- Advertisement -ad image

ޤުރުއާނުގެ މޫރިތި އާޔަތެއް ކިޔަވައި، މުޅި ދުނިޔޭގެ ސަމާލުކަން ޤާނިމްއަށް!

ad image

ގުޅުންހުރި ލިޔުންތައް

ރޭ ފެށިގެން ދިޔަ ފީފާ ވޯލްޑްކަޕް 2022ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެންމެންގެ ސަމާލުކަން ހޯދީ ރީތި އަޑަކުން ކިޔެވި ޤުރުއާނުގެ މި މޫރިތި އާޔަތަށެވެ. ޤަތަރުގެ އަލް ބައިތް ސްޓޭޑިއަމްގައި މި އާޔަތް ކިޔަވާފައިވަނީ ޤާނިމް އަލް މުފްތާހް އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި މޯރގަން ފްރީމަން އާއެކު މި ރަސްމިއްޔާތުގައި ވާހަކަދެއްކުމަށް ޤާނިމް އިހްތިޔާރުކޮށްފައިވަނީ ސޫރަތުލް ޙުޖުރާތުގެ 13 ވަނަ އާޔަތެވެ.

“އޭ މީސްތަކުންނޭވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފް ވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ ގެ ހަޒްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ.”

މިއީ ވޯލްޑްކަޕްގެ 92 އަހަރުވީ ތާރީހުގައި ޤުރުއާނުން މި ރަސްމިއްޔާތު ފަށައި އަދި އިސްލާމްދީނާއި ގުޅޭގޮތުން މިފަދަ ޝިއާރުތަކެއް ފާޅުކުރި ފުރަތަމަ ފަހަރެވެ.

ޤާނިމް އަކީ ކާކު؟
ދުރުން ބަލާ މީހަކަށް ޤާނިމްއަކީ ނުކުޅެދުންތެރިކަން ހުރި ކުއްޖެކޭ ހީވެދާނެ އެވެ. އެހެންނަމަވެސް އުމުރުން 20 އަހަރުގެ މި ޒުވާނާވަނީ އެހެން މީހުންނެކޭ އެއްފަދައިން ހުރިހާ ކަމެއްވެސް ކުރެވިދާނެކަން ސާބިތުކޮށްދީފަ އެވެ.

ޤާނިމް އުފަންވެފައިވަނީ މަދުން ނުފެންނަ ބައްޔެއް ކަމަށްވާ “ކައުޑަލް ރެގްރެޝަން ސިންޑްރަމް (ސީއާރްއެސް) ހުރި ކުއްޖެއްގެ ގޮތުގަ އެވެ. މީގެ ސަބަބުން ޤާނިމްގެ ހަށިގަނޑު (އުނަގަނޑުން ތިރި) ހެދި ބޮޑުވުމަށް ވަނީ ދަތިވެފަ އެވެ. އަދި މީގެ ސަބަބުން ޤާނިމްއަށް ވަނީ ދިރިއުޅުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ސިއްހީގޮތުން ދިމާވެފައިވާ މި ގޮންޖެހުންތަކުގެ ވާހަކަތައް ޤާނިމް ދައްކާފައިވަނީ ދުނިޔޭގައި މަޝްހޫރު ޕްލެޓްފޯމެއް ކަމަށްވާ ޓެޑް ޓޯކްސްގަ އެވެ. އޭރުން ޤާނިމްގެ އުމުރުން އެންމެ 16 އަހަރެވެ. އޭގެފަހުން ޤާނިމް މަޝްހޫރުވެފައިވަނީ މޯޓިވޭޓަޝަނަލް ސްޕީކާރ އެއްގެ ގޮތުގަ އެވެ.

ޤާނިމްވަނީ އޭނާގެ އާއިލާގެ އެހީތެރިކަމާއެކު އަމިއްލަ އެ އެސޯސިއޭޝަނެއް ވެސް ހުޅުވާފައެވެ. މި އެސޯސިއޭޝަނުން ހިނގާބިގާވެ އުޅުމަށް ދަތިވެފައިވާ މީހުންނަށް ހިލޭ ވީލްޗެއާ ހަދިޔާކޮށްދެ އެވެ.

މި ޒުވާނާގެ އިންސްޓަގްރާމްގައި ތިން މިލިޔަނަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. ހަމައެހެންމެ 2014 ވަނަ އަހަރު ޤާނިމްއަށް ވަނީ ކުވެއިތުން “އެމްބެސެޑަރ އޮފް ޕީސް” ގެ މަޤާމްވެސް ދީފަ އެވެ.

ޤާނިމްގެ އެންމެ ހާއްސަ އެއްކަމަކީ އޭނާގެ ހިތުގައި ފުޓުބޯޅައަށް އޮންނަ ލޮތްބެވެ. ހިނގުމުގެ ޤާބިލިއްޔަތުކަން ލިބިފައިނުވާ މި ޒުވާނާ ފުޓުބޯޅަ ކުޅެނީ ދެއަތަށް ބޫޓު ލައްވައިގެންނެވެ.

މި ހުރިހާ ސަބަބަކާއި ހުރެ މި ފަހަރު ފީފާއިން ވަނީ ޤާނިމްއަށް ފީފާ ވޯލްޑްކަޕްގެ އޮފިޝަލް އެމްބެސެޑަރުކަން ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ