Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އެޗްޑީސީގެ ރިހިޔޫބިލް ފާހަގަކުރުމަށް މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހާއި ހަމަޔަށް ގިނަ ހަރަކާތްތަކެއް!

ad image

ގުޅުންހުރި ލިޔުންތައް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރޭ ރިހިޔޫބީލް ފާހަގަކުރުމަށްޓަކައި 2026 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ބޮޑު ޕީއާރު ޕްލޭނެއް އެ ކުންފުނިން އިފްތިތާހުކޮށްފިއެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ ތަރައްގީކުރުމުގައި އެޗްޑީސީން ކުރި ބުރަ މަސައްކަތާއި، މުޖުތަމައުގެ ބައިވެރިވުން ފާހަގަކުރުމެވެ.

މި ޕްލޭންގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ 2026 މާރިޗު މަހު ބާއްވާ ‘ފައުންޑާސް ޓްރިބިއުޓް’ އަދި ‘ސިލްވަރ ވޯކް’ އެވެ. މިއީ އެޗްޑީސީ ބިނާކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި، ގިނަ ދުވަސްވީ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ހިންގާ ޑިޖިޓަލް ކެމްޕޭނެކެވެ. އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ގާލާ އިވެންޓެއްގައި ‘އަހަރެންގެ ހުޅުމާލެ’ ފޮތް ނެރުމާއި، ދާއިރާގެ އިސް ފަރާތްތަކަށް އެވޯޑް ދިނުން އޮންނާނެއެވެ.

މޭ މަހުގެ ތެރޭގައި ‘މައި ހުޅުމާލެ ފެސްޓިވަލް’ ބޭއްވުމަށް ވަނީ ރޭވިފައެވެ. މިއީ ހުޅުމާލޭގެ ސަގާފަތާއި، ހުނަރުވެރިކަން އަދި ކުދި ވިޔަފާރިތައް ދައްކާލުމަށް ބާއްވާ ކުލަގަދަ ފެސްޓިވަލެކެވެ. މީގެ އިތުރުން ‘ސިލްވަރ ވޮއިސް’ ގެ ނަމުގައި ހުޅުމާލޭގެ ރައްޔިތުންގެ ޝުއޫރުތައް ހިމެނޭ ސިލްސިލާއެއް ވެސް މޭ މަހު ފެށޭނެއެވެ. ޖޫން މަހަކީ މުވައްޒަފުންގެ އަހަރީ ދުވަސް ފާހަގަކުރާ މަސް ކަމުގައިވާއިރު، ނޮވެމްބަރު މަހު ކުޑަގިރީގައި މުވައްޒަފުންގެ ރިޓްރީޓެއް ބޭއްވުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

މި އުފާވެރިކަމުގެ ތެރެއިން ޖުލައި މަހު ބާއްވާ މިނިވަން ދުވަހުގެ ފުޅަނދުބުރުގައި އެޗްޑީސީން ބައިވެރިވާއިރު، އަދި އޮގަސްޓް މަހު އާޓް ފެސްޓިވަލެއް އަދި އޮކްޓޫބަރު މަހު އާއިލާތަކަށް ޚާއްސަ ބޮޑު ކާނިވަލެއް ބޭއްވުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

މި ހަރަކާތްތައް ނިންމާލުމުގެ ގޮތުން ޑިސެމްބަރު މަހު ‘ރީވައިންޑް 2026’ ގެ ނަމުގައި މުޅި އަހަރުގެ ހަރަކާތްތައް ފެނިގެންދާނެ ވިޝުއަލް ކެމްޕޭނެއް ކުރިއަށްދާނެއެވެ. އެޗްޑީސީން ބުނި ގޮތުގައި މި ހުރިހާ ހަރަކާތްތަކެއް ކުރިއަށްދާނީ މީޑިއާ ޕާޓްނަރުންނާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ވަރަށް ފުޅާދާއިރާއެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ