ޏ، ފުވައްމުލަކުގެ ހިތްފަސޭހަ މަގުތަކުން ފެށިގެން ގައުމީ ފެންވަރުގެ ކުޅިވަރު މައިދާންތަކާ ހަމައަށް ފާތިމަތު ޖޫޒާން ޒަރީރު ކުރި ދަތުރަކީ، އަޒުމާއި ހިތްވަރުން ފުރިގެންވާ ދަތުރެކެވެ. ވޮލީބޯޅައަކީ އޭނާގެ ކެރިއަރުގެ މައިގަނޑު ކުޅިވަރަށް ވުމުގެ މާ ކުރިންވެސް، ޖޫޒާން ޅައިރުގެ ހަވީރުތައް ހޭދަކުރީ ބޭރުތެރޭގައި ރައްޓެހިންނާއެކު ކުޅިވަރާއި މަޖަލުގައެވެ. ސްކޫލުގައި އުޅުނުއިރު ނެޓްބޯޅައާއި ދުވުމުގެ މައިދާނުގައި އުޅުނު ކުޑަ އަންހެން ކުއްޖެއްގެ ގޮތުގައި ހުރިއިރުވެސް، އޭނާގެ ހިތުގައި އޮތީ ވަރުގަދަ ހުވަފެނެކެވެ. އެއީ ކޮންމެވެސް ދުވަހަކުން ގައުމީ ޖާޒީގައި ކުޅުމެވެ. އޭނާގެ މަންމަގެ ގާތުގައި ތަކުރާރުކޮށް ބުނަމުންދިޔަ އެ ވައުދު، އޭނާގެ ސާބިތުކަމުގެ ބިންގަލަށް ވެގެންދިޔައެވެ. އަދި އުމުރުން ފުރާވަރުގެ ފަހު އަހަރުތަކުގައި މާލެއަށް ބަދަލުވުމަށް ނިންމި ނިންމުމަކީ އުނދަގޫ ނަމަވެސް، އޭނާގެ ޕްރޮފެޝަނަލް ކުޅިވަރުގެ ހަޔާތް ފެށުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިއަދު ޖޫޒާންގެ ކެރިއަރަކީ ކެތްތެރިކަމާއި ފުރިހަމަކަމުގެ ނަމޫނާއެކެވެ. ވޭތުވެދިޔަ 14 އަހަރަށްވުރެ ގިނަ ދުވަހު ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ އިތުބާރު ސެޓަރެއްގެ ގޮތުގައި ހުރި ޖޫޒާން ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. ސެޓަރަކަށް ހޯދަން އުނދަގޫ އަދި މަދު ފަހަރަކު ނޫނީ ނުލިބޭ ޝަރަފެއް ކަމަށްވާ ސުޕަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ މިއަހަރު ވަނީ ހޯދާފައެވެ. މީގެ އިތުރުން، ކާވާ (ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން) ގެ ދެ މުބާރާތެއްގައި އެންމެ މޮޅު ސެޓަރުގެ މަގާމު ހޯދައި، އޭނާގެ މުޅި ކެރިއަރުގައިވެސް “ބެސްޓް ސިކްސް” ގައި ގަވާއިދުން ހިމެނިފައިވެއެވެ. އަދި 2017 ވަނަ އަހަރު އެންމެ މޮޅު ވޮލީކުޅުންތެރިޔާ މަޤާމް ހާސިލްކުރުމުގެ އިތުރުން ޖޫޒާންގެ މި ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2024 ވަނަ އަހަރުގެ ވޮލީއިން “ސްޕޯޓްސްވުމަން އޮފް ދަ އިޔާ” ގެ ލޯ މެޑަލް ވަނީ އަރުވާފައެވެ. މިއީ ހަމައެކަނި އޭނާގެ އަމިއްލަ ހުނަރުގެ ނަތީޖާއެއް ނޫނެވެ. އެއީ ދިވެހި ވޮލީބޯޅައަށް އޭނާ ވެދީފައިވާ ދިގު މުއްދަތުގެ ހިދުމަތުގެ ރަމްޒެކެވެ. އޭނާގެ މި ދަތުރަކީ ގުރުބާނީއާއި، ހިތްވަރާއި، އަދި ގައުމަށްޓަކައި ކުޅުމަށް ދެކުނު ހުވަފެނަށް އޮތް މުޅި އުމުރުގެ އިހުލާސްތެރިކަމުގެ މިސާލެކެވެ.

ވޮލީބޯޅައިގެ ދާއިރާއަށް ވަދެވުނީ ކިހިނެއް؟ އަދި މި ކުޅިވަރު ސީރިއަސްކޮށް ކުރިއަށް ގެންދަން ހިތްވަރު ލިބުނީ ކޮން ކަމަކުން؟
ޖޫޒާން: ވޮލީ ދާއިރާއަށް ވަދެވުނު ގޮތަކީ ކުޅިވަރުގެ ފެމިލީއަށް ތެރެއަށް ހަމަ އުފަންވެފައި މަންމަވެސް، ބައްޕަވެސް، އަންކަލްސް އެންޑް އާންޓްސް އަދި މަންމަ ސައިޑް ވިޔަސް ބައްޕަ ސައިޑް ފެމިލީއަށް ބެލިޔަސް، ދެ ސައިޑް ފެމިލީގައިވެސް ހަމަ އެންމެންނަކީވެސް ހަމަ ފެށުނީއްސުރެ އަބަދުވެސް ކޮންމެވެސް ކުޅިވަރެއްގައި އުޅޭ މީހުން. އެ ފެމިލީއަށް އުފަން ވީމަ އަސްލު ދެން ސްޕޯޓްސްއަކީ ހަމަ ޕާޓް އޮފް ލައިފްއަށް ވެފައި އިނީ…. އަނެއްހެން ދެން ކެރިއާއެއްގޮތަށް ސީރިއަސްކޮށް ކުރިއަށް ގެންދަން ހިތްވަރު ލިބުނީ ނެޝަނަލް ޓީމަށް ފުރަތަމަ ކުޅެން ޗާންސް ލިބުން ހިސާބުން…
ކުޅިވަރުގެ ކެރިއަރުގައި އެންމެ ބޮޑަށް ހިތްވަރުދިނީ ފޯރުވީ ކޮން ފަރާތަކުން؟
ޖޫޒާން: ހިތްވަރު ބޮޑަށް ލިބެނީ އަބަދުވެސް މަންމައާއި ބައްޕައާއި ދެން ފެމިލީ ދެން އެންމެ ގާތް ދެ ރައްޓެހިން – ސަހާ، ސާރާ… މި ދެ ރައްޓެހިންނަކީ އަބަދުވެސް ވަރަށް ހިތްވަރުދޭ ދެމީހުން…!


އާންމުކޮށް ތަމްރީނުތައް ކުރިއަށްދާ ގޮތަކީ ކޮބާ؟
ޖޫޒާން: އޭރު އެންމެ ބޮޑު ކަމަކަށް ވެފައި އިންނަނީ އަސްލު މާލޭގައި އުޅެން ވީމަ… ޖޫޒްމެން މީ ހަމަ ރާއްޖެ ތެރޭ ކުދިން ދޯ؟ ދެން މާލެ އައިސް އުޅެންވީމަ އެއީ ދެން އަސްލު އެންމެ ބޮޑު ކަމަކަށްވީ.. އެކަމަކު ފަހުން ސަރުކާރުން ކޮންމެވެސް ވަރެއްގެ މުސާރައެއް ދޭން ފެށިފަހުންވެސް އެ ކަންތައްތައް ވަރަށް ބޮޑަށް ހަމައަކަށް އެޅިގެންދިޔަ…! އޭރު އެންމެ ބޮޑަށް ދިމާވި ގޮންޖެހުމަކީ އެއީ – މާލޭގަ އަސްލު ސަވައިވްވާން ނެގި ޓައިމް…!
ވޮލީ ކުޅުންތެރިއެއްގެ ގޮތުގައި ކުރިމަތިވި އެންމެ ބޮޑެތި ގޮންޖެހުންތަކަކީ ކޮބާ؟ އަދި އެކަންކަމުން އަރައިގަތީ ކިހިނެއް؟
ޖޫޒާން: އެންމެ ދެރަވަނީ މިދިޔަ އަހަރު ކާވާ ފައިނަލް މެޗު ފަސް ސެޓަށް ގޮސްގެން ކިރިގިސްތާން ކައިރިން ބަލިވި ދުވަސް…! އަބަދުވެސް ހަނދާންވާ ދުވަހަކީ އަނެއް މިއަހަރުގެ ކާވާގައި ކިރިގިސްތާން ކައިރިން ލީގު ބުރުގަ ތިނެއް އެކަކުން މޮޅުވި މެޗު…! އެއީ ވަރަށް ހެޕީ މިކްސްޑް އިމޯޝަންސް ދެން އަސްލު އެ ސިކްސް ޔާޒް ފަހުން އެ މީހުން ކައިރިން މޮޅުވެވުނީމަ، މިދިޔަ އަހަރު ބަލިވެފައި – ލީގު ބުރުންވިޔަސް އެ މީހުން ކައިރިން މޮޅުވެވުނީމަ ދެޓް ވޯޒް ހަމަ ވަރަށް މިކްސްޑް އިމޯޝަންސް އައި ދުވަހެއް….!
މިހާތަނަށް ކެރިއަރުގައި ކުރިމަތިވި އެންމެ ހަނދާން އާވާ މެޗަކީ ނުވަތަ ވަގުތަކީ ކޮބާ؟
ޖޫޒާން: މިއަހަރުގައި ސުޕަ ލީގްގަ މޮޅު ކުޅުންތެރިޔާ ލިބުނީމަ ވަރަށް އުފާވި… ސެޓަރަކަށް އަސްލު އެ މަގާމު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް…! ދެން ދެން ކެރިއާގައި ބަލަންޏާ ކާވާ ދެ މުބާރާތުގައިވެސް ޖޫޒްއަށް އިންނާނެ ބެސްޓް ސިކްސް ލިބިފަ… ދެ މުބާރާތުގައިވެސް ބެސްޓް ސެޓަރ ލިބުނީމަ ވަރަށް އުފާވި… އިންޑިވިޖުއަލް އެވޯޑަކަށް ބަލަންޏާ ވަރަށް ހިތްހަމަޖެހޭ ދެފަހަރު އެއީ — ނޭޝަނަލް ޓީމް ރެޕްރެސެންޓް ކުރަމުން އެ ލިބުނީމަ ވަރަށް އުފާވި…. ދެން ކުޅެން ފެށިފަހުންވެސް ބެސްޓް ސިކްސްއަށް ނާރައެއް ނުހުންނާނެ…


ކުޅިވަރާއި އަމިއްލަ ދިރިއުޅުން އަދި ކިޔެވުން ނުވަތަ ވަޒީފާ އަދާކުރާނަމަ އެކަންކަން ބަލަހައްޓަނީ ކިހިނެއް؟
ޖޫޒާން: އެމްޕީއެލް އަބަދުވެސް ޖޫޒާ ވަރަށް ސަޕޯޓިވް… މުބާރާތެއް ކުޅެން ޕްރެކްޓިސްއަށް ދާން ފަށާ ހިސާބުން ވަރަށް ސަޕޯޓިވް…! ޕްލަސް ފިރިމީހާ ހަމަ ވަރަށް ސަޕޯޓިވް… ހުރިހާ މުބާރާތްތަކަށްވެސް، ކުޅެން ޕްރެކްޓިސްއަށް ދާ ހިސާބުން އޭނަވެސް އުޅެނީ ބީޗް ގައުމީ ޓީމުގަ… ދެން ދެ މީހުން ޕްރެކްޓިސްއަށް ދާއިރުވެސް ވަރަށް ހެލްފްފުލް…!
ކުޅިވަރުގެ ދާއިރާއިން ކުރިމަގުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ކޮބާ؟
ޖޫޒާން: ހަމަ ގޯލްޑެއް ނެޝަނަލް ޓީމާއެއްކޮށް…! އެއީ މިހާރު ތިން ސިލްވާ ލިބިއްޖެ… އެހެންވީމަ ގޯލްޑެއް ޓާގެޓަކީ…!
ޖޫޒާން ޤަބޫލުކުރާ ގޮތުގައި ވޮލީބޯޅައިގައި ކާމިޔާބު ހޯދުމަށް އެންމެ މުހިންމީ ކޮން ހުނަރުތަކެއް؟
ޖޫޒާން: ކޮމިޓްމަންޓާ ހާޑްވޯކް… ދެން މަސައްކަތްދޯ..؟ އެމީހަކު ޕްރެކްޓިސް އެއްގައި ވިޔަސް ޕްރެކްޓިސް އިން ބޭރުގައި ވިޔަސް ކުރާ މަސައްކަތް ހުރިހާ ވެސް އެއްޗަކީ…!
ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާން އެތުލީޓުންނަށް، ޚާއްސަކޮށް ރާއްޖޭގެ އަންހެން ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ނުވަތަ ނަސޭހަތަކީ ކޮބާ؟
ޖޫޒާން: އަސްލު ފުރަތަމަ ކޮޅުގައި ކޮންމެ ކަމެއް ކުރަން ވީމަވެސް އަސްލު ވަރަށް އުދަގޫވާނެ، ވަރަށް ޗެލެންޖަސްއާ ކުރިމަތިލާން ޖެހޭނެ… އެކަމަކު ހިތްވަރު އެލުވާނުލާ، އަސްލު އެ ސެކްރިފައިޒް ކެރިގެން ކޮށްފިއްޔާމުން އިރާދަކުރެއްވިއްޔާ އޭގެ ފޮނި މީރުކަން ލިބޭނޭ… އަސްލު ފަސްނުޖެހޭށޭ ބުނާނީ… އެ ސެކްރިފައިޒް ކުރަން ބޭނުންވާ ކުއްޖަކަށް ފިއުޗާ އޮތް ކަމެއް ވޮލީއަކީ.. އެހެންވީމަ ގިވްއަޕްް ނުކޮށް ރަނގަޅު ޑިސިޕްލިންއެއްގައި ކޮމިޓްމަންޓާ އެއްކޮށް މަސައްކަތް ކޮށްފިއްޔާ ކުރިއަށް ދެވޭނެ… ރާއްޖޭގައި ކުރިއަށް ދެވޭނެ ކުޅިވަރެއް ވޮލީއަކީ…!
“ޖޫޒް ޝުކުރު އަދާކުރަން ބޭނުންވޭ، މައި ފެމިލީ، މައި ހަސްބަންޑް އެންޑް މައި ފްރެންޓްސް…! އަސްލު އެ މީހުންނާއި ނުލައި މި ހިސާބަށް ހަމަ ނާދެވޭނޭ ބުންޏަސް ދޮގަކަށް ނުވާނެ…! ހަމަ ވަރަށް ސަޕޯޓް ލިބޭ…! އަސްލު ދެން ފޭންސް އާއި ޖޫޒްއަށް ހެޔޮ އެދޭ ހުރިހާ އެންމެންނަށް ހަމަ ވަރަށް ބޮޑަށް ތެންކިޔު… އެންމެންގެ ސަޕޯޓާ ނުލާ ހީނުވޭ މި ހިސާބަށް އާދެވޭނެހެން – އާދެވުނީމަ ހަމަ ތެންކިޔު! އައި ކުޑާންޓް ހޭވް ޑާން އޯލް ޑިސް ވިތައުޓް ދެމް!” – ޖޫޒާން



