- Advertisement -ad image

އިމްލާޤް ކިޑްނީއެއްގެ އިންތިޒާރުގައި! އެދެނީ އާއްމުންގެ ދީލަތި އެހީއަށް

ad image

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ޒިންމާދާރު މަގާމެއް ފުރަމުންދާ އިބްރާހިމް އިމްލާޤު އަކީ ވަރަށް ސާދާ ދިރިއުޅުމެއް އުޅެމުންދިޔަ ޒުވާނެކެވެ. ކައިވެންޏެއް ކޮށް އާއިލާއެއް ބިނާ ކުރަމުންދިޔަ އިމްލާޤުގެ ދިރިއުޅުން ބަދަލުވީ ދާއިމީ ބައްޔެއް ކަމަށްވާ “އޭޖީއައި ނެފްރޮޕަތީ” ހުރި ހިސާބުންނެވެ.

ކިޑްނީ ފެއިލްކޮށްލާ މި ބައްޔަކީ ބޭހާއެކު ވެސް ބަލިން ފަސޭހަވުމުގެ ފުރުސަތު ކުޑަ ބައްޔެކެވެ. އެހެންނަމަވެސް މި ބަލީގެ ސަބަބުން އިމްލާޤުގެ ހިތްވަރު ގަދަ އަޒުމަކަށް ބަދަލެއް ނާދެއެވެ. ބައްޔާއެކު އުޅެން ދަސްކުރުމަށް އިމްލާޤު ކަޑައްތުކޮށްފައިވަނީ އުނދަގޫ ދުވަސްތަކެކެވެ.

މިހާތަނަށް އިމްލާޤުވަނީ އެކި ފަހަރުމަތިން ރާއްޖެއާއި ރާއްޖެއިން ބޭރުން މި ބައްޔަށް ފަރުވާ ހޯދާފައެވެ. ހާަލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދާތީވެ، ބޭހުގެ ޑޯޒުމަތިކުރަން ޖެހޭ ފަހަރުތައްވެސް އާދެއެވެ. މީގެ ސަބަބުން އިމްލާޤުގެ ދިފާއީ ނިޒާމު ދަށްވެ، ގިނަ ސައިޑް އިފެކްޓުތަކާއި އުނދަގޫތައް އޭނާ ދިޔައީ ތަހަންމަލް ކުރަމުންނެވެ.

ބައްޔާއެކު އުޅެން ދަތިވެ، އިމްލާޤުއަށް ޑޮކްޓަރުންވަނީ ޑަޔަލަސިސް ހެދުމަށް އަންގާފަ އެވެ. ނަމަވެސް ރާއްޖޭގައި ޑަޔަލަސިސް ހެދުމސް ގިނަ ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. ރާއްޖޭގައި ކިޑްނީ ބައްޔަށް ޚާއްސަ ޑޮކްޓަރުން މަދުވުމާއި، ޑޮކްޓަރުގެ އެޕޮއިންޓުމަންޓެއް ހޯދުމަށް ގިނ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުމަކީ މި ބަލި ތަހައްމަލްކުރަމުންދާ އެތައް ބަޔަކަށް އޮތް ބޮޑު ތަކުލީފެކެވެ.

އިމްލާޤު އާއި އޭނާގެ އާއިލާއިން މިހާރު މަސައްކަތްކުރަމުންދަނީ ކިޑްނީ ޓްރާންސްޕްލާންޓު ހެދުމަށް ޑޯނަރެއް ހޯދުމަށެެވެ. މި ބައްޔަށް އޮތް ދާއިމީ ބައްޔަކީ މިއީ ކަމުން މިހާރު އޭނާ އިންތިޒާރުކުރަމުން ދަނީ ކިޑްނީ ޓްރާންސްޕްލާންޓު ކުރުމަށް ޑޯނަރެއް ލިބޭނެ ދުވަހަކަށެވެ.

މި ބައްޔަށް ބޭނުންވާ ހަރަދުތައް ހަމަޖައްސަމުންދަނީ އަމިއްލަ ޖީބުންނެވެ. މީގެއިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެލްފެއަރގެ އެހީތެރިކަމާއި، ދީލަތި ފަރާތްތަކުން ދޭ އެހީތެރިކަން އިމްލާޤު ވަނީ ފާހަގަކޮށްފަ އެވެ.

އިމްލާޤު ކުރީގެ ދިރިއުޅުމަށް ރުޖޫއަވުމަށް އާންމުންގެ އހީތެރިކަން ނުހަނު ބޮޑަށް ބޭނުންވެއެވެ. އަދި ބައްޔަށް ދާއިމީ ފަރުވާއެއް ލިބެންދެން، އެހީތެރިކަން ފޯރުކޮށްދިނުމަކީ އިމްލާޤުގެ ވަރަށް ބޮޑު އެދުމެކެވެ.

އިމްލާޤަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ފުޅުވާ ފަރާތްތަކުން
އިބްރާހިމް އިމްލާޤް 9792005 ފޯން އަދި އައިމިނަތު ޝިރުޙާނާ 9692005 އަށް ގުޅުއްވުމަށް
7770000061789 ޑޮލަރ އެކައުންޓް
7770000068928 ރުފިޔާ އެކައުންޓް
‏Ibrahim Imlaq

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ