Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. ރައީސް ތަސްދީގު ކުރެއްވީ ގާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މަޖިލީހުގެ ތަޅުމުން މި ބިލު ފާސްކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު 65 މެމްބަރުންގެ ވޯޓާއެކުއެވެ. މިކަމާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ދެއްވާފައެއް ނުވެއެވެ.

މި އިސްލާހުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، މަސްތުވާތަކެތި ބޭނުންކުރާ މިންވަރު މަދުކުރުމެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ވެސް މި ބިލުން މަގުފަހިކޮށްދެއެވެ.

ގާނޫނަށް ގެނައި މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނީ ތިން ހާލަތަކަށް ފެތޭ ބުރަދަން ހުރި މައްސަލަތަކުގައެވެ. އެގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނަބިސް ނުވަތަ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން އެތެރެކުރުމަކީ މަރުގެ އަދަބު ދެވޭނެ ކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކެނަބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއްނަމަ، 100 ގްރާމަށްވުރެ އިތުރު އަދަދަކަށް އެތެރެކޮށްފި ނަމަވެސް މަރުގެ އަދަބު ދޭން ވަނީ ފާސްކޮށްފައެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.

މި އިސްލާހުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރުމުންނެވެ. ނަމަވެސް އިއްތިފާގުން މަރުގެ ހުކުމް ކަނޑަނާޅާނަމަ، އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކޮށްގެން މަރުގެ އަދަބު ނުވަތަ އުމުރު ދުވަހަށް ޖަލު ހުކުމެއް އިއްވާ މީހަކަށް އަބަދު މައާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެ ކަމަށް ވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ