ މަލެއްވެސް އެތަނެއްގެ ކުލައާއި، ކުރެހުމާއި، ތަނުގެ އާކިޓެކްޗަރ އާއި އެއްގޮތްވާ ގޮތަށް، އާޓެއްގެ ގޮތުގައި ޑިޒައިން ކުރެއެވެ.

“ރާއްޖޭގެ ތަނެއްގައި މާ ބަހައްޓާނަމަ އެ ތަނެއްގައި ވައި ހުންނަ ގޮތާއި، ލޮނު ހުންނަ ގޮތާއި، މިކަހަލަ އެތައް ކަންކަމަށް ވިސްނަންޖެހޭ،” އައްޖަ ބުންޏެވެ. އައްޖަގެ ނަޒަރުގައި މިއީ ފަސޭހަ ކަމެއް ނޫނެވެ. އަދި ރާއްޖޭގައި މަލުގެ މަސައްކަތް ދަސްކުރަން ލިބޭ ފުރުސަތުތައް ވެސް ވަރަށް މަދެވެ. މި ދާއިރާއިން ކިޔަވަން ނިންމި ނަމަވެސް ރާއްޖޭގައި ކިޔެވޭނެ ފުރުސަތެއް ވެސް ނެތެވެ. އެހެންކަމުން، އައްޖަ ނިންމީ އޭނާގެ ޗުއްޓީތައް އުނގެނުމުގެ ދަތުރުތަކަށް ބަދަލުކޮށް، ލޯބިވާ މި ހުނަރު ދަސްކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި އިތުރަށް ކިޔަވާށެވެ.

މިއަދު އޭނާ ހުރީ ބެލްޖިއަމްގެ އިންޓަރނޭޝަނަލް ފްލޯރަލް ސްކޫލެއް ކަމަށްވާ، “ޔޫރަޕިއަން މާސްޓަރ ސެޓިފިކޭޝަން” އިން އިންޓަރނޭޝަނަލް މާސްޓަރ ފްލޮރިސްޓްކަން ހާސިލްކުރުމުގެ މަގުމަތީގައެވެ. މިއީ ރާއްޖެއަށްވެސް އައު ހުނަރެއްގައި ފުރިހަމަ ކުރިއެރުން ހޯދުމަށް އޭނާ އެޅި ހިތްވަރުގަދަ ހިރާސް ފިޔަވަޅެކެވެ.

އައްޖައަށް މި މަސައްކަތަކީ ހަމައެކަނި ރީތި މާބޮނޑި ހެދުމެއް ނޫނެވެ. މިއީ މާނަފުން އެތައް އިހްސާސްތަކާއި ގުޅިފައިވާ ހުނަރެކެވެ. އެގޮތުން އައްޖަ ޤަބޫލުކުރާގޮތުގައި ކޮންމެ ކައިވެނީގެ މާބޮނޑިއަކުންވެސް ކައިވެނިކުރާ ކުއްޖާގެ ޝަޚުޞިއްޔަތު ދައްކުވައިދޭން ޖެހެއެވެ. ސަބަބަކީ އެއީ އޭނާގެ އެންމެ މުހިންމު ދުވަހުގެ ބައެއް ކަމަށްވެފައި އެދުވަހު އޭނާގެ ގާތުގައިވާ އެއް ބައިވެރިއަކަށް އެ މާބޮނޑި ވާތީއެވެ. އެހެންކަމުން ޕިންޓެރެސްޓުން ޑިޒައިންތައް ކޮޕީކުރުމުގެ ބަދަލުގައި، އައްޖަ އިސްކަންދެނީ އޭނާގެ ކަސްޓަމަރުންގެ ވާހަކަތައް އަޑުއަހައި، ހިތާއި، އިޚްލާސްތެރިކަމާއެކު ޚާއްޞަ އެއްޗެއް ޑިޒައިންކުރުމަށެވެ.

ކާލީ ފްލޮރިސްޓް: އާ ފެށުމެއް

ޖުލައި މަހުގެ 1 ވަނަ ދުވަހު، އައްޖަގެ މި ދަތުރުގެ އައު ފިޔަވަޅެއް އެޅިއެވެ. ރީތި ބުޅި އިސްތަށިގަނޑެއްގެ ވެރި އައްޖަ އޭނާގެ އުފަންދުވަހުގެ ހަދިޔާއެއްގޮތުގައި، ވާޗުއަލް ފްލޮރަލް ސްޓޫޑިއޯއެއް ކަމަށްވާ “މިސިޒް ކާލީ ފްލޮރިސްޓް” ލޯންޗްކުރިއެވެ. ފުލްޓައިމް ވަޒީފާގެެ އިތުރުން، އައްޖަ މިހާރު މަސައްކަތް ކުރަނީ އޭނާގެ މި ވާޗުއަލް ފްލޮރަލް ސްޓޫޑިއޯގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށެވެ.

އެގޮތުން އައްޖަގެ އެންމެ ބޮޑު ހުވަފެނަކީ މި ސްޓޫޑިއޯގެ ޒަރިއްޔާއިން ދިވެހި ޒުވާނުންނަށް ފްލޮރިސްޓްރީ ދަސްކޮށްދިނުމެވެ. އައްޖަ ބޭނުންވަނީ އޭނާގެ ހުނަރާއި، މަސައްކަތުން އީޖާދީ ރޫޙު އުފައްދައި، ވަފާތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، އެންމެ ނާޒުކު މަލުންވެސް ވަރުގަދަ މުސްތަޤްބަލެއް ބިނާކުރެވޭނެކަން ޒުވާނުންނަށް ދައްކުވައިދޭށެވެ.

އައްޖައަށްޓަކައި، އޭނާގެ ދަތުރަކީ ހަމައެކަނި މަލެއްގެ ވާހަކައެއް ނޫނެވެ. މިއީ ހިތްވަރުގެ ވާހަކައެކެވެ. ދަތި ނަމަވެސް ދަސްކުރުމުގެ ވާހަކައެކެވެ. މީހުން ނުކުރެވޭނެ ކަމަށް ބުނެފިނަމަވެސް ހިރާސް ނެގުމުގެ ވާހަކައެކެވެ. މިއީ ކުރާހިތުން މަސައްކަތްކޮށްފިނަމަ، އަމިއްލަ ދުނިޔެ ބަދަލުކުރެވޭނެކަމާއި، މާމެލާމެލިން އެހެން މީހެއްގެ ދުނިޔެއަށް އުފާވެރިކަން ގެނެވޭނެކަމަށް ޤަބޫލުކުރުމުގެ ވާހަކައެކެވެ.

“ކޮލިޓީއެއް ހުރެގެން އަމިއްލަ ނަފްސަށް އިތުބާރުކުރާނަމަ، މިއީ ނުކުރެވޭނެ ކަމެއް ނޫން.” އައްޖަ ބުންޏެވެ.

މުސްތަޤްބަލްގައި އައްޖަ އުންމީދުކުރަނީ އޭނާގެ އަމިއްލަ ފިޒިކަލް ސްޓޫޑިއޯއެއް، ދިވެހި ހުނަރުވެރި ޓީމަކާއެކު ބިނާކުރުމަށެވެ. އެއީ ޝައުޤާއި ޢަޒުމުން، އެންމެ ނާޒުކު ހުވަފެންތައްވެސް ފޮޅި، ޙަޤީޤަތަކަށް ހެދިދާނެކަން އެންމެންނަށް ދައްކުވައިދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ