Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އަޒުމާއި ހިތްވަރުގެ ނަމޫނާ ދަތުރެއް: މިއީ މޫނިސާގެ ވާހަކަ!

ad image

ގުޅުންހުރި ލިޔުންތައް

ދިރިއުޅުމުގެ މަގުތަކަކީ އަބަދުވެސް އުސްގަނޑުތަކާއި އަޑިގަނޑުތަކުން ފުރިގެންވާ މަގުތަކެކެވެ. ނަމަވެސް، ކާމިޔާބީގެ އައްސޭރިއަށް ވާސިލުވެވެނީ ވަރުގަދަ އަޒުމަކާއި ކެތްތެރިކަމާއެކު މަސައްކަތްކުރާ މަދު ބަޔަކަށެވެ. ޏ. ފުވައްމުލަކަށް އުފަން މޫނިސާ އަބްދުލްޙަކީމަކީ މިފަދަ ހިތްވަރުގަދަ، ނަމޫނާ ދިރިއުޅުމެއް ބިނާކުރަމުންދާ ކަނބަލެކެވެ. އޭނާގެ ދިރިއުޅުމުގެ ވާހަކައަކީ އުންމީދާއި، މަސައްކަތްތެރިކަމާއި، އަދި އާއިލީ ލޯތްބާއި ގުޅިފައިވާ ފިލާވަޅުތަކުން ފުރިގެންވާ ވާހަކައެކެވެ.

ތަރުބިއްޔަތާއި ތައުލީމީ ބިންގާ

މޫނިސާގެ ކާމިޔާބީގެ ބިންގަލަކީ އޭނާގެ މައިންބަފައިން ދަސްކޮށްދިން އަގުހުރި ފިލާވަޅުތަކެވެ. ވަގުތަށް ކަމޭހިތުމާއި، ނަމާދުތަކަށް ރައްކާތެރިވުމަކީ ކާމިޔާބީގެ ތަޅުދަނޑިކަން އޭނާގެ ބައްޕަ އަބަދުވެސް ހަނދާންކޮށްދެއެވެ. މި އަޚްލާޤީ ސިފަތަކުގެ ސަބަބުން މޫނީސާގެ ކިޔެވުމާއި ވަޒީފާގެ މައިދާނުގައި އޭނާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ. މާސްޓާސް އޮފްއެޑިޔުކޭޝަން ފުރިހަމަކޮށް، މިއަދު އޭނާއަކީ ހާފިޒް އަހުމަދު ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދާ މުދައްރިސެކެވެ.ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރާތާ 13 އަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

“މޫނީއަކީ ކަންކަމުގައި ކެރިގެން ކުރިމަތިލާ އެންމެންނާ ގުޅިގެން މަސައްކަތް ކުރަން އެނގޭ ހީވާގި ޒުވާނެ. އެއީ ތަފާތު ހުނަރުތަކެއް ދެއްވާފައިވާ އަދި ހުނަރުތައް ބޭނުންކޮށްގެން ކުރިއަށްދިއުމަށް މަސައްކަތްކުރާ ކަނބަލެއް. ލަވަކިޔުމާއި، ވާހަކަދެއްކުމާއި، ހުށަހަޅައިދިނުމާއި، ކެމެރާ ކުރުމާއި އެޑިޓްކުރުންފަދަ ހުނަރުތަކަކީ ވަޒީފާގެ މާހައުލުން ފެނިގެންދާ ހުނަރުތައް. ކުރުކޮށް ބުނާކަމަށް ވަންޏާ މޫނިއަކީ ފަސްމީރު ކުރިރުކެކޭ ބުނެވިދާނެ. މޫނިސާއަށް ކިޔަވައިދިން ޓީޗަރެއްގެ އިތުރުން މިހާރު މޫނިސާ އާއި އެކުގައި ވަޒީފާ އަދާކުރަމުންދާ އާމިނަތު ޒުހައިރާ މޫނިސާ އާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ.

މަޖާ މިޒާޖެއްގެ، ކެތްތެރި، އަދި ގުޅިގެން މަސައްކަތްކުރުމަށް ލޯބިކުރާ މޫނިސާއަކީ ވަޒީފަގެ މާހައުލާއި އަދި އެހެނިހެން ކަންކަމުގައިވެސް މީހުންނާއި ގުޅޭ ކެރުންތެރި ކަނބަލެކެވެ. ސިޔާސީ މަސައްކަތުން ފެށިގެން އިޖްތިމާއީ އަދި ދަރިވަރުން ތަރުބިއްޔަތުކޮށް އުނގަންނައިދިނުމަށް ކްލާސްރޫމްތެރޭގައި ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުންދާ މޫނިސާ ދެކޭގޮތުގައި އޭނާގެ ކާމިޔާބީގެ އަސްލަކީ ބައްޕަގޮތަށް ގަޑިއަށް ކަމޭހިތުމެވެ. އެގޮތުން މޫނިސާގެ ބިޒީ ޝެޑިއުލްގެ ތެރެއިންވެސް އޭނާ އެންމެ އަހަމިއްޔަތުކަމެއް ދެނީ ނަމާދު ވަގުތަށް އަދާކުރުމާއެކު ގަޑިއަށް ވަޒީފާއަށް ދިއުމަށް ކަމަށް މޫނިސާ ވިދާޅުފައިވެއެވެ. އަދި މީގެ ނަތީޖާއަކީވެސް މިހާތަނަށް ދުވަހަކުވެސް މޫނިސާ އޮފީހަށް ގަޑި ޖެހިފައިނުވުމެވެ.

” އަޅުގަނޑު ހަނދާންވޭ ބައްޕަ އަޅުގަނޑަށް ދެއްވި ނަސޭހަތެއް. ބައްޕަގެ އުމުރުން 20 އަހަރުން ފެށިގެން ވަޒީފާ އަދާކުރަންފެށި. ބައްޕަ 42 އަހަރު ސަރުކާރަށް ހިދުމަތްކޮށް ރިޓަޔާކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އެވޯޑް ޙާސިލްވެސް ކޮށްފައިވަނީ. 42 އަހަރުވީއރުވެސް ދުވަހަކުވެސް ބައްޕަ ގަޑި ނުޖެހޭ ވާހަކަ އަޅުގަނޑުމެން ގާތު އަބަދުވެސް ވިދާޅުވާނެ. އަދި ވަޒީގައި ވިޔަސް ކޮންމެ ތަނެއްގައި އުޅުނަސް 5 ވަގުތު ނަމާދުކުރޭ. ބައްޕަ ވިދާޅުވާގޮތުން މި ދެ ކަންތަކަށް ސަމާލުކަން ދިނުމަކީ ކާމިޔާބު މީހަކަށް ވުމަށް ކުރަންޖެހޭ ވަރަށް މުހިއްމުކަމެއް.” މޫނިސާ ހަޔާތުގެ މުހިއްމު ސަފުހާއެއް ހަނދާން އައު ކުރައްވަމުން ވިދާޅުވިއެވެ.

މުޖުތަމައަށް ޚިދުމަތްކުރުމާއި ހުނަރުވެރިކަން

މޫނިސާގެ ހަމައެކަނި ކިޔަވައިދިނުމަށް ހުސްވެގެން ހުރި މީހެއް ނޫނެވެ. އޭނާއަކީ މުޖުތަމައުގެ އެކި ހަރަކާތްތަކުގައި އުޅޭ، ހުނަރުވެރި ޝަޚުސިއްޔަތެކެވެ. ޚަބަރު ލިޔުމާއި، ޕްރެޒެންޓްކުރުމާއި، އަދި އިވެންޓްތައް ހޯސްޓްކުރުމަކީ އޭނާ ނުހަނު ޝައުގުވެރިކަމާއެކު ކުރާ މަސައްކަތްތަކެވެ.މީގެ ކުރިންވެސް މޫނިސާ ވަނީ ފުނާޑު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. މިއީވެސް މުޖުތަމައަށް ފައިދާހުރި ކަންކަމުގައި އޭނާ ބަހައްޓާ ޝައުގުވެރިކަން ހާމަވާ ކަމެކެވެ.

“އަޅުގަނޑު ކަންކަން ކުރަނީ ވަކި ތާވަލަކަށް ބަހާލައިގެން. އަޅުގަނޑު ކުރަން ބޭނުންވާކަމެއް ކުރަން ވަގުތު ހުސްކުރާނަން. އަޅުގަނޑަކީ ދިރިއުޅުމުގައި ވަރަށް ބުރަކޮށް ވަރަށް ޗެލެންޖަސްތަކާއި އެކުގައި އައިސްފައި ހުރި މީހެއް ވީމަ އެހާ އުނދަގުލެއް ނޫން ބުރަކޮށް އުޅެމުންވެސް ވަގުތު ހޯދާކަށް. މީހަކު ކަމަކު ބުންޏަސް ނޫނެކޭ ބުނާކަށް އަޅުގަނޑަށް ނުކެރޭނެ. ކޮންމެވެސް ވަގުތެއް ހުސްކޮށްގެން އެކަންކޮށްދޭނަން.” ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޑަބްލިޔުޑީސީގެ މެމްމަބަރު ކަމަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިންވެސް ފާޅުކުރައްވަމުން މޫނިސާާ ވިދާޅުވެފައިވެއެވެ.

ޑަބްލިޔުޑީސީއަށް ކުރިމަތިލުމަށް މޫނިސާ ނިންމި މައިގަނޑު އެއް ސަބަބަކީ އިޖުތިމާއީ ކަންކަމަށް އޭނާގެ ހިތުގައި އޮންނަލޯތްބެވެ. ހަނދާން ހުންނަން ފެށީއްސުރެ ރަށުގެ އިޖުތިމާއީ ކަންކަމުގައި މޫނިސާ ނޫޅޭ ދުވަސްވަރެއް ނުދެއެވެ. އަދި ސްކޫލް ނިންމާފައި ރަށާއި އަވަށު ފެންވަރުގައި ކޮށްފައިވާ ގިނަ އިޖުތިމާއީ ހަރަކާތްތަކުގައި މޫނިސާ ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން ކުޅިވަރު މުބާރާތް ހިންގުމާއި، މާލޭގަިއ އުޅުނު އިރު ވޮލީ، ނެޓް ބޯލް އަދި ބަށި ބޯޅަ ރެފްރީކަންކޮށް އެސްޓީއޯ ބަށި މުބާރާތްތަކުގެ ރެފްރީއެއްގެ (އެނައުންސަރ) ގޮތުގައި ވެސް މޫނިސާ ހަރަކާތްތެރިވެފައިވެއެވެ.

ގޮންޖެހުންތަކާއި ކުރިމަތިލުން

ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައިވެސް އިމްތިހާނުތަކެއް ވެއެވެ. މޫނިސާގެ ދިރިއުޅުމުގައިވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެކަނިވެރި މައެއްގެ ގޮތުގައި ދަރިފުޅު ބަލަމުން ކިޔެވުމާއި ވަޒީފާއަށް ދިއުމަށް ކުރި މަސައްކަތެވެ. ޗެނަލް 13 ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން ޑިގްރީއަށް ކިޔެވި ދުވަސްވަރަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ބުރަ، އެހެނަސް އެންމެ ފައިދާހުރި ދުވަސްތަކެވެ. އޭނާ ޕްރައިމަރީ ޓީޗަރ އެއްގެ ވަޒީފާ ފުރަތަމަ އަދާކުރަންފެށީ ހިރިޔާ ސްކޫލްގައެވެ.ހިރިޔާ ސްކޫލުގައި މަސައްކަތްކުރި ދުވަސްވަރުވެސް، އޭނާގެ އަމާޒަކަށްވީ ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމެވެ.

“ހާލަތު ނިޔާކުރިގޮތުން އަޅުގަނޑުގެ ކުޑަ ދަރިފުޅާއެކު އެކަނި އުޅެން ޖެހުނު ހާދިސާއަކީ އަޅުގަނޑު މި ހުރި ހިސާބަށް އަސްލު ދަތުރުކުރަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު. އަޅުގަނޑު ބޭނުންވީ ހަމައެކަނި އާއިލާ މީހުންނަށް ބަރޯސާނުވެ އަޅުގަނޑާއި ދަރިފުޅަށް ރަނގަޅު މުސްތަގްބަލެއް ހޯދުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް. އެގޮތުން އަޅުގަނޑު ނިންމިން ދަރިފުޅު ޕްރީ ސްކޫލް ނިންމާފައި ޕްރައިމަރީއަށް ދާންވާއިރަށް އަޅުގަނޑު ޕްރައިމަރީ ޓީޗަރަކަށް ވާން. ސަބަބަކީ ދަރިފުޅަށް ކިޔެވުމަށް އެހީތެރކަން ފޯރުކޮށްދީ ދަރިފުޅާއެކު ވަގުތު ހޭދަކޮށް ދަރިފުޅު ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުން. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑަށް އެކަން ކުރެވިއްޖެޔޭވެސް ދެންނެވިދާނެ.” މޫނިސާ ތައުލީމީ ދާއިރާއަށް ވަދެވުނުގޮތް ހިއްސާކުރަމުން ވިދާޅުވިއެވެ.

ނަމަވެސް 2021 ވަނަ އަހަރު މޫނިސާގެ އެންމެ ލޯބިވާ ކޮއްކޮ އެކްސިޑެންޓެއްގައި ވަކިވެ ދިޔަ ހާދިސާ އާއެކު އޭނާގެ މުޅި އާއިލާވެސް ހިތާމައިގެ ކަނޑަކަށް ވެއްޓުނެވެ. މައިންބަފައިންނާއި އަމިއްލަ ހިތްވަރާއެކު ދިރިއުޅުން ކޮޅަށްޖެހި މޫނިސާގެ ކޮއްކޮގެ ވަކިވެދިޔުމަކީ އޭނާގެ ހިތަށް ފުން އަސަރެއް ކުރިމަތިކުރުވި ކަމެކެވެ. މި ހިތާމައާއެކު އޭނާ އެނބުރި އުފަން ރަށަށް ބަދަލުވި ނަމަވެސް، އޭނާގެ މަސައްކަތްތެރިކަމާއި އަޒުމަކަށް ބަދަލެއް ނާދެއެވެ. އާއިލާގެ އެހީތެރިކަމާއެކު އޭނާ ދަނީ ފުވައްމުލަކުގައިވެސް ތައުލީމީ ދާއިރާއިންނާއި އިޖުތިމާއީ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ.

މޫނިސާ ވިދާޅުވިގޮތުގައި ދިރިއުޅުމުގައި މިހާ ހިސާބަށް އާދެވުނުއިރު އޭނާއަށް ވަރަށް ގިނަ ކަންކަން ތަޖުރިބާ ކުރެވި ވަރަށް ގިނަ ކަންކަން ވަނީ ދަސްވެފައެވެ. އަދި މިއަދު އޭނާއަށް ދިރިއުޅުމުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކިތަންމެ ބޮޑު ހިތާމައެއް ނުވަތަ ނާކާމިޔާބީއެއް ކުރިމަތިވި ކަމުގައިވިޔަސް، ކެތްތެރިކަމާއި ހިތްވަރާއެކު ކުރިއަށްދާނަމަ ކާމިޔާބީ ލިބޭނެކަން ކަމަށް މޫނިސާވަނީ ފާހަގަކުރައްވާފައެވެ.

“ދިރިއުޅުމުގައި ކިތަންމެ ފަހަރަކު ދެކެން ބޭނުންނުވި ކިތަންމެ ކަމަކާއި، ނާކާމިޔާބީއާއި ހިތްދަތިކަމާވެސް ކުރިމަތިލާން ޖެހުނު. ނަމަވެސް ކެތްތެރިކަމާއި، ހިތްވަރާއެކު މަސައްކަތްކޮށް، މިއަދު މިވަނީ މާތްﷲ ގެ ހެޔޮ ރަހުމަތުން އަޅުގަނޑު ބޭނުންވި މަންޒިލާއި ހަމަޔަށް އާދެވިފަ. ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ އަޒުމެއް އޮވެގެން ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތްކޮށްގެން.” މޫނިސާ ވިދާޅުވެފައިވެއެވެ.

މޫނިސާގެ ވާހަކައަކީ ކޮންމެ އަންހެނަކަށްވެސް، އަދި ވަކިން ޚާއްޞަކޮށް އަޒުމެއް އޮވެގެން ކުރިޔަށްދާން ބޭނުންވާ ކޮންމެ މީހަކަށްވެސް ބޮޑު ހިތްވަރެކެވެ. ތައުލީމާއި، އާއިލީ ލޯތްބާއި، އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރަކީ ކާމިޔާބީގެ އަސްލުކަން މޫނިސާ މިއަދު ވަނީ ސާބިތުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ