- Advertisement -ad image

އެޕިލެޕްސީއަަށް ފަރުވާ ހޯދަމުންދާ ތުއްތު ހުއިޒަލްއަށް އެހީގެ އަތެއް ފޯރުކޮށްދެއްވާ!

ad image

ގުޅުންހުރި ލިޔުންތައް

އުމުރުން 6 އަހަރުގެ ހުޒައިލް ބިން ހޫދް އަބްދުލް ޤަފޫރު އަކީ ރެހެނދި ސްކޫލްގެ ގްރޭޑް އެކެއްގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެކެވެ. އެހެންކުދިންނެކޭ އެއްގޮތަށް މި އުމުރުގައި ކުޅެލާ މަޖާކޮށް އަދި މޮޅަށް ކިޔަވުމަކި ހުޒައިލްވެސް ދެކޭ ހުވަފެނެކެވެ. ނަމަވެސް މި ހުރިހާކަމަކަށް އެޅޭ ހުރަހަކީ ނޭނިގި ހުއްޓައި ހުޒައިލްއަށް ފިޓު ޖެހުމެވެ.

އެޕިލެޕްސީ ނުވަތަ ދިވެހިންގެ ތެރޭގައި އާންމު ބަހުންނަމަ ފިޓު ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ސިކުނޑިއަށް ސިގްނަލް ފޮނުވައިދޭ ނިޒާމަށް ކޮންމެވެސް ގޮތަކުން ބުރުއެރުމެވެ. މިހެން ވެއްޖެނަމަ ސިނކުޑީގެ ބައެއް ފުރިހަމައަށް މަސައްކަތް ކުރަން ހުރަސްއަޅަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފިޓު ޖެހުމަށް މެދުވެރިވެ އެވެ.

ހުޒައިލްއަށް ދިމާވަނީ މިފަދަ ގޮތެކެވެ. ކުރިން ފިޓް ޖެހޭއިރު އެނގުނު ނަމަވެސް މިހާރު ނޭނގި އެތައް ފަހަރަކު ފިޓް ޖެހޭކަމަށް ހުޒައިލްގެ މަންމަ ވަފާ އަބްދުالله ބުންޏެވެ.

“މިހާރު ފިޓު ޖެހޭއިރު ނޭނގެ ޖެހޭކަމެއް . އެހެން ހުރެފަ ސިއްސައިގެންދަނީ. ދެން އެއްވެސް ހަރަކާތެއް ނުކޮށް 5-6 ސިކުންތައް ހުއްޓިފަ ހުރޭ. އެހެން ހުރެފަ އޯކޭ ވަނީ. ޑޮކްޓަރަށް ދެެއްކީމަ އެނގެނީ ފިޓް ޖެހިފަ ހުރިކަން.” ވަފާ ބުންޏެވެ.

ހުޒައިލްގެ ހުރި އެޕިލެޕްސީ ބައްޔަށް ފަރުވާ ކުރުމަށް ވަފާމެންވަނީ 4 ފަހަރު އިންޑިޔާއަށް ގޮސްފަ އެވެ. އެހެންނަމަވެސް ފިޓުޖެހެން ދިމާވާ ސީދާ ސަބަބު އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. ކޮންމެ ފަހަރަކުވެސް ޑޮކްޓަރުން ހުޒައިލަށް ދެނީ ބާރުގަދަ ބޭސް ތަކެކެވެ.

ދާއިމީކޮށް މި ބައްޔަށް ބޭސް ކެއުމަށް މަޖުބޫރުވެފައިވާ ހުޒައިލަށް މިހާރު ބޭހުންވެސް އަސަރެއް ނުކުރެއެވެ. ސަބަބަކީ ފިޓު ޖެހޭތީވެ، މި ބޭސްތައް ހަށިގަނޑުގެ ތެރޭގައި ދައުރުކުރަން ޖެހޭވަރަށް ދައުރު ނުވާތީ އެވެ. އެހެންކަމުން އިންޑިޔާއިން ޑޮކްޓަރުންވަނީ ހުޒައިލްގެ އޮޕަރޭޝަނެއް ކުރުމަށް ލަފާދީފަ އެވެ. މި އޮޕަރޭޝަން ކުރުމަށް ތައްޔާރުވެ އެންމެފަހުން ހުޒައިލްގެ އާއިލާއިން އިންޑިޔާއަށް ދިއުމުން ލިބުނީ މާޔޫސް ކުރުވަނިވި ޖަވާބެކެވެ. ހުޒައިލްއަށް ނޭނގި އެތައް ފަހަރަކު ފިޓުޖެހިފައިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އަދި މި ހާލަތުގައި އޮޕަރޭޝަނެއް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމުން، އެއް މަސް ދުވަހު ބޭސް ބޭނުންކުރުމަށްފަހު އަލުން އިންޑިޔާއަށް ޑޮކްޓަރަށް ދައްކަން ދިއުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފަ އެވެ.

ހުޒައިލް އެއްމަސް ފަހުން ޑޮކްޓަރަށް ދައްކަން ދިއުމަށް ދީފައިވާ ތާރީހު މިހާރުވަނީ ފާއިތުވެ ގޮސްފަ އެވެ. އާސަންދަ ހޯދުމަށް ބޭނުންވާ ލިޔުން ނުލިބި ލަސްވުމުގެ ސަބަބުން ހުޒައިލްއަށް އާސަންދަ ހަމަޖެހުނީވެސް ހުސްވި ހަފްތާގަ އެވެ. އެހެންކަމުން އެ އާއިލާއިން މިހާރު މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ހުޒައިލް ގޮވައިގެން އިންޑިޔާއަށް ފުރުމަށެވެ.

“ އާސަންދައިން ޓިކެޓް ހަމަޖެހުނީ އަޅުގަނޑާއި ހުޒައިލްއަށް އެކަނި. އެކަމަކު ހުޒައިލް ކުޑަވީމަ އަޅުގަނޑު އެކަނިގޮސް އުޅެން ދަތިވާނެތީ ހުޒައިލްގެ ދޮން ބައްޕަވެސް ގެންދެވޭތޯ މި ބަލަނީ.” ވަފާ ބުނެފައި ވެއެވެ.

ހުޒައިލްގެ ބޭސްފަރުވާއަށް ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުން އާސަންދަ ހަމޖެހުނު ނަމަވެސް އެ އާއިލައިން މަސައްކަތް ކުރަނީ އެހެން ހޮސްޕިޓަލްތަކަށް ދައްކައިގެން ވެސް ފަރުވާއެއް ލިބޭތޯ މަސައްކަތް ކުރުމަށެވެ. އަދި މި ހުރިހާކަމަކަށް މަދުވެގެން 2500 ޑޮލަރު ހޭދަވާނޭކަމަށް ލަފާ ކުރެވެއެވެ.

ހުޒައިލް ފުރުމަށް ވަކި ތާރީހެއް އަދި ހަމަޖެހިފައެއް ނެތެވެ. ފައިސާ ހަމަޖެހުނުހާ އެންމެ އަވަހަކަށް އެ އާއިލާއިން ތިބީ ހުޒައިލް ގޮވައިގެން ފުރުމަށް ތައްޔާރަށެވެ. ހުޒައިލްގެ ކުޑައަށް އަދި 4 އަހަރުގެ ކުއްޖާކާއި 5 މަހުގެ ބޭބީ އެއްވެސް ވަފާގެ އަތުގައި އެބައޮތެވެ. އެހެންކަމުން މި އާއިލައަށް މިވަގުތު އާއްމުންގެ ދީލަތި އެހީ އާއި ދުއާ ވަރަށް ބޮޑަށް ބޭނުންވާކަމަށް ވަފާ ވަނީ ބުނެފަ އެވެ.

ތުއްތު ހުޒައިލްގެ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އެހީ ފޮނުވާނީ ތިރީގައިވާ އެކައުންޓަށެވެ.

ރުފިޔާ އެކައުންޓް 7730000221369 (ވަފާ އަބްދުالله ، ހުޒައިލް މަންމަ)
ޑޮލަރު އެކައުންޓް 7730000127953 (ފާތުމަތު ވަހީދާ، ހުޒައިލް މާމަ)
ގުަޅޭނެ ނަމްބަރު: 7669254

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ