- Advertisement -ad image

ތުއްތު ޒާރާގެ ހިތުގެ ސާޖަރީ ހެދުމަށް އެހީތެރިވެދެއްވާ! ކިތަންމެ ކުޑަ މިންވަރަކީވެސް ދެވޭ އަގުހުރި ޞަދަޤާތެއް!

ad image

ގުޅުންހުރި ލިޔުންތައް

މިހާރު އުމުރުން އެންމެ 4 މަހުގެ އާމިނަތު ޒާރާ ބިންތި މުއާޒްއަކީ ދުވަސްނުފުރާ އުފަންވި ކުއްޖެކެވެ. މިއީ ހިތްވަރު ގަދަ ކަމުގެ ލާމަސީލު ނަމޫނާ އެކެވެ. ދުނިޔެއަށް އުފަންވިތާ އެންމެ ހަތަރު މަހުގެ ތެރޭގައި ޒާރާ ވަނީ އެތައް އިމްތިހާނަކާއި ކުރިމަތިލާފަ އެވެ.

ގދ. ރަތަފަންދޫއަށް ނިސްބަތްވާ ޒާރާގެ ބައްޕަ މުއާޒް ހަބީބް ފޭސްބުކްގައި ބުނެފައިވާ ގޮތުގައި ދުވަސްނުފުރާ ވިހެއުމުގެ ސަބަބުން އެކި ކަހަލަ މައްސަލަތައް މިއަދާއި ހަމަޔަަށް ވެސް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން ނޭވާލާން އުނދަގޫވުމާއި، ލޭ މައްޗަށް ދިއުމާއި، ގާތުން ބުއިމަށް އުނދަގޫ ވުމުގެ ހުން އަންނަކަމަށް ވަނީ ބުނެފަ އެވެ. އަދި މި ކަންތަކަށް ފަރުވާ ހޯދުމަށް ތިނަދޫގައި ހުންނަ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ޒާރާ ދައްކާފަ އެވެ.

މި ހޮސްޕިޓަލުން ބެލި ޑޮކްޓަރު ވަނީ ޒާރާ “ކޮންޖެންޓަލް ހާރޓް ޑިޒީސް” އަށް ޑައިގްނޯޒް ވެފައިވާކަމަށް ބުނެފަ އެވެ. މީގެ ސަބަބުން ޒާރާއަށް ސިއްހީގޮތުން އިތުރު އުނދަގޫތައް ވެސް ކުރިމަތިވެދާނޭކަމަށް ވެސް ޑޮކްޓަރ ވަނީ ހާމަކޮށްފަ އެވެ. އަދި އެމަރޖެންސީކޮށް ޒާރާ ވަނީ އައިޖީއެމްއެޗަށް ޓްރާންސްފާރ ކޮށްފަ އެވެ. މި ހޮސްޕިޓަލުން ހެދި ސްކޭން އާއި ޓެސްޓުތަކަށް ފަހު ވީހާވެސް އަވަހަކަށް ޒާރާގެ ހިތުގެ ސާޖަރީއެއް ހަދަންޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ޒާރާގެ އާއިލާއިން މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލްގައި މި ސާޖަރީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މާލީ ހާލަތު ތަންނުދިނުމުގެ ސަބަބުން އާއިލާއިން ވަނީ ޒާރާގެ ސާޖަރީ ހެދުމަށް އާއްމުންގެ ދީލަތި އެހީއަށް އެދިފައެވެ.

ބީއެމްއެލް (ރުފިޔާ) : 7730000033599
ނަން: މުއާޒް ހަބީބް (ބައްޕަ)
ފޯން ނަމްބަރު: 7444186
ވައިބަރ ނަމްބަރު : 7444186

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.

(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ