Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އެޗްޑީސީގެ ވޭތުވެދިޔަ ތިން އަހަރު: ބޯހިޔާވަހިކަމުގެ ލުއިތަކާއި، ބިޔަ މަޝްރޫއުތަކުން ރައްޔިތުންނަށް އުފާވެރިކަން

ad image

ގުޅުންހުރި ލިޔުންތައް

ވޭތުވެދިޔަ ތިން އަހަރަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ފާހަގަކޮށްލެވޭ ހެޔޮ ބަދަލުތަކެއް ގެނެސްދިން ދުވަސްތަކެކެވެ. ކޮންކްރީޓް އިމާރާތްތަކެއް ބިނާކުރުމުގެ އިތުރުން، އާއިލާތަކުގެ ޖީބަށް ބޮޑެތި ލުއިތަކެއް ހޯދައިދިނުމާއި، ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތައް ހިންގުމާއި، މުޖުތަމައުގެ އެންމެން ޝާމިލުވާ ހިތްފަސޭހަ ވެއްޓެއް ބިނާކުރުމަށް އެ ކޯޕަރޭޝަނުން ވަނީ ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކޮށްފައެވެ.

އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން އަތްފޯރާ ފަށަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެޗްޑީސީން ވަނީ މާލީ ބޮޑެތި ލުއިތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓުން 50 އިންސައްތައިގެ ޑިސްކައުންޓެއް ދީ، މަހު ކުލިން 4,200 ރުފިޔާ އުނިކޮށްދީ، އިންޓަރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ވަނީ ދަށްކޮށްފައެވެ. އަދި 2024 ގެ ޖަނަވަރީން ފެށިގެން ހިޔާގެ ކޮންމެ ފްލެޓަކުން އެވްރެޖްކޮށް 200,000 ރުފިޔާ އުނިކޮށްދީ، ހަތް އަހަރު ދުވަހުގެ މުއްދަތަށް މަހު ކުލި 4,984.21 ރުފިޔާއަށް ކުޑަކޮށްދިނުމުގެ އިތުރުން، ހުޅުމާލެ ފޭސް 1 ގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލިން 20 އިންސައްތައިގެ ޑިސްކައުންޓެއް ވަނީ ދީފައެވެ.

ގެދޮރުވެރިކަމާއި އިގުތިސާދީ މަސައްކަތްތަކަށް ޖާގަ ތަނަވަސްކުރުމަށް ހިންގި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން، ތާރީޚީ “ރަސްމާލެ” މަޝްރޫއުގެ ދަށުން 2026 ނޮވެންބަރު 10 ގެ ނިޔަލަށް ވަނީ 713.43 ހެކްޓަރުގެ ބިން ހިއްކާފައެވެ. މީގެ އިތުރުން ‘ބިންވެރިޔާ’ ސްކީމްގެ ދަށުން ދޫކުރާ ގޯތިތަކަށް ހުޅުމާލެ ތިންވަނަ ފިޔަވަހިން 63 ހެކްޓަރު އަދި ތިލަފުށި ދެވަނަ ފިޔަވަހިން 117 ހެކްޓަރު ހިއްކައި، އިތުރު 102 ހެކްޓަރު ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

އަތޮޅުތެރޭގެ ތަރައްގީއާއި އިޖުތިމާއީ ޚިދުމަތްތައް ފުޅާކުރުން

ހަމައެކަނި މާލެ ސަރަހައްދަށް ބަރޯސާނުވެ އަތޮޅުތެރޭގައި ބޯހިޔާވަހިކަން ފުޅާކުރުމަށް، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 3,960 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއުތައް ކުރިއަށްދަނީ ކުޅުދުއްފުށި ސިޓީއާއި، ހދ. ހަނިމާދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ށ. މިލަންދޫ، ރ. ދުވާފަރު، ޅ. ނައިފަރު އަދި އައްޑޫ ސިޓީގައެވެ. އަދި މަތީ ތައުލީމަށް މާލެ އަންނަ ދަރިވަރުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި އަޅާ 198 ޖާގައިގެ “އެކުވެހި” ސްޓޫޑެންޓް އެކޮމޮޑޭޝަން ވަނީ ބޭނުންކުރަން ފެށުމާ ގާތްވެފައެވެ.

އިޖުތިމާއީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި 32 ރަށެއްގައި ކުޑަކުދިންގެ ޕާކު އަދި 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ފަށައި، އޭގެ ތެރެއިން 41 ޖިމް ވަނީ ނިންމާފައެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ ގައުމީ ޕްރޮގްރާމްގެ ތެރެއިން 2028 ގެ ނިޔަލަށް އެއް މިލިއަން ގަސް އިންދުމަށް ވެފައިވާ ވައުދުގެ ދަށުން މިހާތަނަށް 115,377 ގަސް އިންދައި، ފަރުކޮޅުފުށްޓާއި ލ. ގަމުގައި ނާސަރީތައް ގާއިމުކޮށް، މުރަކަ އިންދުމުގެ ޕްރޮގްރާމްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިރިއުޅެން ފަސޭހަ، ފުރިހަމަ ޝަހަރަކަށް ހުޅުމާލެ ހެދުން

ހުޅުމާލޭގައި ހުއްޓިފައި ހުރި މުހިންމު މަޝްރޫއުތައް ނިންމުމުގެ ތެރެއިން، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ހަވާލުކުރުމާއި، ގިނަ ދުވަސްތަކެއް ވަންދެން ނުނިމި އޮތް “މޭންހަޓަން ގްރޭންޑް ހޮޓެލް” ހުޅުވުން ހިމެނެއެވެ. އަދި އެޗްޑީސީގެ 400 އަށްވުރެ ގިނަ މުވައްޒަފުންނަށް ޚާއްސަ “ހިޔާ ވެހި” ފްލެޓްތައް ހަވާލުކޮށް، ހިޔާގެ 16 ޓަވަރުގައި އިތުރު 32 ލިފްޓް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ކުރިމަގުގެ ތަރައްގީއަށްޓަކައި އެފޯޑަބަލް ހައުސިންގއަށް 10,500 ޔުނިޓް އެޅުމަށާއި، ސިއްހީ، ތައުލީމީ، ކުޅިވަރު އަދި ސަލާމަތީ އެކި ޚިދުމަތްތަކަށް ހުޅުމާލެއިން ވަނީ ބިންތައް ކަނޑައަޅައި ދޫކޮށްފައެވެ.

ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް 88 ސްޕީޑް ބަމްޕަރާއި އާ ރައުންޑްއެބައުޓްތައް ހަދައި، މަގުތައް މަރާމާތުކޮށް، އެންވަން ސްޕޯޓްސް ޕާކާއި، ފިތުރޯނު ޕާކު، ސްޓެލްކޯ ޕާކު އަދި ވިނަރެސް ޕާކު ފަދަ އާންމު ހިތްފަސޭހަ މައިޒާންތައް ވަނީ ތަރައްގީކޮށްފައެވެ. މި މަސައްކަތްތަކާ އެކު، އެޗްޑީސީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފަސޭހަ އަދި ރައްކާތެރި މާހައުލެއް ފަހިކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ